ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ”މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯޅަ މުބާރާތް މާދަމާ ފަށާނެއެވެ. ށ.އަތޮޅުގެ 10 ރަށަކުން 10 ޓީމް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ފޭދޫގައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފޭދޫ، ބިލެއްފަހި، ފޯކައިދޫގެ އިތުރުން ގޮއިދޫއެވެ. ގް...
އިބްރާހިމް ޚަލީލް
ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމާއި އެއްވެސް ގުޅުމެއް ނެތް ކަަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނާ އަބުދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ. ނަވާޒް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީން ގެނެސްދިން “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ފަހުން ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގައި […]
އަލީ އާދިލް
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި “ޓޫރިޒަމް ނެތް ހދ” ގެ ހާލަތު ތަފާތު ގޮތަކަށް ހދ. ނެއްލައިދޫއިން ދައްކާލައިފި އެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، މިއަދު އެރަށަށް ވަޑައިގެންނެވީ އިރާކޮޅުގެ ވަގުތެއްގަ އެވެ. މިނިސްޓްރީގެ ވަފުދަށް މަރުހަބާ ދެނެވެވުމަށް އެރަށު ބަނދަރުމަތި ވަނީ ވ...
އަލީ އާދިލް
ބައިނަލްއަގުވާމީ ފުޓުބޯޅައަށް ރަސްމީކޮށް ނެދަލެންޑްސް ތައާރަފުވީ 1905 ވަނަ އަހަރުއެވެ. ދުނިޔޭގެ ފުޓުބޯޅައިގައި ނެދަލެންޑްސްއަކީ ވަގުގަދަ ބާރެކެވެ. ނެދަލެންޑްސް އަށް ލިބިފައިވާ އެންމެ ބޮޑު މާޔޫސްކަމަކީ މިހާތަނަށް ވޯލްޑް ކަޕް ތަށްޓެއް ހޯދިފައި ނުވުމެވެ. ނަމަވެސް އެޓީމުން ވާދަކުރި ވޯލްޑް ކަޕް މުބާރާތް ތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވެއެވެ. ނެދަލެންޑްސް އިން ވޯލްޑް ކަޕެއްގައި ފުރަތަމަ ވާދަކުރީ 1934 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ނަމަވެސް ވޯލްޑް ކަޕުގައި ވަރުގަދަ ޓީމެއްގެ ގ...
ތިލަދުން
ހދ.ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގެވަޅު ދޫކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމުގައި އެ ކައުންސިލުން ހާމަކޮށްފިއެވެ. ގެވަޅު ދޫކުރުމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު މި ނޫހަށް ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައި ވަނީ ހަނިމާދޫއިން މީހުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް އެދި ފޯމުލީ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރެވި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، އެ...
އިބްރާހިމް ޚަލީލް
ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރައިދާނީ ޤައުމުގެ ދަރިންގެ ހިތުގައި އޮންނަ ޤައުމީ ލޯބީގެ އާރޯކަމާއި ބަދަހިކަމާއި ވަރުގަދަކަމުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގައުމެއް، ގައުމެއްގެ ގޮތުގައި ކުރިއަރައިދާނީ ޤައުމަށް ކޮށްދެއްވިފައިވާ ޚިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުން ކަމަށެވެ. އަދި ޤައުމަށްޓަކައި ވަމުންދާ ދިފާއީ އަދި ޤައުމީ ޤުރުބާނީތަކާއި، ފިދާތަކުގެ މަތިވެރިކަމުގެ...
މުޙައްމަދު އަފްރާޙް
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރައްވަން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ނ. އަތޮޅަށް ކުރާ ދަތުރު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ގައެވެ. މި ދަތުރުފުޅުގައި ވަޑައިގަންނަވަނީ އެ އަތޮޅުގެ ކޮން ރަށްތަކަށްކަން އަދި ސާފެއް ނުވެއެވެ. އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް […]
ޔުމްނާ ޢަލީ
ކޮންމެ މީހަކީ ވެސް ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތައި، މުޖްތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފި އެވެ. ގައުމީ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭރުން އަޅުގަނޑުމެންނަކީ ފަޚުރުވެރި ޤައުމިއްޔަތެއްގެ މަތީގައި ސާބިތުވެ ތިބި ބަޔަކަށް ވެގެންދާނެ ކަމަށެވެ. އަދި ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި ހުންނަނީ އެންމެހައި ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި މުޖްތަމަޢުގެ ހަމަޖެހުމަށ...
