އެއްވެސް މީހަކު ހުންނާނީ އަބަދު އޮންލައިން ފްރޯޑު ތަކާއި ސްކޭމް ކޯލްތަކަށް ތައްޔާރު ވެގެންނެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު ބަދަލުވާ ޚަބަރުތަކުގެ ސުރުހީތަކާއި އެއްގޮތަށް އެންމެ ތަންދޮރު އެނގޭ ޒުވާނާ އަދި ޓެކްނޮލޮޖީއަށް އަހުލުވެރިނޫން އުމުރުން ދުވަސްވީ މީހުންވެސް ވާ ވައްދާލެވޭ ގޮތްތައް ހޯދައިގެން ތަފާތުގޮގޮތް ގޮތައް އެކަން ކުރާމީހުން މަސައްކަތް ކުރާތީ އެވެ.
އެހެން ކަމުން މިހާރު އެކަކު އަނެކަކު ކައިރިން މައުލޫމާތު ހޯދައިގެން އެންމެން ފޯނާއި އޮންލައިން ފްރޯޑުތައް ދެނެގަންނާނެ ގޮތާއި ދެން އަމަލު ކުރާނެ ގޮތް އޮޅުން ފިލުވަން ޖެހެ އެވެ. އާއިލާގެ އެންމެންނާއި ރަހުމަތްތެރިންނަކީ މިފަދަ ހުރިހާ މައުލޫމާތު އެނގޭނެ ނުވަތަ އިންޓަނެޓް އެންމެ ރަނގަޅަށް ބޭނުން ކުރަން އެނގޭނެ މީހުންގެ ގޮތުގައި ގަބޫލު ނުކުރާށެވެ.
ބައެއް ފަހަރު މިފަދަ ސްކޭމްތަކުުގެ ދަލުގައި ޖެހޭ މީހުން ލަދުން އެ މައުލޫމާތުތައް ހިއްސާ ނުކޮށްވެސް ތިބެ އެވެ. އެ ފަދަ މީހަކު ހުރެދާނެ ކަމަށް ބަލައި ގާތް މީހުންނާއި ވާހަކަ ދައްކައި ތިއީ ހުރިހާ ކަމެއްގައި އެހީވެދޭނެ ލަދުގަންނަން ޖެހޭނެ މީހުންކަން ޔަގީންކޮށްދޭށެވެ. އެފަދަ މީހުންނަށް ވިސްނައިދޭންވީ ފްރޯޑާއި ސްކޭމް ކޯލްތަކުގެ ދަލުގައި ޖެހޭ މީހުންނަކީ މިފަދަ ކަންކަމުގައި ޒިންމާ ނަގަން ޖެހޭ މީހެއް ނޫންކަމެވެ.
މިފަދަ ފަރާތްތަކުގެ ދަލުގައި ކިތަންމެ މޮޅު މީހަކުވެސް ޖެހިދާނެ އެވެ.
ނުރައްކަލުން ސަލާމަތްވާ ސެޓިންތައް ބަދަލު ކުރުން:
އަމިއްލަ މީހާ އާއި ގާތް އެންމެންނަށްވެސް ހަނދާން ކޮށްދޭންވީ ތިންމަހުން އެއްމަހުނަމަވެސް، ލެޕްޓޮޕް އަދި ފޯނުގައި ސޭވް ކޮށްފައި ހުންނަ ޕާސްވޯޑުތައް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ އަދި އެކައުންޓު މައުލޫމާތުތަކުގެ ޕާސްވޯޑުވެސް ބަދަލު ކުރުމެވެ. ސޯޝަލް މީޑިއާ އެކައުންޓުތައް ކަމަށްވާ ފޭސްބުކް ނުވަތަ ޓުވީޓާ ފަދަ ވަސީލަތްތަކުގެ ޕްރޮފައިން ޕަބްލިކް ކޮށްފައި ބެހެއްޓުމުގެ ބަދަލުގައި ޕްރައިވެޓް ކޮށްފައި ބަހައްޓާށެވެ.
އެ އެކައުންޓުތަކުގައި ހުންނަ ލޮކޭޝަން އާއި ގުޅޭނެ ނަމްބަރު ފަދަ މައުލޫމާތުތައް އެހެން މީހުންނަށް ނުފެންނާނެ ގޮތް ހަދާށެވެ. ފޭސްބުކްގައި އަމިއްލަ ޕްރޮފައިލް އަދި ރައްޓެހިންގެ ލިސްޓު ފެންނާނެ މީހުންގެ އަދަދު ވަކި ހަމައެއްގައި ގެންގުޅޭށެވެ. އެ ސެޓިން ވަރަށް ފަސޭހައިން ފޭސްބުކްގައި ސެޓިންއަށް ގޮސް ބަދަލު ކޮށްލެވޭނެ އެވެ.
