ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް އިން، ހިއްސާ ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ. އެފަދަ ވާހަކަތަކެއް ފެންމަތިވެފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ޚަބަރު ޗެނަލް، ބްލޫމްބާގުން އިއްޔެ ވަނީ ރިޕޯޓް ކޮށްފަ އެވެ. އެކަމުގެ މަޢުލޫމާތު ހުރި ފަރާތްތަކާއި ހަވާލާދީ އެނޫހުގައި ބުނެފައިވަނީ ކާލައިލް އާއި ކޯ އިންވެސްޓަރުން ކަމަށްވާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑޭވިޑްސަނ...
އިބްރާހިމް އަސްވާޤް
ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” ގެ ފައިނަލުން ހަރިކޭންއާއި ޓީމް ޔެޓީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން ހަރިކޭން ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގެ ފައިނަލުން ޓީމް ޔެޓީ ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ […]
އިބްރާހިމް ޚަލީލް
ކުރިއަށް އޮތް 6 މަސްދުވަހު އަދި އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރާނީ އިގްތިސާދީ ކަންކަން ކުރިއެރުވުމާއި މީހުން ބިނާކޮށް މަސައްކަތްތެރިން އުފެއްދުން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ، ރޭ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ. މޭޔަރު ވިދާޅުވީ، އިޤްތިޞާދީ މިދަތި ހާލަތުގައި މީހުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން މީހުން ބިނާކުރުމަށ...
ސަނިއްޔާ އަބޫބަކުރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ. މަޖިލީހުގެ އިދާރާ އިން ބުނީ ނަޝީދު ސީޝެލްސްއަށް ކުރައްވާ މިދަތުރުފުޅަކީ، ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރޮޖަރ މަންސިއެންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރާއްޖެ އާއި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއައްސަސާތަކުގެ އެހީގައި ދެ ގައުމުގެ ކުރިއެރުމަށް އިތުރަށް މަަސައްކަތް...
އަލީ އާދިލް
ހއ. ފިއްލަދުއާއި ށ ކޮމަންޑޫ ކައިރިން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ އެކި ކައުންސިލް ތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުން އަށް ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ކަމުގައެވެ. އެގޮތުން ކަނޑައިގެން ގޮސްފައިވަނީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ. ކާށިދޫ، ކ. މާފުށި، އއ. އުކުޅަސް، ތ. ހިރިލަންދޫ ހިމެނޭ ސަރަހައްދުތަކުގައި އަޅާފައިވާ ކަނދުފަތިތައް ކަމުގައި ފިޝަރީޒް މިނިސްޓްރީން […]
ސަނިއްޔާ އަބޫބަކުރު
މުސްލިމްއަޅަކަށް ދުނިޔެމަތީ މާތް ﷲ ދެއްވާނޭ އެންމެ މަތިވެރި އެއް ނިޢުމަތަކީ އެ އިލާހުގެ ގެކޮޅަށް އެ މީހަކު ގެންނަވައި، އެ މީހަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަސްކޮށްދެއްވުމެވެ. މަބްރޫރު ޙައްޖެއް ދެއްވުމެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ޙަދީޘްގައި ވަނީ، މަބްރޫރު ޙައްޖެއްގެ ސަވާބަކީ ސުވަރުގެ ކަމެވެ. އަދި، ފާފައާއި އުނިކަންކަމުން އެއްކިބާވެފައިވާ ޙައްޖެއް އަދާކުރާ މީހަކީ އޭނާގެ މަންމަގެ ބަނޑުން އުފަންވި އިރު އޮތް ފަދައިން […]
ޝެއިޚް ޝަފީއު އަބްދުﷲ
އާ އަދަބީބަހެއް ހޯދަން އެސްޓީއޯއިން ހުޅުވާލި ފުރުސަތުގައި ލިބުނު ބަސްތަކުގެ ތެރެއިން އެންމެ މަގުބޫލު ބަހެއް ހޯދަން އާއްމުންނަށް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނީ އާ އަދަބީބަހެއް ހޯދަން އެ ކުންފުނިން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ އާ ބަސްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، 36 އާ އަދަބީ ބަސްތަކެއް އެސްޓީއޯއިން ވަނީ އާއްމުންގެ ވޯޓަށް ހުޅުވާލައިފައެވެ. މި ވޯޓުގައި ބައިވެރިވުމަށް އެމީހަކަށް އެންމެ ކަމުދާ އާ އަދަބީ ބަސް ހިޔާރު ކުރުމަށްފަހު [...
