ފްރާންސްލީގުގައި ހޮނިހިރުދުވަުުގެރޭ ކުޅުނު މެޗު ޕީއެސްޖީ ފަސޭހަކަމާއެކު ކާމިޔާބް ކޮށްފިއެވެ. ކުލެމޮންޓް ފޫޓް އާއި ބައްދަލުކޮށް ޕީއެސްޖީ މޮޅުވީ 5-0 ގެ ނަތީޖާއިންނެވެ.

ކުލެމޮންޓް ފޫޓް ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީއިން ވަނީ 13 ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވައިލާފައެވެ. ކުލެމޮންޓް ފޫޓް އަށް ޕީއެސްޖީ ގޯލާ އަމާޒްކޮށް ފޮނުވައިލެވުނީ އެންމެ ހަމަލާއެކެވެ.

Ad
rt

މި މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލް 9 ވަނަ މިމެޓްގައި ނޭމާ ޖަހއިދިނީ މެސީގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ގޯލް ނޭމާގެ އެހީތެރިކަމާއެކު މެޗްގެ 26 ވަނަ މިނެޓްގައި ޖަހައިދިނީ އަސްރަފް ހަކީމީއެވެ. ތިންވަނަ ގޯލް ލިބުނު ހިލޭޖެހުމެއް ގޯލް ކުރިމަށްޗައް ނޭމާ ހުރަސްކޮށްދިނުމުން ޕީސްޖީގެ ކެޕްޓަން މާކިނޯސް ބޮލުން ޖަހައިދީފައިވަނީ މެޗްގެ 38 ވަނަ މިނެޓްގައެވެ.

މެޗްގެ ފަހު ދެގޯލް ފަހު 10 މިނެޓްގައި ކާމިޔާބް ކޮށްދިނީ ލިއޮނަލް މެސީ އެވެ. ފުރަތަމަ ގޯލް ނޭމާ ދިން ޕާހަކުން ކާމިޔާބް ކުރީ މެޗްގެ 80 ވަނަ މިނެޓްގައެވެ. ދެވަނަގޯލް ޕަރެޑެސް ގެ އެހީތެރިކަމާއެކުގައި ކާމިޔާބް ކޮށްދިނީ މެޗްގެ 86 ވަނަ މިނެޓްގައެވެ.

ޕީއެސްޖީ ލީގުގައި ދެން ކުޅޭ މެޗްގައި މިމަހު 14 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ މޮންޕެލިއޭ އާއި ދެކޮޅަށެވެ.