ދަރީންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުން ދެއްވާ ނިޢުމަތެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ދަރީންގެ ނިޢުމަތަކީ އެއާއެކު އެތަކެއް ގިނަގުނަ ޒިންމާތަކެއް އެކުލެވިގެންވާ ނިޢުމަތެކެވެ. އެތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. ހަމަކަށަވަރުން އެ ނިޢުމަތަކީ އަމާނާތެކެވެ. އެހެންކަމުން، ދަރީންނާ މެދު ކަންތައް ކުރަންވީ އެންމެ ރަނގަޅު ހެޔޮ ގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވައިފައެވެ. މާތް ނަބިއްޔާ ﷺ ދެއްވި އިރުޝާދުތަކުގައި ހިފުމަށް އަޅުގަނޑު...
ޝެއިޚް ޝަފީއު އަބްދުﷲ
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. މި ސީޒަނަށް ޔުނައިޓެޑްގެ ކޯޗްކަމާއި ހަވާލުވި އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން މިރޭ ބަލިވެފައި ވަނީ ބްރައިޓަން އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ކުޅެފައިވަނީ ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައެވެ. މިރޭ ކުޅުނު މެޗަށް ޔުނައިޓެޑުން ނުކެމެފައި ވަނީ އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. ޔުނައިޓެޑްގެ […]
އިބްރާހިމް ޚަލީލް
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޕްރިމިއަރ ލީގުގެ މެޗުތައް ދިރާގު ޓީވީން ނުދައްކަން ނިންމައިފިއެވެ. އިއްޔެ ފެށި މި ލީގަކީ ފުޓްބޯޅަ ބަލާ މީހުން އިންތިޒާރު ކުރަމުން އައި މުބާރާތެކެވެ. ދިރާގު ޓީވީއަކީ މިފަދަ މުބާރާތްތައް ކުރިން ދެއްކި ހިދުމަތެއް ނަމަވެސް މިފަހަރު ނުދައްކަން ނިންމުމަކީ ގިނަ ބަޔަކު މާޔޫސްވެގެންދާނެ ކަމެކެވެ. މިފަދަ މެޗުތައް ދިރާގުޓީވީން ދައްކާތީ އެ ޚިދުމަތައް ގިނަ ބަޔަކު ވަނީ ސަބްސްކްރައިބްވެސްކޮށްފައެވެ. މިއީ ކަސްޓަމަރުންނަށް ލިބުނު ދެރައެއްކަން ދިރާގުގެ ގިނަ ކަސްޓަމަރުން […]
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހާ ބެހޭ މައުލޫމާތު ދިނުމުގެ އޮންލައިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. މާދަމާ ބާއްވާ މި ސެޝަނުގައި ބައިވެރިވާން މިހާރި ރަޖިސްޓްރީ ކުރެވޭނެއެވެ. އެގޮތުން https://forms.office.com/r/gVGnGFtaLC މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ސެޝަން ކުރިއަށްދާނީ ގޫގުލް މީޓް މެދިވެރިކޮށް މާދަމާ ރޭ 8:00 އިން 9:00 އަށެވެ. އެސްޓީއޯއިން ވަނީ މިއަދު މި ކޯހުގެ މައުލޫމާތު ސެޝަނެއް އެ ކުންފުނީގެ ޓްރޭޑް ސެންޓަރުގައި ހުންނަ...
އަޙްމަދު ވަހީދު
ފަންނީ ދާއިރާތަކުން މީހުން ބިނާ ކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއެކު އެމްޑަބްލިއުއެސްސީން އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ. އެމްޑަބްލިއުއެސްސީ ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. އެމްއައިޓީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ. ފަސްއަހަރު ދުވަހުގެ މުއްދަތަށް ހެދި މި އެއްބަސްވުމުގެ ދަށުން އެމްޑަބްލިއުއެސްސީ ގެ މުވައްޒަފުން އެކިދާއިރާތަ...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީއިން ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް ފުރިހަމަ އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ޓަކައި ކާމިޔާބު ތިން އަހަރު މިއަދު ފާހަގަކޮށްފިއެވެ. މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. މިއަދު ކަސްޓަމަރުންގެ ޙިދުމަތުގައި މޫލީ ކާމިޔާބު 3 އަހަރު ފާހަގުކުރުމުން ދާއިރު، 20000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާ ކަމަށް އުރީދޫން ބުންޏ...