އަޙްމަދު ވަހީދު
މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު އޭޝިއާ ޕެސިފިކްގެ ހޮޓެލް އިންވެސްޓްމަންޓް ބޮޑުތަނުން ކުރިއަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ރިޕޯޓުތަކަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ރިއަލްއެސްޓޭޓް ކުންފުނި ކަމަށްވާ ޖޭއެލްއެލް ކުންފުނީގެ ރިޕޯޓްތަކެވެ. މިއީ ރާއްޖޭގައި ވެސް ގިނަ ރިސޯޓްތައް ވިއްކުމުގައި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ރިޕޯޓްތަކާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު މި ސަރަހައްދުގެ ހޮޓެލ...
އަޙްމަދު ވަހީދު
ތިރީގައި އެވަނީ ވަރަށް ގިނައިން އަޑު އަހާ ޙަދީޘެކެވެ. އެ ޙަދީޘުގައި މިވަނީ އެތައް ބިލިއަން ޑޮލަރަކުން ވެސް އަގު ނުކުރެވޭ ހާ ވަރުގަދަ ނަސޭޙަތްތަކެކެވެ. އިންސާނާގެ ޙަޔާތް ރަނގަޅަށް ހޭދަ ކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ފިލާވަޅު ތަކެކެވެ. ދެދުނިޔެ ބާއްޖަވެރި ކުރުމަށް އެދޭ މީހާއަށްވާ ދުންޔަވީ އަދި އުޚްރަވީ ޤާޢިދާތަކެކެވެ. عن عبد الله بن عباس رضي الله عنهما قال: قال رسولُ اللهِ صلَّى اللهُ عليه وسلَّم لرجلٍ وهو […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ޑޮލަރު ގަތުމަށް ކުރި ޢިއުލާނު ބާތިލުކުރި ސަބަބު އެ ކޯޕަރޭޝަނުން ސާފުކޮށްދީފިއެވެ. އެކަން ސާފުކޮށްދެމުން އެ ކޯޕަރޭޝަނުން އާންމުކުރި ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނަށް އެމެރިކާ ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފަށް، މަޢުލޫމާތު އޮޅޭ ގޮތަށް ހަބަރު ފަތުރަމުން ގެންދާ ކަމަށެވެ. އެ އިއުލާން ކުރެވިފައިވަނީ މަރުކަޒީ ބޭންކް، އެމް.އެމް.އޭ އިން ބޭރު ފައިސާ ވިއްކުމުގެ ލައިސެންސް ދީފައިވާ ފަރާތްތަކުން އެ […]
އަލީ އާދިލް
މި އަހަރުގެ ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި، ޝައުޤުވެރިކަންހުރި ކައުންސިލްތަކަށް އެފުރުޞަތު ހދ. އަތޮޅު ކައުންސިލުން ހުޅުވާލައިފި އެވެ. އެކައުންސިލުން ބުނީ ޤުރުއާން މުބާރާތް، މިއަހަރު ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް، މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ 6 ޢުމުރު ފުރާއަކަށެވެ. އެއީ 6 އަހަރުން ދަށް، 9 […]
އިބްރާހިމް އަސްވާޤް
މިހާރަކަށް އައިސް ހައްދާ ގަސްގަހުގެ ޅަކުރި ޖެހުމަށްފަހު، އެކުރިތައް ނުހެދި، ކޮންމެވެސްވަރަކަށް ފަތްތަކުގައި ރޫޖެހި، އެހެން ހުރެލާފައި ފަތްތައް ރަތްކުލައަކަށް ބަދަލުވެ އަދި ފަހުން ކަޅުވެ އަނދާގޮތް މެދުވެރިވާ މައްސަލަތައް ތަކުރާރުކޮށް އަޅުގަނޑުމެނާ ހަމައަށް އާދެއެވެ. މި މައްސަލަ ކުރިމަތިވަނީ މައިގަނޑު 2 ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ ގަހުގެ ދިފާޢީ ބާރު ކުޑަވުމެވެ. މިހެން ދިމާވަނީ ގަހުގެ ސެލްތަކުގެ ފާރު ތުނިވުމުން އަވަހަށް އަދި ފަސޭހައިން ގަހަށް ބައްޔަށް ސަވާރުވެވޭތީއެވެ. ސެލްފާރު ތުނިވަނ...
