ށ. ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީ ފުޓްސަލް ބޯޅަ ހަދިޔާކޮށްފިއެވެ. ނަރުދޫ ކައުންސިލްގެ ފަރާތުން މި ބޯޅަތައް ރަމްޒު ސްޕޯޓްސް އެކަޑަމީއާ ހަވާލުކޮށްދެއްވާފައި ވަނީ ކައުންސިލްގެ ނައިބު ރައީސް އަހްމަދު މާހިރެވެ. ނަރުދޫ ކައުންސިލުން ބުނިގޮތުގައި މިއީ ރަމްޒު ސްޕޯޓްސް އެކަޑަމީން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައާއި އަދި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގައި ބޭނުންކުރުމަށް ދެވުނު އެހީތެރިކަމެކެވެ. މި އެހީތެރިކަމާއި ގުޅިގެން ރަމްޒު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއް...
ޔުމްނާ ޢަލީ
ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢަކީ މުޅި މުޖުތަމަޢުން ކޮރަޕްޝަންގެ ވަބާ ނައްތައިލުމަށާއި، ހަރުދަނާ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އެފިޝަންޓް ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށެވެ. ރައީސް ވިދާ...
ޔުމްނާ ޢަލީ
މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް (ލޭންޑިންގ ކްރާފްޓް) ބަންޑުން ޖަހާލައި ފެތުނު ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމަށް، ކަނޑާއި ވައިގެ މަގުން 2,700 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ސިފައިން ބަލައިފިއެވެ. ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން އެމްއެންޑީއެފް އެއަރ ކޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މިހާތަނަށް ކަނޑާއި ވައިގެ […]
އިބްރާހިމް އަސްވާޤް
29 ޖުލައިގެ އަދަދާއި ގުޅޭ: މަންމަގެ ޖުމްލަތަކުން އާއިޒްގެ ދެ ލޮލަށް ކަރުނަ ޖަމާވިއެވެ. ހިތުގައި ޖެހި ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ދުވަހަކު ވެސް މަންމަ ދެރަކޮއްފައިނުވާއިރު، މިއަދު އޭނާއަށް މަންމަ ހިތުގައި ޖެއްސިއްޖެކަން އިހްސާސް ކުރެވުނެވެ. މަންމައަށް ގޮވަން ދާން ބޭނުން ވެގެން ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު ވެސް އޭނާ ހުއްޓުނީ ބޭކާރު ކަމަކަށް ވާނެތީއެވެ. ޔަޤީނެވެ. މަންމައަށް ގޮވަން އޭނާ ދާނެޔޭ ޚުދު މަންމަ ވެސް ހީ ކުރާނެއެވެ. ނަމަވެސް އާއިޒް މިސްރާބު ޖެހީ […]
ސަލާމާ ޢަބްދުލް ޢަލީމް
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވޯލްޑް ކަޕް ފައިނަލް މެޗު ބައްލަވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އިންނެވިއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފެނިގެންދިޔައީ “ފުޓްބޯޅައިގެ ރަސްގެފާނު” ގެ ގޮތުގައެވެ. ޖުލައި 19 ވަނަ ދުވަހު ސްޕެއިން އާއި އާޖެންޓީނާގެ ކުޅުންތެރިންނަށް ތަށްޓާއި މެޑަލް ހަވާލުކުރަން ނިއުޔޯކް ކައިރީގައި އޮތް މެޓްލައިފް ސްޓޭޑިއަމްގެ ވިނަގަނޑު މައްޗަށް އެ ދެ ބޭފުޅުން އެރި ވަގުތު، ދަނޑުގައި ތިބި ބައެއް ސަޕޯޓަރުންގެ ފަރާތުން ނުރުހުމުގެ އަޑުތައް އިވުނު […]
އަޙްމަދު ވަހީދު
2016 ވަނަ އަހަރު ތުރުކީއަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ތެރޭގައި، އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އަވަހާރަކޮށްލަން އުޅުނު ”ފެޓޯ ޓެރަރިސްޓް ގްރޫޕު”ގެ އިސް މެންބަރަކު ތުރުކީގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ތުރުކީގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ޓީއާރުޓީ ވޯލްޑުންނެވެ. އިންޓީރިއާ މިނިސްޓްރީން ހޮނިހިރު ދުވަހު ބުނި ގޮތުގައި، ‘ބީކޭ’ ގެ ނަމުން އައިޑެންޓިފައި ކުރެވިފައިވާ މި މީހާއަކީ ފެތުހުﷲ ޓެރަރިސްޓް އޯގަނައިޒޭޝަން (ފެޓޯ) ގެ ޔުނިޓެއްގައި ހިމެނޭ މީހެކެވެ...
