ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުގެ އަތޮޅު ތަކަށް ރީނދޫ ސަމާލު އަދި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ހއ. އިން ފެށީގެން ވ. އަތޮޅަށެވެ. މިސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ، މިއަދު ހަވީރު 16:35 އިން މިރޭ 20:45 އަށެވެ. މި ވަގުތުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި […]
އިބްރާހިމް އަސްވާޤް
ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މު މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 14 ޖުލައި 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 276 މީޓަރުގެ އެއްގަމުތޮށި […]
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނިކަ ސިޓީ ސްޕޯޓްސް ކުލަބާއި އެފްސީ ފްރެންޑްސް ބައްދަލުކުރަން ޖެހިއްޖެއެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. މިގޮތުން ލީގު ބުރު ނިމުނު […]
އިބްރާހިމް ޚަލީލް
ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 88 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ހާބަ ޕޭވަމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 88،623 […]
އަޙްމަދު ވަހީދު
މާފުށީ ޖަލަށް ވަގަށް ވަންނަން އުޅުނު މީހަކު ޖަލަށްލައި އަދި ދެވަނަ މީހާ 53،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދާއި ނ. މަނަދޫ ކެރީބިއަން އިބްރާހިމް ޖަޒްލާންގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ސެފްޓެމްބަރު މަހު ޖަލުގެ ފާރުމަތިން ފުއްމާލައިގެން އެތަނަށް ވަންނަން އުޅުނު މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ދެ މީހުންގެ މައްޗަށް […]
ހުސައިން ހަބީބް
ހއ. ހޯރަފުށި މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ސަބްބޭސް މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އޭބީސީއާއި އެސްފޯލްޓު މެޓީރިއަލް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯމީޓަރު ދިގު މިނުގެ 11 މަގެއް ހަދާނެއެވެ. އަދި، 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމު ކުރުމާއި، 11،114 […]
އަޙްމަދު ވަހީދު
ފުޓްސެލް ޗެލެންޖުން ވަށަފަރު ޢީދު ކުޅިވަރުތައް ނިންމާލައިފިއެވެ. ޢީދުގެ ފަހު ކުޅިވަރެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ ވަށަފަރު ފުޓްސެލް ޗެލެންޖު 2022 ކާމިޔާބު ކުރީ ވީލޯން ވުލްވުސްއެވެ. މި މުބާރާތުގެ ރަނަރަޕް ޓީމަކަށް އަކުއާހޮލިކް ހޮވުނު އިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ރެބެލްސް އެފްސީއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަކުއާހޮލިކްގެ އަހުމަދު ސިނާނެވެ. މުބާރާތް ނިމުމާއެކު ޗެންޕިއަން ޓީމަށާއި ރަނަރަޕް ޓީމުގެ އިތުރުން ފެއަރ ޕްލޭ ޓީމަށްވެސް ވަނީ ވަށަފަރު ކައުންސިލުން […]
ސަނިއްޔާ އަބޫބަކުރު
ސްކައުޓް ޔުނީފޯމަށާއި، އެ ހަރާކާތުގެ ގަދަރަށް އުނިކަން އަންނާނެހެން ޢަމަލުކުރި މައްސަލަ ސްކައުޓް އެސޯސިއޭޝަނުން ކުށްވެރި ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އަޟުހާ ޢީދު ފާހަގަ ކުރުމަށް ތ. ކިނބިދޫގައި ހިންގި ހަރަކާތެއްގައި ސްކައުޓު އެސޯސިއޭޝަންގެ ރަސްމީ ޔުނީފޯމު ބޭނުންކޮށް އެ ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ ގަދަރު ކުޑަވާނެހެން އަމަލު ކޮށްފައި ވާތީ އެ އެ އެސޯސިއޭޝަނުން އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. ސްކައުޓް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނީ ސްކައުޓް ހަރ...
ސަނިއްޔާ އަބޫބަކުރު
މުޅި ރާއްޖެއަށް މޫސުމާގުޅޭ އިންޒާރު، ވައިޓް އެލާޓް ނެރެފިއެވެ. މިގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށެވެ. މި ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް […]
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލު ފާސްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ. މި ބިލު ފާސްކޮށްފައި ވަނީ 36 ވޯޓުންނެވެ. މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައި އެތަންތަނުން ކުރަމުން […]
އަލީ އާދިލް
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި، އެރަށު ވައި ސްޕޯޓްސް އެންޑް ރި ކްރިއޭޝަން ކުލަބް ގުޅިގެން ކުރިއަށް ގެންދިޔަ “ފިނޭ ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2022” ގެ ޗެމްޕިއަންކަން ޔަންގް ސްޓާއިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 16 ޖުލައި 2022 ވީ ހޮނިހިރު ދުވަހުގެ ރޭ ފިނޭ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ޔަންގް ސްޓާއާއި ވީއެސްއާރުސީއެވެ. މި މެޗު ޔަންގް ސްޓާއިން ކާމިޔާބު ކޮށްފައި ވަނީ 5-1 […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. ރައީސް ޞާލިހު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ރޭ މާލެއަތޮޅު މާފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އ...
