މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ މިކަން ވަނީ މިޑިޔާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ ޒުވާން ދިވެހި ފިރިހެނެކެވެ. މަރާލާފައި އޮއްވާ ފެނިފަ...
އަލީ އާދިލް
އިނގިރޭސި ޕްރިމިއާ ލީގުގެ އައު (2022/23) ސީޒަންގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ. މިރޭ ފުލަމްގެ ދަނޑުގައި ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. ހީކުރެވުނު ގޮތާއި ޚިލާފަށް މެޗުގައި ދެ ފަހަރު ވެސް ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ފުލަމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ލިވަޕޫލްގެ އޭރިއާތެރެއަށް ފުލަމްގެ ކެނީ ޓެޓޭ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ […]
އިބްރާހިމް ޚަލީލް
މައްކާގެ ހެޔޮ އެދޭ ފަރާތަކުން ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޢުމްރާގެ ދަތުރެއް ދެއްވައިފިއެވެ. އެސުކޫލުން ބުނީ މި ދަތުރުގައި ޢުމްރާ ކުރުމުގެ އިތުރުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭކަމަށެވެ. މީގެ އިތުރުން ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބައްލައިލުންވެސް ހިމެނިފައިވާނެ ކަމަށް އެސުކޫލުން ބުންޏެވެ. “މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެ...
އަލީ އާދިލް
އުރީދޫ ނޭޝަން އިން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 1 އަކީ 100،000ރ. ގެ ބޮޑު ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ މި ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތެވެ. އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި […]
އަޙްމަދު ވަހީދު
ދިރާސީ އާ އަހަރުގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެ އެހީތެރިކަން ފޯރުކޮށްދެނީ އެޑިއުކޭޝަން މިނިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ. މި ޓްވީޓާއެކު އެމްޓީސީސީން ހިއްސާ ކޮށްފައިވާ ފޮޓޯތަކުގައި ފެންނަނީ އެ ކުންފުނީގެ މުވައްޒަފުން ފޮތްތައް ފޮށިގަނޑުތަކުގައި ރަނގަޅަށް ބަނދުކޮށް އެ ގެންދިއުމަށް ތައްޔާރު ކުރާ މަންޒަރެވެ. On the request of...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބަންގުލަދޭސް ރައްޔިތަކު، ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާނަގައި ލަނޑު ދީފި އެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުން “ތިލަދުން” އަށް ބުނީ މިފަދަ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅިފައިވާ ކަމަށެވެ. މިމައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ. ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާ ނަގައި ގިނަބަޔަކަށް ލަނޑުދީފައިވާތީ އެބިދޭސީ މީހާ މަސައްކަތް ކުރާ ތަނަށް ދޭތެރެއަކުން މީހުން އެއްވެ ނުރުހުން ފާޅުކުރަ...
އަލީ އާދިލް
ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ސްޓެލްކޯގެ ފްލެޓްތައް، މުވައްޒަފުންނާ ހަވާލުކޮށްފިއެވެ. ސްޓެލްކޯގެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު، ސްޓެލްކޯ ފްލެޓް ޓަވަރު ކައިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފްލެޓްގެ ރަމްޒީ ތަޅުދަނޑި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފަށް އެރުވުމުން ޝަރީފް ވަނީ އެ ތަޅުދަނޑި ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީއާ ހަވާލުކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓ...
އަޙްމަދު ވަހީދު
ރާއްޖޭން އުތުރު ރަށެއްގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގާ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައި ހުންނަތާ މަހަކަށްވުރެއް ގިނަދުވަސް ވެފައިވާކަން ހާމަވެއްޖެ އެވެ. ޓީޗަރަކު އެއްޖިންސުން ހިންގާ މައްސަލައެއް ބަލަމުން ދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ “ތިލަދުން” އަށް ކަށަވަރުކޮށްދެއްވާފަ އެވެ. މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ) ހިމެނޭ ރަށެއްގައި ދެފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ޖޫން މަހުގެ 25 ވަނަ ދުވަހު...
އަލީ އާދިލް
ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ. ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް މިދިޔަ މަހު ކުރިއަށް ގެންދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެންމެފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ބަންދަށް 30 […]
ޝިއުނާ އާދަމް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބު ފެށިގެން ކުރިއަށްދާ ކަމަށް އެޕާޓީން ބުނެފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ފެށުނީ މިއަދު ހެނދުނު 8:00 ގައެވެ. މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 16:00 އާއި ހަމައަށް ކުރިއަށް ދާނެއެވެ. އެމްއެންޕީން ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލިއެވެ. އަދި އޭގެ ތެރެއިން 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށެވެ. އެމްއެންޕީގެ […]
އަލީ އާދިލް
ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ނިޔާވެފައިވާ ބަލިމީހެއް ނިޔާވުމުގައި އެ ހޮސްޕިޓަލްގެ ފުރިހަމަ އިންކުއަރީއެއް ހަދަން ފަށާފައިވާކަމަށް ޅ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ އެ އިންކުއަރީއަށްފަހު އިހުމާލެއް ފާހަގަކުރެވިއްޖެނަމަ ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ނައިފަރުގައި ހާޓް އެޓޭކެއް ޖެހުނު މީހަކަށް އަތޮޅު ހޮސްޕިޓަލުން އަވަސް ފަރުވާ ދިނުމުގައި އިހުމާލުވެ، އެ މީހާ ނިޔާވި މައްސަލައެއް ފެންމަތިވެ، އާއިލާ އިން އެ މައްސަލ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭގައި އަލަށް ފަށަން ތައްޔާރުވަމުން އަންނަ މިނީބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްތާގައި ހިލޭ ލިބޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަމުންނެވެ. އޭނާ ވިދާޅުވީ މާލޭގައި މިނީބަހުގެ ހިދުމަތް ފެށުމަށްވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަަމަށެވެ. އެގޮތުން ދަތުރުތައް ފަށައިގެން ފުރަތަމަ ދެ ހަފްތާ ރޫޓުތައް ދިރާސާ ކުރާނެ ކަމަށާއި އެ ދެ...
