މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1317 ވަނަ ޞަފްޙާ

ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތާޓީޕްލަސްއަށް

ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތާޓީޕްލަސްއަށް

ހަނިމާދޫގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތާޓީޕްލަސް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް ޓީމާއި ތާޓީޕްލަސްއެވެ. މި މެޗު 8-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ތާޓީޕްލަސްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް...

އިބްރާހިމް ޚަލީލް
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން "ކީރިތި ޤުރްއާން" (3)

އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން "ކީރިތި ޤުރްއާން" (3)

އިންސާނާގެ ދުނިޔަވީ ޙަޔާތުގައި ކިޔަމަންތެރިކަން އަދާކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި މައިންބަފައިންގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. ސޫރަތުލް އިސްރާއު ގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ((وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا – 23 )) މާނަ: “އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅ...

ޤާސިމް މުޙައްމަދު
ރާއްޖޭގައި މޮރޮކޯގެ ކޮންސިއުލޭޓެއް ހުޅުވައިފި

ރާއްޖޭގައި މޮރޮކޯގެ ކޮންސިއުލޭޓެއް ހުޅުވައިފި

މޮރޮކޯއިން ދިވެހިރާއްޖޭގައި އެ ޤައުމުގެ އޮނަނަރީ ކޮންސިއުލޭޓެއް އިއްޔެ ހުޅުވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮނަނަރީ ކޮންސިއުލޭޓް މެދުވެރިކޮށް އެ ޤައުމުން ދިވެހިންނަށް ތިންމަހުގެ އޮން އެރައިވަލް ވިސާ ދޫކުރާ ގޮތަށް ހަމަޖެހިގެން ދާނެއެވެ. މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ އިމާރާތުގައި މޮރޮކޯގެ ދިދަ ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މޮރޮކޯ ސަފީރު މުހައްމަދު މާލިކީ އެވެ. މިރަސްމިއްޔާތުގަ...

ސަނިއްޔާ އަބޫބަކުރު
އެމްޑީޕީގެ ޗެއާޕާސަންގެ ދެ ނައިބުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާޕާސަންގެ ދެ ނައިބުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ދިނުމަށް އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ހިނގަމުން މިދާ ދައުރުގެ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަގާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 25 ވާ އަންގާރަ ދުވަހަށް ހަމަވާނެ ކަމަށެވެ. އެހެން ކަމުން މި މަޤާމު ތަކަށް ކުރިމަތިލާން ބޭނުންވާ […]

ސަނިއްޔާ އަބޫބަކުރު
ދިއްފުށީގައި އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކި ލިބިފައިވޭ: ފުލުހުން

ދިއްފުށީގައި އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކި ލިބިފައިވޭ: ފުލުހުން

ކ. ދިއްފުށީގައި ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދިއްފުށީގައި ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލި މީހަކަށް ދިއްފުށީގައި އަނިޔާ ކޮށްފައިވާތީ ދިއްފުއްޓާ ދެކޮޅަށް ގއ. ވިލިނގިލީގައި އެރަށު ބަޔަކު މުޒާހަރާ ކޮށްފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިއްފުށީގައި ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ […]

ސަނިއްޔާ އަބޫބަކުރު
އިނގިރޭސިވިލާތަށް އާދަޔާއި ހިލާފަށް ހޫނުގަދަވެ ރަތް އިންޒާރު!

އިނގިރޭސިވިލާތަށް އާދަޔާއި ހިލާފަށް ހޫނުގަދަވެ ރަތް އިންޒާރު!

އިނގިރޭސިވިލާތަށް އާދަޔާއި ހިލާފަށް ހޫނުގަދަވާނެކަމަށް ލަފާކޮށް ރަތް އިންޒާރު ނެރެ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފި އެވެ. އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މެޓް އޮފީހުން ވަނީ ފުރަތަމަ ފަހަރަށް އެގައުމުގައި ރަތް އިންޒާރު ނެރެފަ އެވެ. އެންމެ ހޫނު ގަދަވާނެކަމަށް ލަފާކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ. މީގެ ކުރިން އިނގިރޭސިވިލާތުގައި އެންމެ ހޫނު ގަދަވެފައިވާކަމަށް ރެކޯޑްކުރެވިފައިވަނީ 38.7 ސެލްސިއަ...

