މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,335 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 135 ވަނަ ޞަފްޙާ

ޖަޕާނުގެ އެހީތެރުކަމާއެކު ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި

ޖަޕާނުގެ އެހީތެރުކަމާއެކު ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްއާރުސީސީ...

ޔުމްނާ ޢަލީ
ދިގުދެމިގެންދާ ހަނގުރާމައަކަށް އެމެރިކާއަށްވުރެ އީރާން މާ ބޮޑަށް ތައްޔާރު: ރިޕޯޓު

ދިގުދެމިގެންދާ ހަނގުރާމައަކަށް އެމެރިކާއަށްވުރެ އީރާން މާ ބޮޑަށް ތައްޔާރު: ރިޕޯޓު

އީރާނުގެ އަތުގައި ހުރި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތަކުގެ ސަބަބުން، ދިގުދެމިގެންދާ ހަނގުރާމައެއްގައި އެމެރިކާއަށްވުރެ އީރާން މާ ބޮޑަށް “ތައްޔާރުވެފައިވާ” ކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނެފިއެވެ. މި ހަފުތާގައި ސީއެންއެން ފަދަ ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުން އާންމުކޮށްފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދިޔަ ނަމަވެސް، ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެންދާއިރު ހަތިޔާރުގެ ރިޒާވް ބެލެހެއްޓުމާ މެދު ބޮޑެތި ކަނ...

ނާޒިމާ އަލީ
ނެއްލައިދޫ ކައުންސިލްކަޕް ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހަބޭސް ހޯދައިފި

ނެއްލައިދޫ ކައުންސިލްކަޕް ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހަބޭސް ހޯދައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ”ނެއްލައިދޫ ކައުންސިލްކަޕް ތިންވަނަ ހޭންޑް ބޯލް މުބާރާތު”ގެ ޗެމްޕިއަންކަން ވާދަވެެރިކުޅުމަކަށްފަހު ޓީމް ހަބޭސް ހޯދައިފިއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފައިނަލްގައި ހަބޭސް އާއި ވާދަކުރީ ޑީވާސް އެވެ. މި މެޗު ކާމިޔާބުކޮށް ހަބޭސް އިން ޗެމްޕިއަންކަން ހޯދީ 33-26 ގޯލުން މެޗު ކާމިޔާބުކޮށްގެންނެވެ. ”ނެއްލައިދޫ ކައުންސިލްކަޕް ތިންވަނަ ހޭންޑް ބޯލް މުބާރާތު”ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް...

ޝިއުނާ އާދަމް
އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބުން ނަތަންޔާހޫ ބަލިވާނެ ކަމަށް ލަފާކޮށްފި

އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބުން ނަތަންޔާހޫ ބަލިވާނެ ކަމަށް ލަފާކޮށްފި

އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އިޒްރޭލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި، މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހޭނެ ކަމަށް ދާދިފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފިއެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ދެވުނު ހަމަލާތަކާއި، އޭގެ ފަހުން ގާޒާ، ލުބުނާން އަދި އީރާނާއެކު ހިނގަމުންދާ ކުރިމަތިލުންތަކަށްފަހު އިޒްރޭލުގައި ބާއްވާ ފުރަތަމަ ގައުމީ އިންތިޚާބެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ނަތަންޔާހޫގެ ކަނާތު...

ނާޒިމާ އަލީ
މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދިން މިންވަރަށް މީގެ ކުރިން މިނިވަންކޮށްފައެއް ނުވޭ: ރައީސް

މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދިން މިންވަރަށް މީގެ ކުރިން މިނިވަންކޮށްފައެއް ނުވޭ: ރައީސް

ދިވެހިރާއްޖޭގެ ތާރީޚުގައި ޑިމޮކްރަސީގެ ކަންކަން ފެށިގެން އައި ހިސާބުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު، މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ މިންވަރަށް މީގެ ކުރިން ދުވަހަކުވެސް ޑިމޮކްރަސީ މިނިވަންކަމާއެކު ތަންފީޒު ކުރެވިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ޤައުމެއްގެ ދާޚިލީ މިނިވަންކަން ފުރިހަމަގޮތުގައި...