އަޙްމަދު ވަހީދު
ޖަރުމަންލީގް ފެށިމެޗުން 6-1 ގެ ނަތީޖާއިން ފްރެންފޯޓް ގެ މައްޗަށް ބަޔާން މިއުނިކް ކުރި ހޯދައިފިއެވެ. މެޗް ފަށައިގެން 5 ވަނަ މިނެޓްގައި ޖޯޝުއާ ކިމިޗް ވަނީ ބަޔާން އަށް ލީޑް ނަގައިދީފައެވެ. އޭގެ 5 މިނެޓް ފަހުން މެޗްގެ 10 ވަނަ މިނެޓްގައި ބަޔާންގެ ދެވަނަގޯލް ޖައިދިނީ ފުރާސް ޑިފެންޑަރ ޕަވާޑް އެވެ. 3 ވަނަ ގޯލް 29 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ސާޑިއޯ މާނޭ އެވެ. 4 ވަނަ ގޯލް ޖަމާލް މުސިއަލާ […]
އަލީ ރިޔާޟް
ރާއްޖޭގައި ހަރުކުރި އެންމެ ފުރަތަމަ ޓަޗްލެސް ލިފްޓު، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބަހައްޓައިފިއެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރުކޮށްފައިވަނީ އެ ކުންފުނިން ވިއްކަމުން އަންނަ ކޯނޭ ބްރޭންޑުގެ ޓަޗްލެސް ލިފްޓެކެވެ. ކޯނޭއަކީ ލިފްޓް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެކެވެ. އެސްޓީއޯއިން ބުނި ގޮތުގައި ކޯނޭ ލިފްޓުގެ ޓަޗްލެސް ސިގްނަލައިޒޭޝަންގެ ސަބަބުން ފިތްތަކަށް ފިތަން އަތްލާން ޖެހޭ މިންވަރު މަދުވާއިރު، ލިފްޓަކީ ދެމެހެއްޓެނިވި އަދި ރައްކާތެރި އެއްޗަކަށް ވާނެ ކަމަށެވެ. މި ލިފްޓް ބޭނުން ކުރ...
އަޙްމަދު ވަހީދު
2022-2023 އިނގިރޭސި ލީގުގެ ފުރަތަމަ މެޗުން 2-0 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ގެ މައްޗަށް އާސެނަލް ކުރި ހޯދައިފިއެވެ. ސިޓީއިން އާސެނަލް އަށް ބަދަލުވި ޖީސަސް އަދި ޒިންޗެންކޯ ފުރަތަމަ 11 ގައި ކުޅުނު މެޗުގައި އާސެނަލްއިން ފުރަތަމަ ގޯލް ޖެހީ ޒިންޗެންކޯ ބޮލުން ގޯލް ކުރިމަށްޗަށް ހުރަސް ކޮށްދިން ބޯޅައަކުން މެޗްގެ 20 ވަނަ މިނެޓްގައި ބުރެޒިލްގެ ފޯރވާޑް ގެބްރިއަލް މާޓިނެއްލީ އެވެ. މިގޯލް މާޓިނެއްލީ ކާމިޔާބް ކުރީ ބޮލުން ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. […]
އަލީ ރިޔާޟް
ލިވާތުކުރިކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފި އެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ފުލުހުންގެ ތަހުގީގު ގެންދިއުމުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރަ...
އަލީ ރިޔާޟް
ގޭތެރޭ ބޭނުންކުރާ ކަރަންޓް ސާމާނަށް ނޮޅިވަރަންފަރުގެ ކަނބަލުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ “ޑޮމެސްޓިކް އެޕްލިއެންސް ސޭފްޓީ ޕްރޮގްރާމް” އެ ރަށުގައި ފަށައިފިއެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމް އިއްޔެ ފަށާފައިވާއިރު، މި ޕްރޮގްރާމް ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ...
އިބްރާހިމް ޚަލީލް
މާތް ﷲ ވަނީ އެކިއެކި މައްސަރު މަތިވެރިކުރައްވައިފައެވެ. އަޅުތަކުންނަށް ހެޔޮކަންކަމާއިގެން ކުރިއަރައިދިޔުމުގެ މަގު ތަނަވަސްކޮށްދެއްވައިފައެވެ. ކުރެވިފައިވާ ފާފަތަކުން ތައުބާވެ، އެ ފާފަތައް ފޮހެލާނޭ ހެޔޮ މައްސަރުތަކާއި އެ މައްސަރުގައި ކުރާނޭ އަޅުކަމުގެ އެކި ކަންކަން ބަޔާންކުރައްވައިފައިވެއެވެ. އެގޮތުން ބަލާއިރު، މުޙައްރަމު މަހަކީ މަތިވެރިވެގެންވާ މަހެކެވެ. މުޙައްރަމް މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެކެވެ. ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގައި އަނިޔާވެރިކަން އިސްކުރުމާއި...
ޝެއިޚް ޝަފީއު އަބްދުﷲ