އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާއި ގާތަށް ސިޓީން ޖެހިލައިފިއެވެ. ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި އެންމެ ބޮޑު ތަފާތެއް ދައްކާފައި ވަނީ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރ ޑިބްރޭނާއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް […]
އިބްރާހިމް ޚަލީލް
އުތުރު ކޮރެއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފުރަތަމަ ފަހަރަށް ފެތުރެން ފަށައިފިއެވެ. ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނެފައިވަނީ، ވެރިރަށް ޕިޔޮންގްޔަންގްގައި ވަކި އަދަދެއްގެ މީހުންގެ ޓެސްޓުތަކުން، އޮމައިކްރޯން ވޭރިއަންޓް ޖެހިފައިވާކަން ކަށަވަރު ވެފައިވާ ކަމަށެވެ. މީގެ ކުރިން އެގައުމުން ބުނަމުން އައީ ކޮވިޑް-19 އަަށް އެގައުމުން އެއްވެސް މީހެއް ޕޮޒިޓިވް ނުވާކަމަށާއި ބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ފުރިހަމަ ރެކޯޑެއް އޮތީ އެގައުމުގައި ކަމަށެވެ. ޕޮޒިޓިވް ކޭސްތައް ފެނުމު...
ޔުމްނާ ޢަލީ
ބ. ފެހެންދޫ ފަޅުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިހާދިސާގައި މުދާ އުފުލާ ބޯޓަކާއި ލޯންޗެއް ވަނީ އަނދާ އަޅިއަށްވެފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިހާދިސާ ހިނގާފައިވަނީ މިރޭ 1:25 ހާއިރު ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށެވެ. އަލިފާން ރޯވި އިރު ދެ އުޅަނދުގައިވެސް މީހަކު ނެތްކަމަށެވެ. މިހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އުޅަނދުތަކެއްވަނީ އަޅާފަ އެވެ. ނަމަވެސް ރޯވެ އަނދަން ފެށުމުން އެ އުޅަނދުތައްވަ އެހެން ސަރަހައްދަކަށް […]
އަލީ އާދިލް
ގޫގުލް ޓްރާންސްލޭޓަރ އިން އަލަށް ދަސްކުރި 24 ބަހުގެ ތެރޭގައި “ދިވެހި ބަސް” ހިމެނިއްޖެ އެވެ. ގޫގުލް ޓްރާންސްލޭޓަރ ޓޫލްއަށް ދިވެހި ބަސް އިތުރުކޮށްފައިވާކަމަށް ގޫގުލްއިން އިޢުލާންކޮށްފައިވަނީ އައިއޯ 2022 ޑިވެލޮޕާރ ކޮންފަރެންސްގަ އެވެ. ގޫގުލް އިން ބުނެފައިވަނީ އަލަށް އިތުރުކުރި 24 ބަހުން ވާހަކަ ދައްކާ 300 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭކަމަށެވެ. ދިވެހި ބަސް ބޭނުން ކުރާކަމަށް ގޫގުލް އިން ލަފާކުރާ އަދަދަކީ 3 ލައްކަ މީހުންނެވެ. އަލަށް އިތުރުކުރި 24 ބަހާއި […]
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްޙޫރިއްޔާއާއި، ސަރުކާރުންނާއި އަދި މެންބަރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ކުރިއަށް ދާނީ ސަރުކާރާއެކު ކަމަށާއި އަދި ޕާޓީ ހިންގާނީ އާންމު މެންބަރުން ބައިވެރިކޮށްގެން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. ފަޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީއިން މިރޭ ކުރިއަށްގެންދިޔަ “ޗެއަރޕާސަން ބަހުސް 2022″ގައި އަންނަ 2023 ވަނ...
ތިލަދުން
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ ރޭސް ކާމިޔާބު ކުރާން ބޭނުންނަމަ ޕާޓީއާއި މެދު ގެއްލެމުންދާ އިތުބާރު މިހިނދުން މިހިނދަށް ހޯދަންޖެހޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. އިންތި މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީއިން މިރޭ ކުރިއަށްގެންދިޔަ “ޗެއަރޕާސަން ބަހުސް 2022″ގައި އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް […]
ތިލަދުން
ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން “ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތް 2022” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަނިމާދޫގެ ދެ ޖިންސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 03 ޖޫން 2022 ވާ ހުކުރު ދުވަހުއެވެ. ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫގެ މުއައްސަސާތަކާއި ކ...