ޝިއުނާ އާދަމް
އިސްރާއީލްގެ މިތުރު އެމެރިކާގައި އިސްރާއީލަށް އޮތް ތާއީދު ބޮޑުތަނުން ދަށަށް

އިސްރާއީލްގެ މިތުރު އެމެރިކާގައި އިސްރާއީލަށް އޮތް ތާއީދު ބޮޑުތަނުން ދަށަށް

އެމެރިކާގެ ރައްޔިތުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ފާއިތުވި އަށް އަހަރުގެ ތެރޭގައި 67 ޕޮއިންޓް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ބަދަލާއެކު، އެމެރިކާގެ ގިނަ ރައްޔިތުން މިހާރު ބޭނުންވަނީ އިސްރާއީލަށް ދެމުންދާ އަސްކަރީ އެހީތައް ވަގުތުން ހުއްޓާލުމަށެވެ. ސީއެންއެން އަދި ޕިއު ރިސާޗް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮލެޖް ފެންވަރަށް ތަޢުލީމު ހާސިލްކޮށްފައިވާ މީހުންނާއި ތަޢުލީމީ ސަނަދެއް ނެތް މީހުންވެސް މިހާރު އެއްބަސްވަނީ އިސްރާއީލަށް ދޭ އަސްކަރީ އެހީތ...

ނާޒިމާ އަލީ
''ޑްރަގާއި ގޭންގް ކުށްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކުރަން ނަތީޖާ ނެރެދެވޭނެ މަސައްކަތެއް ކުރި ބަޔަކު ކުރިން ނުފެނޭ''

''ޑްރަގާއި ގޭންގް ކުށްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކުރަން ނަތީޖާ ނެރެދެވޭނެ މަސައްކަތެއް ކުރި ބަޔަކު ކުރިން ނުފެނޭ''

ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާއާއި، ގޭންގް މާރާމާރީތަކުގެ އިތުރުން ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މާނަވީ ގޮތެއްގައި ނަތީޖާ ނެރެދެވޭނެ މަސައްކަތްތަކެއް ކުރި ބަޔަކު މީގެ ކުރިން ރައްޔިތުންނަށް ފެނިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރާ ގައުމު ހަވާލުވިއިރު ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، މިއީ އެތައް ޒަމާނެއް ވަންދެން ގައުމ...

ޔުމްނާ ޢަލީ
އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ސިއްރުން، ޣައިރު ޤާނޫނީ އަދި ވަރަށް ފިނޑި ގޮތެއްގައި: ރައީސް

އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ސިއްރުން، ޣައިރު ޤާނޫނީ އަދި ވަރަށް ފިނޑި ގޮތެއްގައި: ރައީސް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ދޫކޮށްލާފައިވަނީ ވަރަށް ފިނޑި، ޣައިރު ޤާނޫނީ އަދި ބޭއިންސާފުވެރި ގޮތެއްގައި ސިއްރުސިއްރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގެވެސް ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ އެ ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމުގެ މައ...

ޔުމްނާ ޢަލީ
އެމެރިކާއިން އީރާނަށް ހަމަލާދިނުން ހުއްޓާލީ އެކަމުން އެދެވޭ ނަތީޖާއެއް ނުނުކުންނާނެކަން އެނގުމުން

އެމެރިކާއިން އީރާނަށް ހަމަލާދިނުން ހުއްޓާލީ އެކަމުން އެދެވޭ ނަތީޖާއެއް ނުނުކުންނާނެކަން އެނގުމުން