ސަނިއްޔާ އަބޫބަކުރު
ބައެއް ބޭފުޅުން ތިރީގައިވާ ފޮޓޯ ފޮނުވާފައި މިއީ އަސްލު ސިޙުރެއްތޯ އާއި އަދި މިފަދަ ސިޙުރެއް ފެނިއްޖެނަމަ ނައްތާލަން ހަދަން ޖެހޭނީ ކިހިނެތްތޯ ސުވާލު ކުރާތީ މިކަމުގެ ތަފްޞީލެއް ހިމާނަލުމަށް ޤަސްދުކުރީމެވެ. ފުރަތަމަ ކަމަކަށް މިއީ އަސްލު ސިޙުރެކެވެ. ލިޔެފައިވާ އެއްޗެހިން ފެންނަ މިންވަރަށް ބަލާއިރު މިއީ ޢާއިލާއެއް އެއްކޮށް ހަލާކު ކޮށްލުމަށް ހަދާފައިވާ ސިޙުރެއް ކަމަށް ބެލެވެއެވެ. މިފަދައިން ކެޔޮވަކުގައި ލިޔެގެން ނުވަތަ ކެޔޮލުގެ ތޮށީގައި ލިޔެގެންވެސް ސިޙުރުވެރިން ސިޙުރު ހަދާއުޅެއެވެ. މިގޮތަށް ވަޅުލައިގ...
ތިލަދުން
ބަނގުރޫޓުވެފައިވާ، ދިވެހިރާއްޖޭގެ އަވަށްޓެރި ޝްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މެންބަރުގެ ގައުމުތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އައި އޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ. އަވައްޓެރި ލަންކާގެ އިގުތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އެ ގައުމުގެ ހީނަރުވެފައިވާ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައްޔާއި، ލަންކާއަށް ހަމެޖެހުން ގ...
ސަނިއްޔާ އަބޫބަކުރު
އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދަށް ގުއަޓަމާލާގެ އެންމެ މަތީ އެއް ޝަރަފު އަރުވައިފިއެވެ. ގުއަޓަމާލާއިން ޝާހިދަށް އަރުވާފައިވަނީ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޝަރަފުވެރި ޢިއްޒަތެވެ. 1973 އިން ފެށިގެން ބައިނަލް އަގުވާމީ ފެންވަރުގައި ހާރިޖީ ދާއިރާގައި މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށް ގުއަޓަމާލާ އިން ދެމުން ގެންދާ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް […]
ސަނިއްޔާ އަބޫބަކުރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހު ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް އިންޑިއާގެ ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން މުހިންމު ނަތީޖާތަކެއް ނެރުއްވުމަށް މަޝްވަރާ ކުރުމަށް ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ވެރިރަށް ނިއުދިއްލީގެ އިތުރުން...
ސަނިއްޔާ އަބޫބަކުރު
މިދުވަސްކޮޅު ދުނިޔޭގެ ހުރިހާ ހިސާބެއްގެ ސައިންސުވެރިންނާއި، ދަރިވަރުންނާއި، ރިސާޗަރުންނާއި، މީސްމީޑިއާ ބޭނުން ކުރައްވާ ފަރާތްތަކާއި މިނޫންވެސް އެތައް ބައެއްގެ ލޯ ހުއްޓިފައިވަނީ އެމެރިކާގެ ޖައްވީ އިދާރާ ކަމަށްވާ ނާސާއިންގެ “ޖޭމްސް ވެބް ޓެލެސްކޯޕުން” ނަގާފައިވާ ކާއިނާތުގެ ފޮޓޯތަކަކަށެވެ. މިޓެލެސްކޯޕް ވަނީ އަހަރެމެންނަށް މިހާތަނަށް ފެނިފައިވާ ކާއިނާތުގެ އެންމެ ސާފު އަދި ރީތި ފޮޓޯތައް ނެގުމަށްޓަކައި 1.6 މިލިޔަން ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ދަތުރުކޮށްފައެވެ. މި ފޮޓޯތައް އަހަރެމެންނާ ހަމައަށް އ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖެ ގެނައީ އިންޑިއާއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި “އެދުރުންގެ ފަންނު، ގޮންޖެހުންތަކާއި ހުށަހެޅުންތައް” ރިޕޯޓުގައި ބުނެފިއެވެ. އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި މި ރިޕޯޓްގައި ވާގޮތުން ވޭތުވެދިޔަ ދިހަ އަހަރު ރާއްޖެ އަށް ގިނައަދަދެއްގެ ބިދޭސީ މުދައްރިސުން ސަރުކާރާއި އަމިއްލަ ސްކޫލްތަކަށް ވަނީ ގެނެސްފައެވެ. މި ރިޕޯރޓް ގައި ވާގޮތުން މިދިޔަ ދިހަ އަހަރުގެ ތެރޭގައި ހަ ހާސް ހަތަ...
ސަނިއްޔާ އަބޫބަކުރު