ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ ޚާއްޞަ ވިޔަފާރީގެ އެއްބަސްވުން، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމްޓީޕީޓީއޭ) އަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީވިލާތުން ރާއްޖެއަށް އެތެރެކުރާ 75 ބާވަތެއްގެ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ މާފުކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ތުރުކީވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްގެ އަަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި 21 ޖީބީގެ ޑޭޓާ ޕެކެއް ހިލޭ ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ. މި ހާއްސަ އޮފާގެ ދަށުން، އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށްވެސް 21 ޖީބީގެ ހިލޭ ޑޭޓާ ޕެކް ކްލެއިމް ކުރުމުގެ ފުރުސަތު މިއަދު، އޮގަސްޓް 1 ވަނަ ދުވަހު ވަނީ ހުޅުވާލެވިފައެވެ. މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ އުފަންދުވަހުގެ ހަދިޔާއެކެވެ. މި ހިލޭ ޑޭޓާ ޕެކް ހޯދުމަށްޓަކައި ކަސްޓަމަރުން […]
އިބްރާހިމް އަސްވާޤް
ތައިލެންޑުގެ ޕަޓާޔާގައި އިންޑިއާގެ ތިން ރައްޔިތަކު ރަހީނުކޮށް، ފައިސާ ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ފަސް ފިރިހެނަކު ބެންކޮކުން ހައްޔަރުކޮށްފިއެވެ. ފުލުހުން މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ ބެންކޮކްގެ ކްލޯންގް ޓަން ސަރަހައްދުގެ ހޮޓަލެއްގައި ތިއްބާ، އެމީހުން ގައުމުން ބޭރަށް ފުރަން ތައްޔާރުވަމުން ދަނިކޮށް އަންގާރަ ދުވަހުއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ އަވްތާރު ސިންގް އާއި ޖަގްޖީތު ސިންގް، 24 އަހަރުގެ ރާމްބަލަކް ކުމާރު، 37 އަހަރުގެ ސުޚްބީރު ސ...
ނާޒިމާ އަލީ
ރާއްޖޭގައި އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ މައްސަލަ އެންމެ ބޮޑަށް ގޯސްވީ ސިޔާސީ އޮއިވަރުގެ ތެރެއިން ރޭވުންތެރިކަމާއެކު އެކަން ނައްތާލުމުން ކަމަށާއި، ނަމަވެސް އެކަން އަލުން ރަނގަޅުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރޫޙު ކުޑަވަމުންދާ މަ...
ޔުމްނާ ޢަލީ
މޮރޮކޯއާ އިންވެގެން އޮންނަ ސްޕޭންގެ ސަރަހައްދުތަކަށް އެތައް ހާސް ހިޖުރަވެރިންނެއް ކުއްލި ގޮތަކަށް ވަދެގަތް މައްސަލައިގެ ފަހަތުގައި އިޒްރޭލުގެ ރޭވުންތަކެއް އޮތް ކަމަށް ބުނެ ސްޕޭންގެ ސިޔާސީ ބައެއް ފަރާތްތަކުންނާއި މީޑިއާ އެނަލިސްޓުން ބޮޑެތި ތުހުމަތުތަކެއް ކުރަން ފަށައިފިއެވެ. މި ތުހުމަތުތައް އަމާޒުވެފައިވަނީ ސްޕޭންގެ އުތުރު އެފްރިކާގެ އެންކްލޭވްތައް ކަމަށްވާ ސެއުޓާ ފަދަ ސަރަހައްދުތަކަށް އިއްޔެ ކުރިމަތިވި ހިޖުރަވެރިންގެ ކްރައިސިސްއާ ގުޅިގެންނެވެ. މޮރޮކޯއާ އިންވެގެން އޮންނަ ސްޕެއިންގެ ސެއުޓާއަށް 24...
ނާޒިމާ އަލީ
ފީފާގެ ވޯލްޑް ކަޕުން ލިބޭ ފައިދާގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވާ ޕްލޭނާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކުން ތެދުވެ، އޭނާއަށް އޮތް ޕްރެޝަރު ބޮޑުވެއްޖެއެވެ. މި މައްސަލައިގައި އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޮޑޭރޯ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޔޫރަޕާއި އުތުރު އެމެރިކާގެ އިތުރުން އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ މި ޕްލޭނާ ދެކޮޅުކަން ހާމަކޮށްފައެވެ. ވައިޓް ހައުސްގެ ޓާސްކް ފޯހުގައި ފީފާ ތަމްސީލުކުރ...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީގައި ބާއްވަން ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވާ ”އައިލެންޑް ކާނިވަލް” ވެގެންދާނީ ރާއްޖޭގެ ރަށެއްގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކާނިވަލަށްކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރޭ ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ...
ޔުމްނާ ޢަލީ
މޮރޮކޯއާ އިންވެގެން އޮންނަ ސްޕެއިންގެ ސެއުޓާއަށް 24 ގަޑިއިރު ތެރޭގައި ގާތްގަނޑަކަށް 49,000 ހިޖުރަވެރިން ވަދެގަތް މައްސަލައަކީ ސްޕެއިންގެ ސަރަހައްދީ ފުރިހަމަކަމަށް ދިން ހަމަލާއެއްގެ ގޮތުގައި އެގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ސިފަކުރައްވައިފިއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ މި ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް ކުރެއްވި ކުއްލި ޒިޔާރަތެއްގައެވެ. އިންޓީރިއާ މިނިސްޓަރު ފެނާންޑޯ ގްރާންޑޭ-މާލަސްކާއާ އެކު ސެއުޓާގައި ހުންނަވައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވީ، މިއީ “ސްޕެއިންގެ އިސްތިގު...