އީރާނަށް އަމާޒުކޮށް އެމެރިކާއިން ދެމުންދިޔަ ވައިގެ ހަމަލާތައް ހުއްޓާލީ، އީރާނާ ދެކޮޅު ހަމަލާތައް ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ކުރިއަށް ގެންދިއުމަކީ އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ވައިޓް، ރައީސް ޑޮނަލްޑް ޓްރަމްޕަށް ލަފާދެއްވުމާ ގުޅިގެން ކަމަށް ”އެކްސިއޯސް” އިން ރިޕޯޓްކޮށްފިއެވެ. އެ ނޫހުން ރިޕޯޓްކޮށްފައި ވާގޮތުގައި ސެންޓްކޮމްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ޓްރަމްޕަށް ދެއްވި ލަފާގައި ވިދާޅުވެފައިވަ...

ނާޒިމާ އަލީ
އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭނެކަމަށް ނިންމީ ފަޚްރުވެރިކަމާއެކު، އެކަން ދަމަހައްޓާނަން: ރައީސް

އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭނެކަމަށް ނިންމީ ފަޚްރުވެރިކަމާއެކު، އެކަން ދަމަހައްޓާނަން: ރައީސް

އިޒުރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ނާދެވޭނެކަމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ފަޚްރުވެރިކަމާއެކު ނިންމެވި ނިންމެވުމެއް ކަމަށާއި، އެ ނިންމެވުން އެގޮތުގައި ދަމަހައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް” ނުވަތަ ދިވެހީ...

ޔުމްނާ ޢަލީ
އެމެރިކާއިން އީރާނަށް އިތުރަށް ހަމަލާދީފިނަމަ މެދުއިރުމައްޗަށް ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާއިން އީރާނަށް އިތުރަށް ހަމަލާދީފިނަމަ މެދުއިރުމައްޗަށް ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާއިން އީރާނަށް ހަމަލާދިނުން ތަކުރާރުކޮށްފިނަމަ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެންދާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް މި އިންޒާރު ދެއްވީ އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިއާއެވެ. އަކްރަމީނިއާ ވިދާޅުވީ، ވޮޝިންގޓަނުން އިޒްރޭލުގެ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކޮށް، އީރާނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދޭން ފަށައިފިނަމަ، މި ހަނގުރާމައިގެ ޖިއޮގްރަފީ ދާއިރާ މިހާރު އޮތް ބޯޑަރުތަކަށ...

ނާޒިމާ އަލީ
ޕިކްޕޯސްޓް ޚިދުމަތް އަތޮޅު ތަކަށް، ފުރަތަމަ ކުޅުދުއްފުށި ސިޓީއަށް

ޕިކްޕޯސްޓް ޚިދުމަތް އަތޮޅު ތަކަށް، ފުރަތަމަ ކުޅުދުއްފުށި ސިޓީއަށް

މޯލްޑިވްސް ޕޯސްޓްގެ ޚިދުމަތްތައް ޒަމާނީކޮށް ފުޅާކުރުމުގެ ގޮތުން، އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ފެށި “ޕިކްޕޯސްޓް” ޚިދުމަތް ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ސިޓީގައި ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތާއެކު ކުޅުދުއްފުށީގައި ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތްތައް މިހާރު ވަނީ އެ ސިޓީގެ ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގްގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ. 26 ޖުލައި 2026 ގައި ކުޅުދުއްފުށީގައި ރަސްމީކޮށް ފެށި މި ޚިދުމަތުގެ ސަބަބުން، ޕާރުސަލް ނެގުމަށްޓަކައި ކިއު އެއްގައި މަޑުކުރަން...

ޔުމްނާ ޢަލީ
ސުލްޙަ އިސްކޮށް ސާކްގެ ޤައުމުތަކުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސް ގޮވައިލައްވައިފި

ސުލްޙަ އިސްކޮށް ސާކްގެ ޤައުމުތަކުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސް ގޮވައިލައްވައިފި

ސަރަޙައްދީ ސުލްޙަ އިސްކޮށް، ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެންބަރު ޤައުމުތަކުން އަލުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކްގެ މަސައްކަތްތައް މަޑުޖެހިފައި އޮތް އޮތުމާ މެދު ކަ...

