އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީއިން ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް ފުރިހަމަ އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ޓަކައި ކާމިޔާބު ތިން އަހަރު މިއަދު ފާހަގަކޮށްފިއެވެ.
މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. މިއަދު ކަސްޓަމަރުންގެ ޙިދުމަތުގައި މޫލީ ކާމިޔާބު 3 އަހަރު ފާހަގުކުރުމުން ދާއިރު، 20000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާ ކަމަށް އުރީދޫން ބުންޏެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް 18 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 50އަށް ވުރެ ގިނަ ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބެއެވެ. މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނާއި، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނާއި، ފޮތާއި ސްޓޭޝަނަރީ އާއި، ގޭމިން ޕްރޮޑަކްޓުތަކާއި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ.
މި ހާއްސަ ލަނޑުދަނޑި ފާހަގަ ކުރަމުން މޫލީ ޕްލެޓްފޯމުން ވިޔަފާރި ކުރާ ފަރާތްތަކަށާއި ޕާޓްނަރުންނަށް މޫލީ ޓީމުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ހާއްސަ ހަދިޔާތަކާއެކު މުނިފޫހިފިލުވުމާއި އިންޓަރެކްޓިވް އޮންލައިން އެންގޭޖްމަންޓް ހަރަކާތްތަކެއް ރާވާފައިވާކަމަށް އެކުންފުނިންވަނީ ފާހަގަކޮށްފައެވެ.
މޫލީގެ ތަސައްވަރާ އެއްގޮތަށް، ކަސްޓަމަރުންނާއެކު އިތުރު ގާތް ގުޅުމެއް އާލާކޮށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޫލީ އިން ވަނީ ކޯވިޑް-19ގެ ޕެންޑެމިކްގެ ދަނޑިވަޅުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ކަސްޓަމަރުންނާ ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، ނަމޫނާ މިސާލެއް ދައްކާފައެވެ. އެގޮތުން ކޯނާ ޝޮޕްތަކާއި ސުޕަމާކެޓް ފަދަ ކުދި ވިޔަފާރިތަކާ މޫލީއިން ވަނީ ގުޅިފައެވެ.
މޫލީގެ މި އިސްނެގުމާއެކު ފުރުސަތުތައްފަހިވެ، ފައިދާ ވެގެންދިޔައީ ހަމައެކަނި ކަސްޓަމަރުންނަށް އެކަނިއެއް ނޫނެވެ، ކުދި ވިޔަފާރިތަކަށް ވެސް އޮންލައިންކޮށް ކައިރީގައާއި ދުރުގައިވާ ކަސްޓަމަރުންނާ ގުޅުވާލަދީ ލޮކްޑައުންގެ ހާލަތުގައި ވިޔަފާރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކޮށްދިނެވެ.
މީގެ އިތުރުން މޫލީ އިން ވަނީ ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި މިއަހަރު މޫލީ އިން ވަނީ ނޮވެލްޓީ ބުކްޝޮޕާއެކު، "ބެކް ޓު ސްކޫލް" ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބުކްލިސްޓް ލިބޭ، މުޅިން ހިލޭ ޑެލިވަރީ ފުރުސަތު ވެސް ފަހިކޮށްދީފައެވެ.
ފުޅާވަމުން އަންނަ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
އިތުރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށްވެސް އެ ޓީމުން ޔަގީންކަން އަރުވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!