އިބްރާހިމް އަސްވާޤް
އަލަމްގީރު އިތުރު 15 ދުވަހަށް ބަންދު

އަލަމްގީރު އިތުރު 15 ދުވަހަށް ބަންދު

ދައުލަތުގެ އިސް އެތައް ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ އަލަމްގީރު އިތުރު 15 ދުވަހަށް ބަންދު ކޮށްފިއެވެ. ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ އަލަމްގީރުގެ ބަންދުުގެ މުއްދަތު އަނެއްކާވެސް ކްރިމިނަލް ކޯޓުން އިތުރު ކޮށްފައިވަނީ ފުރަތަމަ އިތުރުކުރި ފަސް ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓަށް އަލުން ހާޒިރު ކުރުމުންނެވެ. މާފަންނު ގެސްޓް ހައުސް އަކުން މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހުގެ […]

ސަނިއްޔާ އަބޫބަކުރު
ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފި

ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފި

ހެއްކާބެހޭ ބިލު (ޤާނޫނު ނަންބަރު: 2022/11) ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިބިލު ތަސްދީޤުކުރެއްވީ މިއަދު އެވެ. މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެވެ. ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރ...

އިބްރާހިމް އަސްވާޤް
"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" ފަށައިފި

"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" ފަށައިފި

“އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް” މިއަދު ރާއްޖޭގެ ބަނޑޮސް މޯލްޑިވްސްގައި ފަށައިފިއެވެ. މި ކޮންފަރެންސްގެ ފެށުމުގެ ގޮތުން މި ކޮންފަރެންސް އިފްތިތާޙްކޮށްދެއްވާފައި ވަނީ މިއަދު ހެނދުނު ބަނޑޮހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ކޮންފަރެންސްއަކީ، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ކުރިއަށްގެންދާ ކޮންފަރެންސެކެވ...

ޔުމްނާ ޢަލީ
ޝޭހް ފަޒްލޫނާއި ޝޭހް ނިޝާން ބަންދުކުރި މައްސަލަ ހައިކޯޓަށް

ޝޭހް ފަޒްލޫނާއި ޝޭހް ނިޝާން ބަންދުކުރި މައްސަލަ ހައިކޯޓަށް

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝޭހް ފަޒްލޫން މުހައްމަދާއި ޝޭހް އާދަމް ނިޝާން ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. މިދިޔަ މަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބާއްވަނިކޮށް ހިނގަމުން ދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމަށް ބުނެ މިދިޔަ މަހު ހައްޔަރުކުރި ފަޒްލޫނާއި ނިޝާންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ވަނީ އިތުރުކޮށްފަ އެވެ. އެންމެފަހުން ފަޒްލޫންގެ ބަންދަށް އިތުރުކުރީ 16 ދުވަހަށެވެ. އަދި ނިޝާންގެ […]

ހުސައިން ހަބީބް
ޖީއެސްޓީ ބޮޑުކުރަން ރަނގަޅީ 2024ގައި: އައިއެމްއެފް

ޖީއެސްޓީ ބޮޑުކުރަން ރަނގަޅީ 2024ގައި: އައިއެމްއެފް

ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2 އަހަރުފަހުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ. އައިއެމްއެފް އިން މިދިޔަ މަހުގެ 16 ވަނަ ދުވަހު އާއްމު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ގައި ކަމަށެވެ. އަދި އެ އަހަރުވެސް އަދަދު ބޮޑު ކުރަން ރަނގަޅީ އިންފްލޭޝަންގެ ހާލަތު ރަނގަޅުވުމުން ކަމަށް ވެސް ވަނީ ބުނެފައެވެ. އެ އިދާރާއިން ބުނީ ދުނިޔޭގެ […]

އަޙްމަދު ވަހީދު
ދީނީ އިލްމުވެރިންނަށް އަނިޔާވެރިއެއް ނުވަން: އިމްރާން

ދީނީ އިލްމުވެރިންނަށް އަނިޔާވެރިއެއް ނުވަން: އިމްރާން

އެއްވެސް މީހަކަށް ވަކިން ޚާއްޞަކޮށް ދީނީ އިލްމުވެރިންނަށް އަނިޔާވެރި ނުވާ ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޔޯގާ މައްސަލައާ ގުޅިގެން ފުލުހުން ބަންދުކުރި ޢިލްމުވެރިންނަށް ސަރުކާރުން އަނިޔާވެރި ވަމުން ގެންދާ ކަމަށް ބުނެ ފާޑު ކިޔަމުން ގެންދާ ފަރާތްތަކަށް ރައްދު ދެއްވައި މިނިސްޓަރު ޢިމްރާން ޢަބްދު ވިދާޅުވީ މާތް ﷲ އިރާދަ ކުރެއްވިއްޔާ އެއްވެސް މީހަކަށް، ވަކިން ޚާއްޞަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާ ނުކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ […]

