"ލޭ ހަދިޔާ ކުރާ މީހުންގެ ދަފްތަރެއް" ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާއިން އެކުލަވާލަން ނިންމައި، އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައިވާ ގޮތުގައި މިއީ އެކިއެކި ބަލިތަކާއި ގުޅިގެން ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު، ލޭ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދިނުމުގެ ގޮތުން އެކުލަވާލާ ދަފްތަރެކެވެ.

Ad
rt

އެ ކައުންސިލުން ވިދާޅުވެފައިވަނީ ލޭ ހަދިޔާ ކުރުމުގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މި އޮކްޓޯބަރ މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ރެޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

ލޭ ހަދިޔާ ކުރުމުގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން https://kulhudhuffushicity.gov.mv/2022/10/10546/ ލިންކް އިން ރެޖިސްޓްރީ ކުރެވޭނެ އެވެ.

ރާއްޖޭގައި އެކިބަލިތަކާއި ގުޅިގެން ނުވަތަ ދިމާވާ އެކި ހާދިސާތަކާއި ގުޅިގެން ލޭ ހޯދުމަށް ގިނަ ފަރާތްތަކުން އެދެމުން ދިޔަނަމަވެސް އެކަމަށް ދިމާވާ އެންމެބޮޑު ދައްޗަކީ ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ލޭ ހޯދުމުގައި ހުރި ގޮންޖެހުން ތަކެވެ.

ހާއްސަކޮށް ތެލެސީމިއާ ބަލީގެ ކުދިންނަށް ލޭ ހޯދުމަށް އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ނެވެ.

މީގެ ކުރިން ހދ. އަތޮޅު ކައުންސިލުންވެސް ލޭ ހަދިޔާކުރުމަށް ދަފްތަރެއް އެކުލަވާލި އެވެ.