އަޙްމަދު ވަހީދު
ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޝިއާއުގެ މަރާއި ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މި ބައްދަލު...
މުޙައްމަދު ވަސީމް
ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ރޭ ހިނގާދިޔަ މި ރަޙްމުކުޑަ ޢަމަލާއި ގުޅިގެން މައުލޫމާތު ހާމަކުރުމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެން...
އަލީ އާދިލް
އދ. ދަނގެތީގައި މަރާލި މަހްމޫދު އަބޫބަކުރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ޝާހް އަލޮމް މިއާ (ސާލިމް) ގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ފައިސާގެ ބޭނުމުގައި މަހްމޫދު މަރާލި މައްސަލާގައި ސާލިމް މެރުމަށް ހުކުމްކުރި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ސާލިމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރުމުން ގާނޫނުގައިވާ ގޮތުގެ މަތިން، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. އެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް […]
ހުސައިން ހަބީބް
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ހުށަހެޅި ހެއްކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. މަސްތުވާތަކެތި ވިޔަފާރިކުރުމާއި ޑްރަގް ވިޔަފާރިން ލިބުނު ފައިސާ ގެންގުޅުނު ކަމަށް ބުނެ ޕެސްޓާއި އިތުރު ބަޔަކު ބަންދުކޮށް، އެ މީހުންގެ މައްޗަށް ކުރާ ދައުވާގައި ޕެސްޓާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތަކެކެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައިވ...
ހުސައިން ހަބީބް
ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްގޮސްފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިވަގުތު ކުރެވެމުންދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކައި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ...
އަޙްމަދު ވަހީދު
ޔޯގާ ހަމަނުޖެހުމާގުޅިގެން ފުލުހުންގެ ބަންދުގައި ހުންނެވި ޝައިހް އާދަމް ނިޝާން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން މިއަދު ޝައިހް އާދަމް ނިޝާން ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ. ޝައިޚް ނިޝާން ދޫކޮށްލީ ތިން ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ފޯނު ނަންބަރާއި އެޑްރެސް ކޯޓަށް އެންގުމަށާއި ފުރައިގެން ދާން ޖެހިއްޖެނަމަ ލިޔުމުން އެކަން އެންގުން އަދި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށެވެ. މީގެ ކުރިން ސައިޚް ނިޝާންގެ ބަންދުގެ މައްސަލަ […]
އަލީ އާދިލް
މި ހަފްތާ ތެރޭގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން ފެށޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުން މި ވަގުތު ލޮލުގެ ޑަކްޓަރުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑިފައި ވަނީ، އެ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވަމުން ގެންދެވި އެއް ޑަކްޓަރު ހޮސްޕިޓަލާއި ވަކިވެފައިވަނިކޮށް، ދެން ހުންނެވި ޑަކްޓަރު އެމަރޖެންސީ ކަމެއްގައި ޗުއްޓީ ނަންގަވަން ޖެހުމުން ކަމަށެވެ. އެހެންވެ އެކަން އެންމެހާ ކަސްޓަމަރުނ...
