މާލޭ ސިޓީ ކައުންސިލުން ރައްޔިތުން ހޯދާ ޚިދުމަތްތައް އޮންލައިންކޮށް ހޯދާނެ މަގުފަހިކޮށްދީ، ފަސޭހަކަން ލިބިދުނުމަށް އެކަމަށް ޚާއްސަކޮށްފައިވާ މާވެހި ޕޯޓަލް ރޭ އިފްތިތާޙް ކޮށްފިއެވެ. މި ޕޯޓަލަކީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ‘މާވެހި’ ކިޔާ ޕޯޓަލް އެކެވެ. މި ޕޯޓަލް އިފުތިތާހުކުރީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި މިއަހަރުގެ 2 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. ރޭގެ އިފްތިތާހްކުރ މިި ޕ...
ސަނިއްޔާ އަބޫބަކުރު
ހއ.ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ” ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2022″ ގެ ޗެމްޕިއަންކަން ބްރައިޓްސްޓާ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 19 ޖުލައި 2022 ވަނަ ދުވަހު ހެނދުނު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ބްރައިޓްސްޓާއާއި ޔަންގްސްޓާއެވެ. މި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބްރައިޓްސްޓާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްރައިޓްސްޓާގެ ޖޯޒީ ނަމ...
އިބްރާހިމް ޚަލީލް
ށ.ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” މި މަހުގެ 22 ވާ ހުކުރު ދުވަހު ފެށުމަށް އެ ކައުންސިލުން ތައްޔާރު ވެއްޖެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ނަރުދޫގައި ފުޓްސަލް ކުރިއެރުވުމާއި އެ ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމެވެ. މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފިއުރިއަސް، އަމިގޯސް، ބްލެކް ކޯނާ އެފްސީ، އެފްސީ ސީނިއާ، އެފްސީ […]
އިބްރާހިމް ޚަލީލް
ތަޢުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ، މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ޤަ...
ޔުމްނާ ޢަލީ
ޤުރްއާނަކީ އަހަރެމެންގެ ވެރި ރައްބުގެ ކަލާމްފުޅެވެ. އެއީ މިދުނިޔެމަތީގައިވާ އެންމެ ތެދު ފޮތެވެ. އަދި އެއީ އޭގެ ޒާތުގަވެސް މުޢުޖިޒާތެކެވެ. އެ ޤުރްއާނުގައި، އެޤުރްއާން އެބޭކަލެއްގެ މައްޗަށް ބާވައިލެއްވުނު އަހަރެމެންގެ އުއްމިއްޔަ ނަބިއްޔާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް އެދުވަސްވަރުގެ ޙާލަތް އޮތްގޮތުން އެނގުން މުސްތަޙީލު މާޒީގެ އެތައް ވާހަކަ ތަކެއް ވެއެވެ. އަދި މުސްތަޤުބަލުގައި ވާނޭ އެތައް ކަމެއްގެ ވާހަކަ އެޤުރްއާނުގައި ވެއެވެ. އަދި އޭގެ ތެރެއިން އެތައް ކަމެއް މިއަދު ވަނީ ވެ، މާޒީއަށް […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް ދެއްވައިފިއެވެ. މި ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށް ދެއްވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި 6 ދަރިވަރުންނަ...
ތިލަދުން
މާލޭ ސިޓީ ކައުންސިލުން ބޭނުން ވަނީ މާލޭގެ އެންމެ ނިކަމެތި މީހާއަށް އެންމެ އިސްކަންދެވޭ ގޮތަށް މިހާރު ހުޅުވާލެވިފައިވާ ގޯތި ދިނުމުގެ ކަންތައް ކުރިއަށް ދާންކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މާލޭ ސިޓީ ކައުންސިލްގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި މާލޭގެ ރައްޔިތުންނާ މުޚާތަބުކުރަށްވާ މޭޔަރު މިރޭ ދެއްކެވި ވާހަކާގައި ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ލިބެންވާނީ ހިލޭކަމަށް ސިޓީ ކައުންސިލުން ފެށުނިއްސުރެ ވަކާލާތު ކުރަމުން އަންނަކަމަށެވެ. އަދި އެކަން އެ...