ނާޒިމާ އަލީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފިއެވެ. މިއީ މި ޝަރަފުވެރި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން އެ އެސޯސިއޭޝަންގެ ބޯޑުން ނިންމާފައިވަނީ، ޝަރީފް މި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައި ކަމަށެވެ. މުހައްމަދު ޝަރީފަކީ މީގެ ކުރިންވެސް އޭބީއޭގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކ...
އަޙްމަދު ވަހީދު
ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ފަރުވާތެރިވުމަށް ބާރުއަޅާފައެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް 2026 ޖުލައި 31 ވަނަ ދުވަހުގެ 11:30 އިން 15:30 އާ ހަމައަށް ރީނދޫ ސ...
ޔުމްނާ ޢަލީ
ސީރިއާގެ ދަރްޢާ މަގުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ފަލަސްތީނަށް ނިސްބަތްވާ ދެ ޑޮކްޓަރަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ޑރ. ސަމީރާ މަހްވާޝް އާއި އޭނާގެ ދަރިފުޅު ޑރ. ނޫރުލް ހުދާ މޫސާ އީސާ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ދެބޭފުޅުން ދަރްޢާ މަގުން ދިމިޝްގަށް އެނބުރި ވަޑައިގަންނަވަނިކޮށެވެ. ނިޔާވި ޑރ. ސަމީރާ މަހްވާޝް އަކީ ދިމިޝްގު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހިއުމަން މެޑިސިންގެ ޓީޗިންގ އެސިސްޓެންޓެކެވެ. އޭނާ އަކީ އެމްބްރިއޮލޮޖީގެ އަމަލީ ސެޝަންތައް […]
ނާޒިމާ އަލީ
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ، ހިނގި ހާދިސާއެއްގައި އެ އުޅަނދުން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 31 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 08:48 އެހައިކަންހާއިރުއެވެ. އުޅަނދު ދިޔަވެ އަޑިއަށްދާން ފެށީ ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިންގ ކްރާފްޓުގައި ޖުމްލަ 10 މީހުން ތިއްބެވެ. […]
ޔުމްނާ ޢަލީ
މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށް ނުދޭނެކަމާއި، އެ ދުވަހުގެ ބިރުވެރިކަމަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. ”ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!” މި މައުޟޫއަށް ރާއްޖޭގެ އެކިކިސް މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހު އިންސާނާގެ ހާލަތު ހުންނާނެ ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ. ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤިޔާމަތްވެ ދުނިޔޭގެ ނިމުން އަނ...
ޝިއުނާ އާދަމް
އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނެފައިވާއިރު، މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައިވާނެކަމަށް އީރާނުން ވެސް ބުނެފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނިގޮތުގައި އީރާނަށް ދިން ހަމަލާތަކަކީ އީރާނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި، މިސައިލް އަދި ޑްރޯން އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އ...
ނާޒިމާ އަލީ
ފްލޯޓިން ބާއެއްގެ ގޮތުގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮންނަ ސާފާރީ މިއަދުގެ ގަދަ ވިއްސާރާގައި އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް ދައުރުވަމުން އަންނަ ”އެމްވީ ކްރައިސިސްގެ” ވީޑިއޯއިން އެ ސަފާރީ އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވާ މަންޒަރު ފެނެއެވެ. އަދި އެ އުޅަނދު ލައްވިތާ ކުޑަ ހިނދުކޮޅެއްތެރޭ ފުނޑުފުނޑުވަމުންދާ މަންޒަރު ފެނެއެވެ. ވީޑިއޯ އިން […...
ޔުމްނާ ޢަލީ
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ބުނެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ސަމާލުތައް މިއަދު ވަނީ ނެރެފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މިވަގުތު އޮތީ ރީނދޫ ސަމާލު ނެރެފައެވެ. މީގެ އިތުރުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް އޮތީ ހުދު ސަމާލު ނެރެފައެވެ. ފަހުން މެޓް އޮފީހުން ވަނީ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ (ގޭސްޓްރޮއޮޓްރޮލޮޖިސްޓް) ޑރ. މުޙައްމަދު ނަޛީފް ބަލިމީހުން ބައްލަވަން ފައްޓަވައިފިއެވެ. ކޭއާރުއެޗުން މިއަދު ބުނީ ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ ޑރ. މުޙައްމަދު ނަޛީފް މިހާރު ގެންދަވަނީ އެ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަމުން ކަމަށެވެ. އެހެންވެ، ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމެންޓު ހެއްދެވުމުގެ ފުރުސަތު މިހާރު ވަނީ އެ ހޮސްޕިޓަލުން ހުޅުވާލާފައެވެ. އެގޮތުން ހަވީރު 4:...
ޔުމްނާ ޢަލީ
ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ޣައްޒާއަށް ދިން އާ ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 6 މީހެއްގެ ހަށިގަނޑާއި 34 ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެނެވިފައިވެއެވެ. ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފިރިހެނަކާއި އަށް އަހަރުގެ ކުޑަ...
ނާޒިމާ އަލީ