ކެންސަރު ޖައްސާ ކެމިކަލެއް އެކުލެވޭތީ 1.5 މިލިއަނެއްހާ ޕްރޮޑަކްޓް، ބޭނުންކުރުމާއި ވިއްކުން ކެނެޑާގައި މަނާކޮށްފި އެވެ.

ކެނެޑާގެ ހެލްތް ޑިޕާޓްމެންޓުން ބުނީ އެ އުފެއްދުންތަކުގައި ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލެއް ކަމަށްވާ ބެންޒީން ހިމެނޭ ކަމަށެވެ. އެ ގައުމުގެ ހެލްތް އެމަޖެންސީން އެކުލަވާލައި އާންމު ކުރި ލިސްޓުގައި ޝޭންޕޫ، ތެޔޮ، ހެއާ ކްރީމް، ހެއާ ކޮންޑިޝަނާ ފަދަ އިސްތަށިގަނޑަށް ހާއްސަ ގިނަ އުފެއްދުންތައް ހިމެނެ އެވެ.

Ad
rt

އޭގެ ތެރޭގައި ހިމެނެނީ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ ޑޮވް، ބެޑް ހެޑް ޓީއައިޖީއައި އަދި ޓްރޭސީމީގެ އުފެއްދުންތަކެވެ. އެ ޑިޕާޓްމެންޓުން ވަނީ އެ ބްރޭންޑުތަކުގެ އެފެއްދުންތަކުގެ ތެރެއިން އެ ކެމިކަލް އެކުލެވޭ އުފެއްދުންތަކެއް ލިސްޓެއް އާންމުކޮށް ވަގުތުން ބޭނުން ކުރުން ހުއްޓާލުމަށް އަންގާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ދެ އަހަރު ތެރޭގައި އެ އުފެއްދުންތަކުގެ 1،574،526 ފުޅި ނުވަތަ ދަޅު ކެނެޑާގައި ވިއްކާފައިވެ އެވެ.

ކެނެޑާގެ ސިއްހީ މާހިރުން ކުރި ދިރާސާއިން ދެއްކި ގޮތުގައި އެ އުފެއްދުންތަކުގައި އެކުލެވިގެންވާ ބެންޒީންގެ އަސަރު ފަސޭހައިން ބޮލުގެ ހަންގަޑުގެ ތެރެއަށް ވަދެގެން ދާ ކަމަށެވެ. އޭގެ ސަބަބުން ލޫކީމިއާ އާއި ލޭގެ ކެންސަރަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމަށް ބުނެފައިވެ އެވެ.

ބްރެޒިލްގެ ސިއްހީ އިދާރާއިން ހާމަކުރި މި މައުލޫމާތާއި ގުޅިގެން މި ބްރޭންޑުތައް އުފައްދާ ޔޫނިލެވާ އިން ބުނީ އެފަދަ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.