ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެއްޖެ އެވެ.

ޝެއިޚް ޚަލީފާ ގެންދެޗީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް ގެ މަގާމު އަދާ ކުރައްވަމުންނެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާ އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ.

Ad
rt

ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ.

އެމަނިކުފާނުގެ އާއިލާގެ މިލްކިއްޔާތު 150 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނޭ އެކެކެވެ.

ޔޫއޭއީގެ ރައީސްގެ އިތުރުން ޝެއިޚް ޚަލީފާ އަކީ، ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ވެރިޔާއެވެ. އެމަނިކުފާނުއަވަހާރަވުމާ ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން މިއަދުން ފެށިގެން 40 ދުވަސްވަންދެން ބައިދަނޑިއަށް ދިދަ ތިރިކުރާނެއެވެ. އަދި ތިން ދުވަހަށް ސަރުކާރު ބަންދުކުރާނެއެވެ.