ހުބާ ޕްލާންޓްސް
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ވިހި އަހަރުން ދަށުގެ ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އިންޑިއާ އަށް އިއްޔެ ފުރައިފި އެވެ. އަންނަ ހޯމަ ދުވަހު އިންޑިއާގެ ބުނަނޭޝްވަރު ގައި ފަށާ ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި، ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ. މި އަހަރުގެ މުބާރާތުގެ ފުރަތަަމަ މެޗުގައި އަންނަ ހޯމަ ދުވަހު ދިވެހިރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖެ […]
ސަނިއްޔާ އަބޫބަކުރު
ތިލަދުންމަތި ދަތުރުގެ ނަމުގައި ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެ އެވެ. އިހަވަންދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނިޓީގެ ނައިބް ރައީސް އަދި މި ޕްރޮގްރާމްގެ ކޯޑިނޭޓަރ ހުސައިން ސާލިމް ވިދާޅުވީ، މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ ޔުނިޓީ ޖަމްޢިއްޔާ އިސްވެ އޮވެ ޖަމްޢިއްޔަތުއް ސަލަފް އަދި ތިލަދުންމަތީގެ ބައެއް ޖަމްޢިއްޔާތަކާއި ކައުންސިލްތަކާއި ގުޅިގެންކަމަށެވެ. ތިލަދުންމަތި ދަތުރުގެ މަޤުޞަދަކީ، ތިލަދުންމަތ...
އިބްރާހިމް އަސްވާޤް
މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ދިފާއުކޮށް، ހެއްކާބެހޭ ޤާނޫނާ ގުޅޭގޮތުން ސަރުކާރުން 632 ބަހުގެ ބޮޑު ބަޔާނެއް ނެރެފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. “ނޫސްވެރިކަމުގެ މިނިވަންކަނ...
އަލީ އާދިލް
ހއ. އަލިދޫ ރިސޯޓްގެ އިންޝުއަރެންސަށް 22 މިލިއަން ޑޮލަރު (330 މިލިއަން ރުފިޔާ) ހޯދުމުގެ މައްސަލަ ޔޮޓް ޓުއާސް ކުންފުނިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން ދައުވާކުރަނީ 2014 ވަނަ އަހަރު އެ ކުންފުނިން އެ ރިސޯޓް ހިންގިއިރު މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކަށް އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ހޯދުމަށެވެ. ސިވިލް ކޯޓުން މައްސަލަ ކާމިޔާބުވެ، 22 މިލިއަން ޑޮލަރު ދޭން […]
ހުސައިން ހަބީބް
ހއ. ހޯރަފުށީގައި ބޮޑުއީދާއި ދިމާކޮށް އެރަށު ކޮމިއުނިޓީ ސެންޓަރއިން އިންތިޒާމް ކޮށްގެން ބޭއްވި އެޗް.އާރް.އެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސުޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގައި ހަތް ޓީމުން ވާދަކޮށްފައިވާއިރު ދެގުރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގައި ގުރޫޕް އޭގައި ހިމެނިފައިވަނީ އެފްސީ ފުރިގޭޓަރސް، ދަންމަރު ޔުނައިޓެޑް، ފުރިގޭޓަރސް އެކްސީޑް އަދި ބާވީސް ސުޕޯރޓްސް ކުލަބް އެވެ. މީގެއިތުރުން ގުރޫޕް ބީ ގައި ހިމެނިފައި ވަނީ ފުރިގޭޓަރސް ޔަންގު، ބަދަހި ބާވީސް އަދި ހޯރަ ބާވީސް […]
ސަނިއްޔާ އަބޫބަކުރު
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ކެނދިކުޅުދޫ އާއި ރ.އަލިފުއްޓަށް މިއަދު ތައާރަފްކޮށްފިއެވެ. 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، މި ހިދުމަތް އެ ދެ ރަށަށް ތައާރަފްކޮށްފައިވާއިރު، މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ. އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފައިބަ ސުޕަނެޓްގެ ހިދުމަތް […]
އަޙްމަދު ވަހީދު