ޔުމްނާ ޢަލީ
ދަރިވަރުންނާ މުއާމަލާތްކުރާ މީހުންދެނެގަނެ، ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށް ސަމާލުވާންޖެހޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިނިސްޓަރު ޑރ.އައިޝަތު ޢަލީ ދެއްވި ޚިތާބުގައި ވިދާޅުވީ، އައު އަހަރެއްގެ ކިޔެވުން ފެށިގެންދާއިރު ލިބޭ އެންމެ ބޮޑު އުފަލަކީ ކޯވިޑްގެ ބަލިމަޑުކަމުން އާންމު ހާލަތަކަށް ބަދަލުވެ، ކިޔަވައިދިނިމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ހެޔޮ ނަސީބު ލިބިފައިވުން ކަމަށެވެ. ދީނީ، އަދަބީ އަދި އިޖުތިމާއީ ހަރ...
ޔުމްނާ ޢަލީ
ސަރުކާރުން މަސައްކަތް ކުރައްވަމުން ދަނީ ދަރިވަރުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިރާސީ އަހަރެއް ފެށޭ ދުވަހަކީ، ކުރިއެރުމާއި ތަރައްޤީގެ ވިސްނުމުގައި ދުވަސް ގުނާ ބަޔަކާ، އަހަރެއްގެ ތެރޭގައި ބައްދަލުކުރާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. މިއަދު ދަރި...
ޔުމްނާ ޢަލީ
އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް، މަތިވެރި ޝަޚުޞިއްޔަތަކީ މިޒަމާނުގެ ކާފަރުންނާއި، ލާދީނީ-ސެކިއުލާ އޮއިވަރުތަކުގެހަމަލާތައް އެއްމެ ބޮޑަށް އަމާޒުވެފައިވާ އެއް އަމާޒެވެ. އެހެންކަމުން މިބައިމީހުންގެ މިނުބައި ރޭވުމުން އަހަރެމެންގެ ޅަދަރިން ސަލާމަތްކޮށް، އެކުދިންނަކީ އެކަލޭގެފާނަށް އީމާންވާ އަދި އެކަލޭގެފާނު ދެކެ ލޯބިވާ އަދި އެކަލޭގެފާނަކީ ނަމޫނާއެއް ކަމުގައި ބަލާނެ ކުދިބަޔަކު ކަމުގައި ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަ ޖެހެއެވެ. އެގޮތުން ދަރިންގެ ހި...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އައު ސީޒަންގައި ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފިއެވެ. އެވަޓަންގެ ގޫޑިސަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗް ޗެލްސީއިން ކާމިޔާބްކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނުނު ހަމަ އެކަނި ގޯލް ޖަހާފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. މެޗްގައި ގިނަވަގުތު ބޯޅަ ގެން ގުޅެ މޮޅަށް ކުޅުނު ޗެލްސީ އިން މި މެޗްގައި ގޯލާ އަމާޒުކޮށް ވަނީ 7 ހަމަލާއެއް ފޮނުވައިލާފައެވެ. އެވަޓަންއަށް ޗެލްސީގެ ގޯލާ […]
އަލީ ރިޔާޟް
ފްރާންސްލީގުގައި ހޮނިހިރުދުވަުުގެރޭ ކުޅުނު މެޗު ޕީއެސްޖީ ފަސޭހަކަމާއެކު ކާމިޔާބް ކޮށްފިއެވެ. ކުލެމޮންޓް ފޫޓް އާއި ބައްދަލުކޮށް ޕީއެސްޖީ މޮޅުވީ 5-0 ގެ ނަތީޖާއިންނެވެ. ކުލެމޮންޓް ފޫޓް ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީއިން ވަނީ 13 ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވައިލާފައެވެ. ކުލެމޮންޓް ފޫޓް އަށް ޕީއެސްޖީ ގޯލާ އަމާޒްކޮށް ފޮނުވައިލެވުނީ އެންމެ ހަމަލާއެކެވެ. މި މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލް 9 ވަނަ މިމެޓްގައި ނޭމާ ޖަހއިދިނީ މެސީގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ގޯލް ނޭމާގެ އެހީތެރިކަމާއެކު މެޗްގެ...
އަލީ ރިޔާޟް