އިބްރާހިމް ޚަލީލް
ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސްގެ ތަފާތު 7 ދާއިރާއެއް ހިމެނޭގޮތަށް، މެޕްސް ކޮލެޖުން ހިންގާ ކޯސްތަކުގެ މޭ/ޖޫން 2022 އިންޓޭކްގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. އޭގެތެރޭގައި ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، މާރކެޓިންގ މެނޭޖްމެންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވެލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕް...
އިބްރާހިމް އަސްވާޤް
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ހުދު ސަމާލުގެ ވަގުތު މިރޭ 23:00 އާއި ހަމަ އަށް އިތުރުކޮށްފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 23:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި 24 […]
އިބްރާހިމް އަސްވާޤް
ދިވެހި ބަހަކީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެއް އަދި ދިވެހި ވަންތަ ކަމުގެ ރަމްޒެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރޭ ކުރިއަށް ދިޔަ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ފެށުމާއި، ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ޖަލްސާގައެވެ. ޔުމްނާ ވިދާޅުވީ، ދިވެހި ބަހަކީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެއް، ޚާއްޞަ ސިފައެއް ކަމަށެވެ. އަދި އެއީ ދިވެހި ވަންތަ ކަމުގެ ރަމްޒެއް ކަމަށާއި، ދިވެހިންގެ […]
ޙުސައިން ޝަހުދީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދަން އިޢުލާންކުރި ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރުމަށް ހޯދަމުންދިޔަ މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މިއަދު 15:33 އެހާކަންހާއިރު ގއ. ކޮލަމާފުށިންކަމަށެވެ. އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް އާ ހާވާލުކުރުމަށް ކުރަންޖެހ...
އަލީ އާދިލް
އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ދައުވާލިބޭ މުހައްމަދު ރުސްތުމް މުޖްތަބާ އެ ކުށަށް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ. ތިނަދޫ މީހެއް ކަމަށްވާ ރުސްތުމް ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އެވެ. އަދި އޭނާގެ ކޮޓަރިން ފެނުނު ހާޑް ޑިސްކެއްގައި އޮރިޔާން މަންޒަރު ހިމެނޭ ތަކެތި ފެނިފައިވާތީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ކުރެ އެވެ. ކްރިމިނަލް ކޯޓުގައި ދައުވާ އިއްވުމުން […]
ހުސައިން ހަބީބް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ހދ. ވައިކަރަދޫ، ގްރީންވިލާ، އަލްއުސްތާޛު މުޙައްމަދު ނިޔާޒް މިއަދު ޢައްޔަން ކުރައްވައިފިއެވެ. ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ....
ޔުމްނާ ޢަލީ
ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަނިކޮށް މަރާލި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަަލާގެ ހެކިބަސް ނެގުން މިމަހު ނިންމާލަން ހަމަޖައްސައިފި އެވެ. 2019 ވަނަ އަހަރު ބޯޓުގައި ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑު ފެއްތިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވަކުރަނީ ބަންގްލަދޭޝްގެ ތިން މީހެއް ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމާއި އެމްޑީ އަހްތަރުގެ މައްޗަށެވެ. ލުތުފަރުގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ. ފެނުނީ މޫދު އަޑިން ހަށިގަނޑުގެ ބައެއް ބައިތަކެވެ. އެ މައްސަލާގައި މިއ...
ހުސައިން ހަބީބް
ށ. ނޫމަރާ ސްކޫލުގައި 4 ކްލާސްރޫމް އަޅަން ބަޔަކާއި އިއްޔެ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުޒްހިންއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. މި މަސައްކަތް ހަވާލުކޮށް ފައި ވަނީ 4،681،385.59 ރުފިޔާ އަށް، 109 ދުވަސް ތެރޭ […]
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތުގެ 88 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ބުންޏެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމެންޓް ވަނީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ […]
އަޙްމަދު ވަހީދު
ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި އަޅާ ސްކޫލްލެކެވެ. ޕްރީސްކޫލްގެ އަމަލީ މަސައްކަތް ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި، ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަޙީދުގެ އިތުރުން ކައުންސިލަރުންނާއި، އެރަށުގައި ތިއްބެވި އެމްޓީޓީސީގެ ޓީމާއި، އެރަށުގެ މުއައްސަސާތަކާއި އާންމުން ވަނީ ބައިވ...
ޝިއުނާ އާދަމް
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އއ. ގަައި އޮންނަ ރިސޯޓަކުން 3 މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ރިސޯޓުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އދ. މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ފެންފުށީގައި މަސައްކަތްކުރާ ފުލުހުންނާ އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އަދު ހިންގި އޮަޕަރޭޝަނެއް...
ޔުމްނާ ޢަލީ