ނާޒިމާ އަލީ
ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު ފަށާފައިވާއިރު، މި ޓާމަކީ މުޅި އަހަރުގެ ނަތީޖާ ކަށަވަރުކުރާ ދުވަސްވަރުކަމަށްވާތީ، މިއީ ކޮންމެ ދަރިވަރެއްގެ ތަޢުލީމީ ޙަޔާތުގައި މުޙިއްމު މަރުޙަލާތަކެއް އަންނާނެ ޓާމެކެވެ. އެހެންކަމުން އަހަރުގެ ފުރަތަމަ ޓާމާ ޚިލާފަށް، މި ދުވަސްވަރު ދަރިވަރުންނާއި ބެލެނިވެރިން ހާއްސަ ސަމާލުކަން ދޭންޖެހޭ މުޙިއްމު ކަންތައްތަކެއް ހުންނާނެއެވެ. ވަގުތަށް ސަމާލުކަން ދިނުން ޗުއްޓީއަށްފަހު، އަލުން ކިޔެވުމަށް އެނބުރި އަންނައިރު ވަގުތު “މެނޭޖް” ކ...
އައިޝަތު ޢާދަމް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިނުމަށް ރާވާފައިވާ ވަރުގަދަ އަސްކަރީ ހަމަލާތަކެއް މަޑުޖައްސާލުމަށް ނިންމަވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުންނާއި، ސަރަހައްދީ ގައުމުތަކުގެ އެދުމުގެ މަތިންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް ގެންދެވީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރަތް ސޯޝަލްގައި ވޭތުވި 24 ގަޑިއިރުތެރޭ އީރާނަށް ފުލުފުލުގައި އިންޒާރު ދެއްވަމުންނެވެ. އީރާންގެ އިތުރުން ގްރީންލެންޑަކ...
ނާޒިމާ އަލީ
އެމެރިކާ ނުވަތަ އިޒްރޭލުން އީރާންގެ ކަރަންޓް ވިއުގައަށް އަމާޒުކޮށް ނުވަތަ އީރާނަށް އާ ހަމަލާތަކެއް ދީފިނަމަ، އިޒްރޭލާއި އަރަބި ގައުމުތަކުގައި ހުރި ދުނިޔޭގެ އެންމެ މުހިންމު ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ. އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހުރިހާ ތަންތަނަކީވެސް އީރާނުގެ ސީދާ އަމާޒަށް ވާސިލްވާ މިސައިލްތަކުގެ ރޭންޖުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. ހަމަލާގެ އަމާޒުފަތްގަނޑަކަށް ވެދާނެ މުހިންމު ސަރަހައްދުތައް އީރާނުން ފާހަގަކޮށްފަ...
ނާޒިމާ އަލީ
ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ސްކޭން މެސިން އެ މަރުކަޒަށް ލިބިފައިވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ. އެ ސްކޭން މެޝިން ހަނިމާދޫ އަށް ގެންދިޔައީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އަހްމަދު ޝަމީމް މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެގޮތް ހެދުމަށް ބޭނުންވާ ސްކޭން މެޝިން […]
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީ ސިޓީގެ މަސައްކަތްތެރިންގެ އުފެއްދުންތައް ވިއްކަން ”އޮތެންޓިކް ކުޅުދުއްފުށި ޝޮޕް”ގެ ނަމުގައި ފިހާރައެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވ...
