ށ. ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފިއެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ސަލީމް ވިދާޅުވީ ރޭ މެންދަމު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރު ހެދުމަށް ބޮޑު ހިލަ ހިފައިގެން އައިސް ފަޅުންބޭރުގައި އަޅާފައި އޮތް ބާޖެއް ރަށުގެ ނެރުމައްޗަށް ހުރަސްވެ ބަނދަރަށް ވަދެނިކުމެ އުޅުމަށް ދަތިވި ކަމަށެވެ.

Ad
rt

އެހެންނަމަވެސް މިއަދު ހެނދުނު 10 ޖަހާކަންހާއިރު އެ ބާޖު ފުންކޮށްފައި ވާކަމަށާއި އެ މައްސަލަ މިހާރު ޙައްލުވެފައި ވާކަމަށް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.

އަދި އެ ބާޖު މިހާރު ރަށުން ފުރައިގެން ގޮސްފައި ވާ ކަމަށްވެސް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.