އަލީ އާދިލް
އިންޑިއާގައި މުސްލިމް ޑްރައިވަރަކު ގައިގައި ތަޅާ މަރާލައިފި

އިންޑިއާގައި މުސްލިމް ޑްރައިވަރަކު ގައިގައި ތަޅާ މަރާލައިފި

އިންޑިއާގެ ބިހާރު ސްޓޭޓުގައި ޕާކިން މައްސަލައަކާ ގުޅިގެން ހިނގި ހަމަނުޖެހުމެއްގައި، މުސްލިމް އޮޓޯ ރިކްޝާ ޑްރައިވަރަކަށް ބަޔަކު ރަހުމްކުޑަ ހަމަލާތަކެއްދީ މަރާލައިފިއެވެ. ޖަމީލް އަޚްތަރު ނަމަކަށް ކިޔާ މި މީހާއަށް ދިން ހަމަލާތަކުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ އޭގެ އަނެއް ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިއީ ޕާކިންއާ ގުޅޭގޮތުން އުފެދުނު ޒާތީ ދެބަސްވުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ. މި ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަ...

ނާޒިމާ އަލީ
ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމަކީ ދިވެހީންނާ ދޯޅަ ގޮތެއް ނޫން: ރައީސް

ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމަކީ ދިވެހީންނާ ދޯޅަ ގޮތެއް ނޫން: ރައީސް

ޢަރަބި އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ދިވެހީންގެ އިޙްސާސްތަކާ ގުޅިފައިވާ ކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޙަޤީޤީ މިނިވަންކަމުގެ މާނައަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ހަމައެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބުމަކީ ޤައުމެއް ފުރިހ...

ޔުމްނާ ޢަލީ
އުރީދޫގެ މިނިވަން ދުވަހުގެ ހަދިޔާ: 61 ރުފިޔާއަށް 61 ޖީބީ ޑޭޓާ އާއި ހިލޭ ކޯލްތަކެއް!

އުރީދޫގެ މިނިވަން ދުވަހުގެ ހަދިޔާ: 61 ރުފިޔާއަށް 61 ޖީބީ ޑޭޓާ އާއި ހިލޭ ކޯލްތަކެއް!

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނަށް ތަފާތު ހާއްސަ އޮފާތަކެއް ވަނީ އިއުލާނުކޮށްފައެވެ. މި އޮފާތަކަކީ ކަސްޓަމަރުންނަށް އާއިލާ އާއި ރައްޓެހިންނާއެކު ގުޅުން ބަދަހިކޮށް، މިނިވަން ދުވަހުގެ އުފާވެރިކަން ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ހަދިޔާތަކެކެވެ. މިނިވަން 61 ޑޭޓާ ޕެކް މިނިވަން ދުވަހުގެ އެންމެ ހާއްސަ އެއް އޮފާއަކީ “މިނިވަން 61” ޑޭޓާ ޕެކެވެ. މި ޕެކް މެދުވެރިކޮށް އެންމެ 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ 24 […]

އަޙްމަދު ވަހީދު
ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން މިއަދު އަރުވައިފިއެވެ. މި އިނާމުތައް އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި މި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސް ޑރ. މުޙަ...

ޔުމްނާ ޢަލީ
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޗަމްޕާ ޢަފީފަށާއި އުއްޗު އަށް ވެސް އަރުވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޗަމްޕާ ޢަފީފަށާއި އުއްޗު އަށް ވެސް އަރުވައިފި

ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ކަމުގައިވާ ޗަމްޕާ ޙުސައިން ޢަފީފަށާއި، ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް މި ދެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޙުސައިން ޢަފީފް: ފަތުރުވެރިކަމުގެ އެންމެ އިސް އެއް މޭސްތިރި ޙުސައިން ޢަފީފަކީ […]

ޔުމްނާ ޢަލީ