ޔުމްނާ ޢަލީ
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވަމުންދާތީ، އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި ތިބި އެމެރިކާގެ ރައްޔިތުން އެ ގައުމުތަކުން ފޭބުމަށް ނުވަތަ ފުރަން ތައްޔާރުވުމަށް އެމެރިކާގެ އެމްބަސީތަކުން އަންގައިފިއެވެ. މި އެންގުން ނެރެފައިވަނީ ބަހްރޭން، މިސްރު، އިރާގު، އިސްރާއީލް، އުރުދުން، ކުވެއިތު، ލުބުނާން، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އެމެރިކާގެ އެމްބަސީތަކުންނެވެ. އެމެރިކާގެ އެމްބަސީތަކުން ނެރުނު ސެކިއުރިޓީ އެލާޓްތަކުގައި ބުނެފައިވަނީ، ސަރަހައްދީ ހަމަނު...
ނާޒިމާ އަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި، މަޝްވަރާ ބޭނުންވާ ދައުލަތުގެ ބާރުތަކަށް މަޝްވަރާ އާއި ލާފާއެރުއްވުމަށް އިސްރަށްވެހިންނާއި، ފަންނީ މާހިރުންގެ މައްޗަށް އެކުލެވޭ ޤައުމީ ދެ މަޖިލީހެއް އުފައްދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ މިފަދަ މަޖިލީހެއް އުފައްދަވާނެކަމަށް ވިދާޅުވެފައެވެ. މިކަމުގެ ތަފްސީލް ދެއްވަމުން ވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ ޕްރޮގ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީ ސިޓީގެ ތިލާގައި ”ޝިޕް ވްރެކް”އެއް (shipwreck) ގާއިމުކުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާކަމަށް ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުގެ ބަޖެޓްގައި ހިމަނާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔި...
ޔުމްނާ ޢަލީ
އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭހެން އެ ގައުމުގެ ކަރަންޓު ވިއުގަ އާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ދިނުމަށް އެމެރިކާ އާއި އިސްރާއީލުން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިކަމާ ގުޅިގެން އީރާނުން ވަނީ، އެ ގައުމަށް ހަމަލާއެއް ދީފިނަމަ އިސްރާއީލުގެ މުހިންމު އިންފްރާސްޓްރަކްޗަރތަކަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހަކަތައިގެ ވަސީލަތްތަކަށް ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. އެމެރިކާގެ އަސްކަރީ ޕްލޭނަރުންނާއި ވައިޓް ހައުސްގެ އިސް އޮފިޝަލ...
ޔުމްނާ ޢަލީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ގެންގުޅުނު މައްސަލަ ބޮޑު މަޝްރޫއު ހުއްޓާލާފައިވާ ކަމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާނު ކުރައްވައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކުން މި ޕްލޭނާ ދެކޮޅަށް ތެދުވެ، ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އިންފަންޓީނޯ ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ފުޓްބޯޅަ އާއިލާގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށާއި، އެހެންކަމުން މި ހުށ...
އަޙްމަދު ވަހީދު
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ ޚާއްޞަ ވިޔަފާރީގެ އެއްބަސްވުން، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމްޓީޕީޓީއޭ) އަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީވިލާތުން ރާއްޖެއަށް އެތެރެކުރާ 75 ބާވަތެއްގެ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ މާފުކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ތުރުކީވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްގެ އަަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި 21 ޖީބީގެ ޑޭޓާ ޕެކެއް ހިލޭ ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ. މި ހާއްސަ އޮފާގެ ދަށުން، އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށްވެސް 21 ޖީބީގެ ހިލޭ ޑޭޓާ ޕެކް ކްލެއިމް ކުރުމުގެ ފުރުސަތު މިއަދު، އޮގަސްޓް 1 ވަނަ ދުވަހު ވަނީ ހުޅުވާލެވިފައެވެ. މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ އުފަންދުވަހުގެ ހަދިޔާއެކެވެ. މި ހިލޭ ޑޭޓާ ޕެކް ހޯދުމަށްޓަކައި ކަސްޓަމަރުން […]
އިބްރާހިމް އަސްވާޤް