މެސެންޖާ ބޭނުން ކުރާ ފަރާތްތަކުން ޕްރޮފައިލް ޕްރައިވަސީ ހެދުން މުހިންމެވެ. އެގޮތުން މެސެޖު ޑެލިވަރީގެ މައުލޫމާތާއި މެސެޖު ރިކުއެސްޓުތައް އައުމުން ލިމިޓްކޮށް އަމިއްލަ މެސެންޖާއަށް ސީދާ މެސެޖު ކުރެވޭނެ ގާތްކަން ހުންނަ މީހުން ސެޓިންއިން ކަނޑައަޅާށެވެ. ހަމަ އެގޮތަށް ވަޓްސްއެޕްގައިވެސް އެޑްކުރެވޭނެ މީހުންނާއި ސްޓޭޓަސް އަދި ނަމާއި އެނޫންވެސް މައުލޫމާތުތައް ފެންނާނެ މީހުން ކަނޑައަޅާށެވެ.
ފޯނު ނަމްބަރުތައް ފޯނުގައި ރައްކާކުރާއިރު ދަންނަ އެންމެންގެ ނަމްބަރު ރައްކާ ކޮށްފައި ބެހެއްޓުމަށް އާދަ ކުރާށެވެ. އޭރުން އޮޅިގެންވެސް ނުދަންނަ ނަމްބަރެއް އެހެން މީހެއްގެ ނަމްބަރާއި ވައްތަރުވެގެން ފޯނު ނެގުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ނުދަންނަ ނަމްބަރަކުން ގުޅަނީ ކާކުކަން ޔަގީން ކުރުމަށް ޓުރޫ ކޯލަރ ފަދަ އެޕްލިކޭޝަންތައް އަޅާށެވެ.
ސްކޭމް ކުރާ މީހުން ބޭނުންކުރާ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުން:
ސްމޭކް ކުރާ މީހުން އެންމެ ލޯބި ކުރާ ކަމަކީ އެ ގައުމެއްގައި ނުުވަތަ ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ ކަމާއި އެފަދަ ފްރޯޑުތައް ގުޅުވާލުމެވެ. މިސާލަކަށް މިހާރަށް ބަލާނަމަ ރާއްޖެއިން ގެދޮރުވެރިކަމުގެ މަޝްރޫއަކުން ގޯތި ނުވަތަ ފްލެޓު ލިބުން ހިމެނެ އެވެ. ދުނިޔޭގެ މަޝްރަހުން ޔޫކްރެއިނަށް އެހީވުން، ކޯވިޑްގެ ޕެންޑަމިކް، އަދި އެމެރިކާގައި ނަމަ އެ ގައުމުގެ ރައީސް އިއުލާނު ކުރެއްވި ސްޓޫޑެންޓު ލޯނަށް ހޮވުނު ކަމަށްބުނެ މެސެޖު ކުރުން ހިމެނެ އެވެ.
މިފަދަ ސްކޭމަރުން ބޭނުންކުރާ އެންމެ ފަހުގެ މައުލޫމާތު އެނގުމަށް "ފްރޯޑް ޑޮޓް އޯގް" އިން ވަރަށް ބޮޑު އެހީއެއް ވެދެ އެވެ. އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސ) އަކީވެސް މިފަދަ އެލާޓުތައް ދިނުމާއި ފްރޯޑުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާ އިދާރާއެކެވެ.
ގުޅާ މީހާ ނުވަތަ ފަރާތް ޔަގީން ކުރުން:
ސްކޭމަރުން ގުޅުމަށް ފަހު މިއީ އެވެނި މީހެކޭ ނުވަތަ މިވެނި ކުންފުންޏަކުންނޭ ބުނުމުން އަބަދުވެސް އެއީ ހަމަ އެމީހާއަށް ނުވަތަ އެ ކުންފުންޏަށް ވެދާނެތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. ދެން އެހެން ގޮތަކުން ގުޅި ފަރާތް ޔަގީން ކުރުމުގެ މަސައްކަތް ފަށާށެވެ. އެންމެ އަވަސް ގޮތަކީ ސަރުކާރު ހުއްދަކުރާ ކުންފުނިތައް ނުވަތަ ޓެލެފޯންގެ ހިދުމަތްދޭ ކުންފުންޏެއްގެ ޑައިރެކްޓްރީ މެދުވެރިކޮށް ޔަގީން ކުރެވޭތޯ ބެލުމެވެ. ނޫންނަމަ އާއިލާ ނުވަތަ ގާތް ރަހުމަތްތެރިއެއްގެ ކައިން މައުލޫމާތު އަވަހަށް ޔަގީން ކުރާށެވެ.
ގިނަފަހަރަށް އޮޅުވާލައިގެން ގުޅާ ފަރާތްތަކުގެ މަޅީގައި ބެދެނީ، ރައްޓެއްސަކަށް ނުވަތަ ތިމާގެ މީހަކަށް ވެގެން ގުޅާ ފަރާތާއި މެދު ޝައްކު ވިޔަސް އެއީ އެފަރާތްކަން ޔަގީން ކުރުމަށް އިތުރު ސުވާލު ނުކުރުމެވެ. ގުޅާ މީހާ އާއި އިތުރު ސުވާލު ކުރުމަށް ޖެހިލުން ނުވާށެވެ. އިތުރަށް ޔަގީން ކުރުމަށް ކުރިން ދިމާވެފައިވާ މީހެއް ނުވަތަ ކަމެއްގެ ވާހަކަ ދައްކާލުމުން އެއީ އަސްލު މީހާ ކަން ޔަގީން ވާނެއެވެ. އަސްލު މީހާކަން ކަށަވަރު ކުރުމުގެ ކުރިން އަމިއްލަ އެހެން ވާހަކަތައް ހިއްސާނުކުރާށެވެ.
