އިނގިރޭސި ޕްރިމިއާލީގުގައި މިއަދު ހަވީރު ލިވަޕޫލާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނޮޓިންހަމުން ކާމިޔާބު ކޮށްފިއެވެ. ނޮޓިންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި، އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި މިހާތަނަށް ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗެއް ލިވަޕޫލަށް ކާމިޔާބު ކުރެވިފައި ނުވާއިރު، މިއަދުގެ މެޗުން ވެސް ރަށުން ބޭރުގައި ލިވަޕޫލް މި ވަނީ ބަލިވެފައެވެ. މި މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައި ވަނީ ލިވަޕޫލުންނެވެ. […]
އިބްރާހިމް ޚަލީލް
ފުރައިޓް ފޯވާޑިންގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އިރު ވަކި ވަކި ފަރުދުންގެ އަމިއްލަ ބޭނުމާއި ވިޔަަފާރި ބޭނުމަށް ކަނޑުމަގުން ޗައިނާއިން މުދާ ގެނައުމަށް ޚިޔާރު ކުރަންވީ ބެސްޓް ބަޑީއެވެ. މީގެ ސަބަބުތައް ބައިވަރެއެވެ. މިގޮތުން ކިތައްމެ ކުޑަ ޕެކޭޖެއްވެސް ބެސްޓް ބަޑީ މެދުވެރިކޮށް ޗައިނާއިން ގެނެސްދިނުމުގެ ޚިދުމަތް ބެސްޓްބަޑީން ފޯރުކޮށްދެއެވެ. މި ގޮތަށް މުދާ ގެނެސްދޭ ގިނަ ފަރާތްތަކުން މަދުވެގެން 1 ސީ.ބީ އެމް ގެ މުދާ ގެންނަން ޝަރުތުކުރެއެވެ. އެއަށްވުރެ މަދުން […]
އަޙްމަދު ވަހީދު
“ޑިވެލޮޕިން އެންޑް ރިފައިނިން ޔޯ ލީޑާޝިޕް އެޕްރޯޗ “ ގެ ނަމުގައި އެވިޑް ކޮލެޖުން ލީޑާޝީޕާއި ގުޅޭ ހާއްސަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއަދު ކުރިއަށްގެންދިޔަ މި ޕެނަލް ޑިސްކަޝަންގައި ބައެއް ސްކޫލްތަކުގެ އިސްވެރިންނާއި އެވިޑް ކޮލެޖްގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެލެއްވެވިއެވެ. މި ސެޝަން އިފްތިތާހްކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގުއެވެ. އޭނާ ވަނީ މި ރަސްމިއްޔާތު ފައްޓަވައިދެއްވައި ޕެނަލް ޑިސްކަޝަންގެ ބައިވެރިންނަށް މަރްހަބާ ވިދާޅުވެފައެވެ. މި ޕެނަލް ޑިސް...
އަޙްމަދު ވަހީދު
ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވ...
މުޙައްމަދު އަފްރާޙް
“ލޭ ހަދިޔާ ކުރާ މީހުންގެ ދަފްތަރެއް” ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާއިން އެކުލަވާލަން ނިންމައި، އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ. އެ ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައިވާ ގޮތުގައި މިއީ އެކިއެކި ބަލިތަކާއި ގުޅިގެން ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު، ލޭ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދިނުމުގެ ގޮތުން އެކުލަވާލާ ދަފްތަރެކެވެ. އެ ކައުންސިލުން ވިދާޅުވެފައިވަނީ ލޭ ހަދިޔާ ކުރުމުގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މި އޮކްޓޯ...
މުޙައްމަދު އަފްރާޙް
ހިލޭ ޑިގްރީއާ ސްކޮލާޝިޕް ފުރުޞަތުތަކާއި، އެސްްއެމްްއި ލޯނުތައް ފަދަކަންކަން ތަޢާރަފްކުރެވިފައި ވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ޒުވާނުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ސްކޮލަރޝިޕް ފުރުޞަތުތަކާ، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކާ، ކުޅިވަރު ދަނޑުތައް އަދި އެސްްއެމްްއި ލޯނުތައް ތަޢާރަފްކުރެވިފައި ވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ...
މުޙައްމަދު އަފްރާޙް
ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މިމްސް ކޮންސްޓްރަކްޝަނުން މި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 11 މެއި ގަ އެވެ. 365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް މި މަސައްކަތް އެ ކުުންފުންޏާ ޙަވާލުކޮށްފައިވަނީ 14,231,686.04 (ސާދަ މިލިއަން ދެ ލައްކަ ތިރީސް އެއްހާސް ހަސަތޭކަ […]
މުޙައްމަދު އަފްރާޙް
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. ނައިވާދޫ އަށް ވަޑައިގަތުމުން ހދ. އަތޮޅަށް ފަތުރުވެރިކަމުގެ ފޮނިމީރުކަން ނުލިބި، ދިގު އިންތިޒާރެއް ކުރަންޖެހިފައިވާތީ އެރަށުގެ ރައްޔިތުން ޝުއޫރުފާޅު ކޮށްފިއެވެ. މިގޮތުން މިނިސްޓަރު ޑރ. މައުސޫމާއި ވަފްދު މިއަދު އެރަށަށް ވަޑައިގަތްއިރު އެރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން ހިމެނޭހެން ރައްޔިތުން ވަނީ މިނިސްޓަރާއި، ވަފުދަށް މަރުޙަބާ ކިޔުމަށް “...
