އުރީދޫ މޯލްޑިވްސްގެ އަަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި 21 ޖީބީގެ ޑޭޓާ ޕެކެއް ހިލޭ ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.

މި ހާއްސަ އޮފާގެ ދަށުން، އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށްވެސް 21 ޖީބީގެ ހިލޭ ޑޭޓާ ޕެކް ކްލެއިމް ކުރުމުގެ ފުރުސަތު މިއަދު، އޮގަސްޓް 1 ވަނަ ދުވަހު ވަނީ ހުޅުވާލެވިފައެވެ. މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ އުފަންދުވަހުގެ ހަދިޔާއެކެވެ.

Ad
rt

މި ހިލޭ ޑޭޓާ ޕެކް ހޯދުމަށްޓަކައި ކަސްޓަމަރުން ބޭނުންކުރަން ޖެހޭނީ Ooredoo App އެވެ. އެޕްލިކޭޝަންގައި ހިމެނޭ SuperDeals ބަޔަށް ދިއުމަށްފަހު، ފޯނު ޝޭކް ކޮށްލުމުން (ހަލުވައިލުމުން) މި ހާއްސަ އޮފާ ފެންނާނެއެވެ.

އުރީދޫއިން ބުނި ގޮތުގައި މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދެވޭ ހަދިޔާއެކެވެ. "އުފަންދުވަހުގެ ހަދިޔާއެއް އަހަރެމެންގެ ފަރާތުން ތިޔަ ބޭފުޅުންނަށް!" އުރީދޫގެ މެސެޖުގައި ބުނެފައިވެއެވެ.

މި އޮފާ ލިބޭނީ ހަމައެކަނި މިއަދު ކަމަށްވާތީ، ވީހާވެސް އަވަހަކަށް އުރީދޫ އެޕް މެދުވެރިކޮށް މި ޑޭޓާ ޕެކް ލިބޭތޯ އަވަހަށް މަސައްކަތް ކޮށްލާށެވެ.