ށ. ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީ ފުޓްސަލް ބޯޅަ ހަދިޔާކޮށްފިއެވެ.

ނަރުދޫ ކައުންސިލްގެ ފަރާތުން މި ބޯޅަތައް ރަމްޒު ސްޕޯޓްސް އެކަޑަމީއާ ހަވާލުކޮށްދެއްވާފައި ވަނީ ކައުންސިލްގެ ނައިބު ރައީސް އަހްމަދު މާހިރެވެ.

Ad
rt

ނަރުދޫ ކައުންސިލުން ބުނިގޮތުގައި މިއީ ރަމްޒު ސްޕޯޓްސް އެކަޑަމީން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައާއި އަދި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގައި ބޭނުންކުރުމަށް ދެވުނު އެހީތެރިކަމެކެވެ.

މި އެހީތެރިކަމާއި ގުޅިގެން ރަމްޒު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ މި އެހީތެރިކަމަށް ނަރުދޫ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

ރަމްޒު ސްޕޯޓްސް އެކަޑަމީއަކީ ނަރުދޫގައި ފުޅާދާއިރާގައި ކުޅިވަރު ތަމްރީންތައް ހިންގަމުން އަންނަ އެކަޑަމީއެކެވެ. މީގެ ތެރޭގައި ފުޓްބޯޅަ، ފުޓްޝަލް އަދި ހޭންޑްބޯލް ހިމެނެއެވެ. ރަމްޒް ސްޕޯޓްސް އެކަޑަމީގެ ހިޔަލުގެ ދަށުގައި ނަރުދޫގެ އެތައް ކުދިންނަކާއި ޒުވާން ޖީލު ތަރުތީބުގޮތެއްގައި ކުޅިވަރުތަކަށް ތައްޔާރުކުރަމުން އަންނަކަން ފާހަގަކޮށްލެވެ.'

މީގެ އިތުރުން އެ އެކަޑަމީއަކީ ނަރުދޫގައި އިޖްތިމާއީ ދާއިރާއިން ވެސް ޚިދުމަތްތަކެއް ކުރަމުން އަންނަ އެކަޑަމީއެކެވެ.