ޔުމްނާ ޢަލީ
ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހުން ހއ. ދިއްދޫގައި “ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓް” އެއް ކުރިއަށް ގެންގޮސްފިއެވެ. އެ އޮފީހުންވިދާޅުވި ގޮތުގައި، މި ކޮމިއުނިޓީ އޮޑިޓްގެ ތެރެއިން އެ ރަށުގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކިގޮތްގޮތުން މަސައްކަތްކުރާ ޢިދާރާތަކަށް ޒިޔާރަތްކޮށް އިންޓަވިއުތައް ނަގައި، ބައެއްތަންތަން އިންސްޕެކްޓްކޮށްފަ ވެއެވެ. މި އޮޑިޓް ކުރެވުނު މުއައްސަސާތަކާއެކު ސްޓޭކްހޯލްޑަރ ވޯކްޝޮޕް ބާއްވާ، ކުޑަކުދިންގެ ޙައްގުތައް ރައިކާތެރިކުރުމުގެ ޤާނޫނަށް އަހުލުވެރި ކުރުމުގ...
ޔުމްނާ ޢަލީ
2022 ވޯލްޑް ކަޕްގައި ގްރޫޕް އޭ ގައި ހިމެނޭ، މިވަގުތު ފީފާ ރޭންކިންގެ 18 ވަނައިގައި އޮތް ސެނެގާލް މިހާތަނަށް ވޯލްޑް ކަޕްގައި ވާދަކުރީ ދެފަހަރު އެވެ. ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ގައި އޮތް ވޯލްޑް ކަޕްގައި ސެނެގާލް އިން ނެރުނީ ހައިރާންކުރުވި ނަތީޖާއެކެވެ. އެގޮތުން އޭރުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ފުރަތަމަ މެޗުން ކުރި ހޯދި އެވެ. މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި […]
ތިލަދުން
އެއްވެސް ދަރިވަރަކީ މުހިއްމުކަން ކުޑަ ކުއްޖެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ދަ ލީޑަރ އިން މީ”ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ތާޖުއްދީން ސްކޫލުގެ ހޯލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު އެމަނިކުފާނު ވަނީ ސްކޫލު އުމުރަކީ އެއީ ހާއްސަކޮށް ތިމާގެ ގައިގައި ރަނގަޅު އަހްލާގާއި، ރަނގަޅު ސިފަތައް އަށަގ...
މުޙައްމަދު އަފްރާޙް
މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން ތިބުމަކީ ސަރުކާރުން ފޮނުވާ އެއްޗަކަށް އާއެކޭ ބުނެ، ރައްޔިތުންނަށް ބޮޑު ބުރައެއް ދިނުން ނޫން ކަމަށް ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ ޗެއާރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ. ޓެކްސް ކުއްލިއަކަށް ބޮޑުކޮށް ރައްޔިތުންނަށް އެބުރަ ޖެއްސުމަށް ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްކަން ފާހަގަކުރައްވާ އޭނާ ވަނީ ޓެކްސް ބޭނުންކޮށްގެން ނޫންގޮތަކަށް ފައިސާ ނުހޯދެނީތޯ ވެސް ސުވާލު ކުރައްވާފަ އެވެ. އަދި ކުޑަފަރީ ކައުންސިލުން...