ސަނިއްޔާ އަބޫބަކުރު
ވިނަރެސް ފުލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ވިނަރެސް ފުލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ވިނަރެސް ފްލެޓަށް އެދޭ އޮންލައިން ޕޯޓަލްއަށް އީ ފާސް މެދުވެރިކޮށް ލޮގިން ކުރެވޭނެ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން މިކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ވިނަރެސް ފްލެޓުތައް ގަތުމަށް ފޯމު ހުށަހެޅުމަށް އެޗްޑީސީން ހުޅުވާލާފައި ވާއިރު ފްލެޓުތައް ލިބޭ މީހުން […]

ސަނިއްޔާ އަބޫބަކުރު
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑުބައެއް ނިމިއްޖެ

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑުބައެއް ނިމިއްޖެ

ބ. ދަރަަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ވަނީ 56 އިންސައްތަ މަސައްކަތް ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ […]

އަޙްމަދު ވަހީދު
ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށް، ޖަޒީރާވަންތަ ސިފަތައް މުހިންމު: ރައީސް

ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށް، ޖަޒީރާވަންތަ ސިފަތައް މުހިންމު: ރައީސް

މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް، ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމަކީ އެ ޞިނާޢަތުގެ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ، ޞިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ޙަފްލާ ޝަރަފް...

މުޙައްމަދު ވަސީމް
8 ކުޑަކުދިންނާއި އެކު ދަތުރުގޮސް އުޅުނު ބަޔަކު، ހާލުގައި ޖެހުމުން ސިފައިން އެހީވެއްޖެ 

8 ކުޑަކުދިންނާއި އެކު ދަތުރުގޮސް އުޅުނު ބަޔަކު، ހާލުގައި ޖެހުމުން ސިފައިން އެހީވެއްޖެ 

ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ގޮވައިގެން ދަތުރުގޮސް އުޅުނު ބަޔަކު، ހާލުގައި ޖެހުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ގދ.ކޮޑެގަލައަށް ދަތުރު ގޮސްތިބީ 8 ކުޑަކުދިންނާއި، 5 އަންހެނުންނާއި، 4 ފިރިހެނުން ނެވެ. އެމްއެންޑީއެފް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި މިއަދު 16:55 ހާއިރު ގދ.ގައްދޫއަށް ގެންގޮސްދީފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ ގދ.ކޮޑެގަލައަށް ދަތުރުގޮސް އުޅުނު އެ އެންމެ...

އަލީ އާދިލް
ބެލެނިވެރިންނަށް: އިންޓަރނެޓުގެ ނުރައްކާތަކުން ދަރިން ސަލާމަތް ކުރުން

ބެލެނިވެރިންނަށް: އިންޓަރނެޓުގެ ނުރައްކާތަކުން ދަރިން ސަލާމަތް ކުރުން

މިއަދުގެ ދުނިޔެ މިވަނީ އަހަރެމެން މީގެ ކުރިން ހިތައްވެސް އަރައިފައި ނުވާހާ ބޮޑަށް އިލެކްޓްރޯނިކް ވަޞީލަތްތަކާ، ސްކްރީންތަކާ، އިންޓަރނެޓާ ގުޅިފައެވެ. އަދި ކޮވިޑުގެ ވަބާ އާ އެކު މިގުޅުން މިވަނީ އެތައް ގުނައެއް ވަރުގަދަވެފައެވެ. އެއާއެކު މަދަރުސީ މަރުޙަލާ ތަކުގެ ދަރިވަރުންނަށް ތަޢުލީމު އުނގެނުމުގައި އިންޓަރނެޓާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުން މިވަނީ ވަރަށް ގިނަވެފައެވެ. ކޮންމެއަކަސް މިހާރު މިވަނީ އިންޓަރނެޓާއި އިލެކްޓްރޯނިކް ވަސީލަތްތައް ފޮރުވައިގެން ނޫޅެވޭ ދުނިޔެއެއްގައި ދަރިން ތަރުބިއް...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ވިއްކުން މަނާ ކޮށްފި

ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ވިއްކުން މަނާ ކޮށްފި

އިންސާނުންނަށް ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ރާއްޖޭގައި ވިއްކުން މަނާ ކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުންނަންވީ މިންވަރަށްވުރެ އިތުރަށް “ޕެސްޓިސައިޑް ހުރި، އިންސާނުންނަށް ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށާއި އެތަކެތި ނުވިއްކުމަށާއި ބޭނުންނުކުރަމަށް އަންގާ ކަމަށެވެ. މި އުފެއްދުން އެކްޕޯޓް ކޮށްފައިވަނީ އިންޑިޔާގެ ޔޫރޯ ފްރުޓްސް ޕް...

ސަނިއްޔާ އަބޫބަކުރު