މިއަދު ހެނދުނު ސްޓެލްކޯއިން ކުރިއަށްދާ މަސައްކަތްތަކެއްގެ ސަބަބުން މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއީ ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑާއި ގުޅުންހުރި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެގޮތުން މަސައްކަތް ކުރޮއަށްދާނީ ހެނދުނު 6:00 އިން 9:00 އަށް ކަމަށާއި އެ ވަގުތު ކަރަންޓް ކެނޑިދާނެ ކަަމަށެވެ.

Ad
rt

ސްޓެލްކޯއިން ބުނީ މިފަދަ މަސައްކަތްތަކަކީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ ނަމަ އެ ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.