ފޯނަށް ޖަވާބު ނުދިނުން، ލިންކް ތަކަށް ކްލިކް ނުކުރުން އަދި މެސެޖުތަކަށް ޖަވާބު ނުދިނުން:
ޝައްކުވާ ފަރާތްތަކުގެ ފޯންކޯލުތަކަށް ޖަވާބު ނުދޭށެވެ. ޝައްކުވާ ވާހަކަ އެއް މެސެންޖަރ އިން ދައްކާނަމަ އެމީހާގެ ފޯނު ނަންބަރަށް ގުޅާ ވާހަކަ ދައްކާށެވެ. ޝައްކުވާ ލިންކުތަކަށް ނުފިތާށެވެ.
ސްކޭމް ނުވަތަ ފްރޯޑާއި ވީހާވެސް ދުރުން އުޅެވޭތޯ ބަލާށެވެ. އެކަމާއި މެދު ވަރަށް ހައިރާންވެ ހަގީގަތް ބަލަން ބޭނުންވެސް ވެދާނެ އެވެ.
ރުންކުރުކޮށް ޖަވާބުދޭން ބޭނުން ނުވާނަމަ ހަދާނެ ގޮތް:
ބައެއް މީހުންނަކީ ނުދަންނަ މީހަކު ގުޅިޔަސް ރުޅި އައިސް ރުންކުރުކޮށް ޖަވާބު ނުދީ ވާނެ ގޮތަކަށް ކަންތައް ކުރާށެވެ. އެފަދަ މީހުންނަށް ގުޅާ މީހުންނަށް ދެވޭނެ އެންމެ ރަނގަޅު ޖަވާބަކީ އެފަދަ ފަރާތެއް ނުދަންނަ ކަމަށް ނުވަތަ މުއާމަލާތް ކުރަން ބޭނުން ނުވާ ކަމަށް ބުނެ ޝުކުރު އަދާކޮށްފައި ފޯނު ބޭއްވުމެވެ. އިތުރު ކަމެއްގެ ގޮތުގައި ގުޅާ ނުވަތަ އީމެއިލް އަދި އެސްއެމްކުރާ މީހުންނަށް އިސްވެ އެއްވެސް ވާހަކަ އެއް ނުދައްކާށެވެ.
ވަގުތު ގިނަވެގެން އުޅޭ މީހުންނާއި ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ނަގާނުލާށެވެ.
އިތުރު ކަންކަން:
ކަމެއް ކާމިޔާބު ކުރެވިއްޖެ ކަމަށް ބުނެ މިހާރު އަންނަ އެއްވެސް މެސެޖެއް ނުވަތަ އީމެއިލްއެއް ގަބޫލު ނުކުރާށެވެ. އަދި ސްކޭމަރުންނާއި ވާހަކަ ދައްކާއިރު ހިތް އަވަސް ނުވާނެ ގޮތަކަށް ވަރަށް ހަމަޖެހިލައިގެން ހުރެ ވާހަކަ ދެއްކޭތޯ ބަލަން ވާނެ އެވެ.
ފްރޯޑު ހިންގާ މީހުން ބޭނުންވާނީ ވަރަށް އަވަހަށް ފައިސާގެ މުއާމަލާތް ނިމޭނެ ގޮތެކެވެ. އެ މީހުން އެންމެ ގިނައިން ބޭނުން ކުރަނީ ޕިއާ ޕިއާ ޕޭމަންޓް އެޕްސް އެވެ. އެފަދަ އެޕްތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ބޭނުން ކުރާ ޕޭޕަލް ހިމެނެ އެވެ. ޕޭޕަލް ފަދަ އެކައުންޓުތަކުގައި އެއްފަހަރު އެމީހެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ރައްކާ ކުރެވުމުން އެއްވެސް އިތުރު އާ ހުއްދައެއް ނެތި ފްރޯޑު ހިންގާ މީހުންނަށް އެކައުންޓުން ފައިސާ ޓްރާންސްފާ ކުރެވޭނެ މަގު ފަހިވެފައި އޮވެ އެވެ.
މީގެ އިތުރުން މިހާރު އެކައުންޓުގައި ހުންނަ ފައިސާ ނެގުމަށް މޮޅު އެހެން ގޮތެއްވެސް ސްކޭމަރުން ގެންގުޅެ އެވެ. އެއީ މީހުންގެ ޒާތީ މައުލޫމާތު އެއްކުރުމެވެ. އޭގެ ބޭނުމަކީ ފަހުން އެ މައުލޫމާތުގެ ބޭނުން ހިފައިގެން ފައިސާ ހޯދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!