އަލީ އާދިލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ފަޔަ ފައިޓިން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މި ތަމްރީން ޕްރޮގްރާމުގައި އެމްޓީސީސީގެ 21 މުވައްޒަފަކު ބައިވެރިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 17 އިން އަންނަ މަހުގެ 4 އަށެވެ. “ފަޔަ ބްރިގޭޑް ޓްރެއިނިން” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިން ތަމްރީން ކުރަނީ އެމްޓީސީސީގެ ސީނިއާ މެނޭޖަރު ހުސައިން އިރުޝާމް އެވެ. މި ޕްރޮގްރާމް ކުރިއަށް […]
އަޙްމަދު ވަހީދު
އެސްޓީއޯއިން ވިއްކަމުން އަންނަ ފިއެސްޓާ ބްރޭންޑްގެ އާ ސާމާނު ރާއްޖެއަށް ގެނެސްފިއެވެ. ފިއެސްޓާއަކީ ބަދިގެއަށް ބޭނުންވާ ސާމާނު އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެކެވެ. އެސްޓީއޯއިން އަލަށް ގެނައި ފިއެސްޓާގެ އުފެއްދުންތަކުގެ ތެރޭގައި ފްރީ ސްޓޭންޑިން ކުކަރާއި އިލެކްޓްރިކް އަދި ބިލްޓް އިން، އަވަނާއި ބިލްޓް އިން އުދުން ހިމެނެއެވެ. މި އުފެއްދުންތަކަކީ މިހާރު ޒަމާނީ ބަދިގެތަކަށް ބޭނުންވާ ސާމާނެވެ. New Arrivals for Fiesta Kitchen Appliances❗️ Visit us or shop online from […]
އަޙްމަދު ވަހީދު
1443ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްރޫޕް މާދަމާ ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. މި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. މިގޮތުން ފުރަތަމަ ފްލައިޓް އަންނާނީ މާދަމާއެވެ. މާދަމާގެ ފްލައިޓުން 157 ޙައްޖުވެރިން އަންނާނެއެވެ. ހައްޖުވެރިން ގޮވައިގެން އަންނަ ދެވަނަ ފްލައިޓް އަންނާނީ މި އަންނަ ހޮނިހިރު ދުވަހުއެވެ. މި ފްލައިޓުން 175 ޙަ...
ޔުމްނާ ޢަލީ
ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން، ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތުގެ […]
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އިން ޕްރޯލެޕް އާ ގުޅިގެން “ބެކް ޓު ސްކޫލް” އޮފާ އެއް މިއަދު އިއުލާން ކޮށްފިއެވެ. މި އޮފާގެ ދަށުން ޕްރޯލެޕުން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއެއް ލިބޭނެއެވެ. އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ގެސް ލިބޭނެއެވެ. މީގެ އިތުރުން މި އޮފާގެ ދަށުން ހިލޭ ލިބޭ ފަސޭހަ މިނީ ޑިވައިސް މެދުވެރިކޮށް ރީޗާޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރާ ކޮންމެ ރީޗާޖަކަށް 20ޖީބީ […]
އަޙްމަދު ވަހީދު
ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ދިވެހި އެތުލީޓުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް ވަނީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތްލީޓުންނާއި އޮފިޝަލުންނާ މިއަދު ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުން އޮތީ މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ރައީސް ޞާލިޙް...
މުޙައްމަދު ވަސީމް
ހދ. ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އޮތް ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އޮތް ދިޔަވަމުންދިޔަ ލޯންޗަކަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ލޯންޗަކީ “ފްލައިންގ ފިޝް 12” ކިޔާ 24 ފޫޓްގެ ލޯންޗެކެވެ. މި ލޯންޗަށް ދިޔަވާން ފެށީ، 17 މީހުންނާއެކު ށ.ގޮއިދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކު...
ޔުމްނާ ޢަލީ
ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ހއ.އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މިކަމާ ގުޅޭ ގޮތުން އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވާތީ އެފަދަ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް އެދޭ ކަމަށެވެ. އެހެން ކަމުން މި ކަމަށްޓަކައި ތައްޔާރު ކޮށްފައިވާ ގޫގުލް ފޯމް ހުށަހެޅުމަށް ނުވަތަ ކައުންސިލުން މިކަމަށް ދޫކުރާ ފޯމ...
ސަނިއްޔާ އަބޫބަކުރު
ބައެއް ޙާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އިއްޔެ ތަސްދީގުކުރެއްވާފައިވާއިރު ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ހިމަނާފައިވާ މާއްދާ އިސްލާޙްކުރުމަށް ދިވެހި ނޫސްވެރިންގެ ހައްގުގައި ހުއްޓާނުލާ މަސައްކަތްކުރާނެ ކަމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ. ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަންފެށުމާއެކު، ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިނ...
ސަނިއްޔާ އަބޫބަކުރު
ހއ. އުލިގަން ކައުންސިލުން އެރަށު ރައްޔިތުންނަށް ޢިމާރާތް ކުރުމުގެ އަސާސީ ފަންނުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގަން އިޢުލާނު ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން އުލިގަން ކައުންސިލުގެ ނައިބު ރައީސް އަސަދުﷲ މުޙައްމަދު ވިދާޅުވީ މި ޕްރޮގްރާމަކީ އުލިގަމުގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނެސް ނުވަތަ އަސާ ޖަމިއްޔާގެ އިތުރުން އުލިގަމުގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އަލް އަސްރު ޖަމިއްޔާ އާއި ގުޅިގެން ހިންގުމަށް ހަމަޖެ...
ސަނިއްޔާ އަބޫބަކުރު
ކަސްޓަމްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމާއި މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުމަކީ ސަރުކާރުގެ މަޒާނެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވެވި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކ...
އިބްރާހިމް އަސްވާޤް