މުޙައްމަދު އަފްރާޙް
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) މި މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ މި އޮކްޓޯބަރ މަހުގެ 28 ވާ ހުކުރު ދުވަހުގެރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ދަރުސް އޮންނާނީ ކާމިވާ ސަރަހައްދުގައި ކަމަށެވެ. އަދި މައުޟޫއަކީ “ސްޓްރެސް، ޑިޕްރެޝަން އަދި އެންޒައިޓީ” ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެދުވަހުގެ ހުކުރު ނަމާދު، އިސްލާމީ […]
މުޙައްމަދު އަފްރާޙް
ދުނިޔޭގެ އެންމެ ހުދު ދަވާދު އިތުރަށް ލުއިކޮށް ވަރަށް ތުނިކޮށްލެވޭ ގޮތައް ހަދައިފި އެވެ. މި ދަވާދު އުފެއްދީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިންޑިއާނާގެ ޕާޖޫ ޔުނިވާސިޓީގެ އިންޖިނިއަރުންގެ ޓީމަކުން މިދިޔަ އަހަރު އެވެ. މި ދަވާދު އުފައްދާފައިވަނީ ފޮޓޯގްރަފިކް ޕޭޕަރު އުފެއްދާ ކެމިކަލް ބޭނުން ކޮށްގެންނެވެ. އޭގެ ފަހުން މިހާރު އެ ޓީމުން ވަނީ އެންމެ ހުދު ދަވާދު ފްލައިޓާއި ކާރު އަދި ރޭލުގައި ބޭނުން ކުރަން ފައްކާކޮށްފަ އެވެ. މިތަކެތީގައި އެ ދަވާދު ބޭނުން […]
މުޙައްމަދު ވަސީމް
އެއްވެސް މީހަކު ހުންނާނީ އަބަދު އޮންލައިން ފްރޯޑު ތަކާއި ސްކޭމް ކޯލްތަކަށް ތައްޔާރު ވެގެންނެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު ބަދަލުވާ ޚަބަރުތަކުގެ ސުރުހީތަކާއި އެއްގޮތަށް އެންމެ ތަންދޮރު އެނގޭ ޒުވާނާ އަދި ޓެކްނޮލޮޖީއަށް އަހުލުވެރިނޫން އުމުރުން ދުވަސްވީ މީހުންވެސް ވާ ވައްދާލެވޭ ގޮތްތައް ހޯދައިގެން ތަފާތުގޮގޮތް ގޮތައް އެކަން ކުރާމީހުން މަސައްކަތް ކުރާތީ އެވެ. އެހެން ކަމުން މިހާރު އެކަކު އަނެކަކު ކައިރިން މައުލޫމާތު ހޯދައިގެން އެންމެން ފޯނާއި އޮންލައިން ފްރޯޑުތައް ދެނެގަންނާނެ ގޮތާއި ދެން އަމަލު […]
މުޙައްމަދު ވަސީމް
ރަލާއި އޫރުމަސް މިރާއްޖޭގެ މީހުން އުޅޭ ރަށެއް ކަމުގައިވިޔަސް ނުވަތަ ރިސޯޓެއް ކަމުގައި ވިޔަސް ނުވަތަ ސަފާރީއެއް ކަމުގައިވިޔަސް ނުވަތަ ކަނދުފައްޗެއްގައި ނަމަވެސް ވިއްކައި އޭގެން ކައި ބޮއެ، އެ ވިއްކައިގެން ލިބޭ އާމްދަނީ އިން ތިމާއާއި އަނބިދަރިންގެ ކެއިންބުއިމާއި އެހެނިހެން ޚަރަދުތައް ހަމަޖައްސައި ހެދުންފަދަ ކަންކަމީ މުޅިންވެސް ބޮޑެތި ވެގެންވާ ޚަރާމް ކަންތަކެވެ. ބަޔަކު ޤަވާއިދެއް ގައި ލިޔެލާ އެއްޗަކުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޝަރީޢަތް ބަދަލެއް ނުވާނެއެވެ. އެވާހަކަ ރާއްޖޭގެ ޢިލްމުވެރިން ތާއަބަދު ދައް...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ފްރާންސްލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެލީޑެއް ޕީއެސްޖީއިން ނަގައިފިއެވެ. މި މެޗު އަޔާޗޯއާއި ބައްދަލުކޮށް ޕީއެސްޖީއިން މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މިރޭގެ މެޗުގައި ތަރިންނަށް ވީ މެސީ އަދި އެމްބާޕޭ އެވެ. މެޗުގައި އެމްބާޕޭ ދެގޯލު ޖަހައި އެސިސްޓެއް ހެދިއިރު މެސީ ވަނީ ދެ އެސިސްޓް ހަދާ ގޯލެއް ޖަހާފައެވެ. މެސީގެ ހިތްގައިމު ޕާހަކުން މެޗުގެ ފުރަތަމަ ގޯލު ޕީއެސްޖީއަށް އެމްބާޕޭ ކާމިޔާބު ކޮށްދިނީ މެޗުގެ 24 […]
އަލީ ރިޔާޟް
ކެންސަރު ޖައްސާ ކެމިކަލެއް އެކުލެވޭތީ 1.5 މިލިއަނެއްހާ ޕްރޮޑަކްޓް، ބޭނުންކުރުމާއި ވިއްކުން ކެނެޑާގައި މަނާކޮށްފި އެވެ. ކެނެޑާގެ ހެލްތް ޑިޕާޓްމެންޓުން ބުނީ އެ އުފެއްދުންތަކުގައި ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލެއް ކަމަށްވާ ބެންޒީން ހިމެނޭ ކަމަށެވެ. އެ ގައުމުގެ ހެލްތް އެމަޖެންސީން އެކުލަވާލައި އާންމު ކުރި ލިސްޓުގައި ޝޭންޕޫ، ތެޔޮ، ހެއާ ކްރީމް، ހެއާ ކޮންޑިޝަނާ ފަދަ އިސްތަށިގަނޑަށް ހާއްސަ ގިނަ އުފެއްދުންތައް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ ޑޮވް، ބެޑް ހެޑް […]
މުޙައްމަދު ވަސީމް