މުޙައްމަދު އަފްރާޙް
ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި މިހާރު ކުރިޔަށްދާ ފިރިހެން ޑިވިޜަންގެ ދެވަނަ ސެމީގައި ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ސީ.އާރު.ސީ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ނޮޅިވަރަމް ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ސެޓް ފަސޭހަކަމާއެކު ނޮޅިވަރަމް ގެންދިޔައީ 25-15އިންނެވެ. ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ނޮޅިވަރަމް ގެންދިޔައީ 26-24 އިންނެވެ. ކުރީ ދެ ސެޓާ ހިލާފަށް 3 ވަނަ ސެޓް އަދި ހަތަރުވަނަ ސެޓް ގައި […]
އަލީ ރިޔާޟް
ލަލީގާގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނުމެޗުން ބާސާ މޮޅުވެއްޖެއެވެ. ވިލަރެއާލްއާއި ބައްދަލުކޮށް ބާސާއިން މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގައި ބާސާއިން ޖެހި ތިން ގޯލުވެސް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ބާސާގެ ދަނޑުގައި ކުޅުނު މެޗުން ފުރަތަމަ ގޯލުޖަހައި އެޓީމަށް ލީޑުނަގައިދިނީ ލެވަންޑޮސްކީ އެވެ. މި ގޯލު ލެވަންޑޮސްކީ ކާމިޔާބު ކޮށްދިނީ މެޗުގެ 31 ވަނަ މިނެޓުގައި ޖޯޑި އަލްބާގެ އެހީތެރިކަމާއެކުގައެވެ. ފުރަތަމަ ގޯލު ޖެހިތާ ހަތަރު މިނެޓުފަހުން ގަވީ ގެ އެހީތެރިކަމާއެކު މެޗުގެ ދެވަނ...
އަލީ ރިޔާޟް
ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި މިހާރު ކުރިޔަށްދާ އަންހެން ޑިވިޜަންގެ ދެވަނަ ސެމީގައި ފިނޭ ބަލިކޮށް ހަނިމާދޫ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ސެޓުތަށް ހަނިމާދޫއިން ގެންދިޔައީ، ފުރަތަމަ ސެޓް 25-23 ދެވަނަ ސެޓް 26-24 އަދި ތިންވަނަ ސެޓް 25-23 ން ނެވެ. މެޗުގެ މޮޅުކުޅުން ތެރިޔާއަށް ހޮވިފައިވަނީ ހަނިމާދޫ ޓީމުގެ ޖާރޒީ ނަމްބަރ 14 އައިޝަތު […]
އަލީ ރިޔާޟް
ހަނިމާދޫ އެއަރޕޯޓާއެކު އުތުރުގެ ޓޫރިޒަމަށް ވަރަށްބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ ކަންކަމުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ތިލަދުން” ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ ފަތުރުވެރިކަމާއި ޖުމްލަކޮށް މުޅި ސަރަހައްދު ތަރައްގީކުރުމުގެ ސަރުކާރުގެ ޕްލޭންތ...
މުޙައްމަދު އަފްރާޙް
ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކިއެކި ކަންކަން ހިންގުމާއި ތަޢާރުފު ކުރުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަލްފާޟިލް އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197) (ވައިކަރަދޫ ޝާޑު) އަށް ލިބިވަޑައިގެންފި އެވެ. މި އިނާމުތައް ދެއްވެވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤަ...
އަލީ އާދިލް
قال الله تعالى: وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ (އަލްޙައްޖު: 32) މާނައީ: “އަދި اللَّه ގެ ޝިޢާރުތަކަށް މާތްކޮށްހިތާމީހާ (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން، އެކަންތައްވަނީ، ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ.” މި ކަރުދާސްކޮޅުގައި މިވަނީ ވަރަށް މަތިވެރި އާޔަތެކެވެ. މި އާޔަތުގައި ވަނީ މާތް ﷲ ގެ ޝިޢާރުތައް މަތިވެރި ކުރާ މީހަކު އެކަން ކުރާނީ އޭނާ ހިތުގައި ހިނގާ ތަޤްވާވެރިކަމެއްގެ ސަބަބުން ކަމަށް ބަޔާންކުރައްވާފައެވެ. މި ކަރުދާސްކޮޅުގައި މިފަދައިން މާތް […]
ޝެއިޚް ޝަފީއު އަބްދުﷲ
އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް (ވޮލަންޓިއަރިޒަމް) ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ށ. ފުނަދޫ ރަބީޢުގެ، އަލްފާޟިލް ޢަބްދުﷲ ޢަލީ އަށް ލިބިވަޑައިގެންފި އެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ލިބިވަޑައިގެންނެވި […]
އަލީ އާދިލް
ސިޓީ ކައުންސިލްތަކުގެ މޭޔަރުން، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުން، އަދި ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނައި ސިވިލް ސަރވިސް ކޮމިޝަނުން ބައްދަލުކުރައްވައިފި އެވެ. ތިން ދުވަހަށް ބަހާލައިގެން އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި ބައްދަލުވުންތަކުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް، ނާއިބު ރައީސް، މެންބަރުން އަދި ސީނިއަރ މެނޭޖްމެންޓް ޓީމުގެ ބޭފުޅުން ނެވެ. މި ބައްދަލުވުމުގައި ސިޓީ ކައުންސިލް އިދާރާތަކާއި އަތޮޅު އަދި ރަށު ކައުންސިލް...
މުޙައްމަދު އަފްރާޙް
ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 29 ބޭފުޅަކަށާއި، 3 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ދެއްވާފަ ވެއެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެން...
ޔުމްނާ ޢަލީ
މާލޭ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުންނާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުން 25 އޮކްޓޯބަރުގައި ބޭއްވުމަށް ނިންމަވައިފި އެވެ. އެ ކައުންސިލުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ގަލޮޅުގައި ތަރައްޤީކުރާ ޕާކާއިގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާގަ އެވެ. މިއަދުގެ ޖަލްސާގައި މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މޫސުންތަންދޭނަމަ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ޞަލާޙުއްދީ...
މުޙައްމަދު އަފްރާޙް