ޗާގޮސްގެ މައްސަލައިގާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ. މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މި މައްސަލަ ބަލައިގަތީ 54 މެންބަރުން ވޯޓާއެކުގަ އެވެ. މި މައްސަލަ ބައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަންޏެވެ. ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭފަދަ ގޮތަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުނުކުރުމަށް ސަރުކާރަށް ގޮވާލާ ޗާގޮސްގެ މައްސަލައިގައި، ރައްޔ...
މުޙައްމަދު އަފްރާޙް
ގްލޯބަލް ޕާޓްނަޝިޕް އިން އެޑިއުކޭޝަން (ޖީޕީއީ) ގެ ބޯޑު މެންބަރުކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހޮވިވަޑައިގެންފި އެވެ. އެކަމަނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ބޯޑަށް ހޮވިވަޑައިގަތީ އޭޝިއާ އަދި ޕެސިފިކް ރީޖައިން ތަމްސީލުކުރުމަށް ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޖީޕީއީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޖީޕީއީއަށް ނަން ހުށަހެޅުމުން، އެ އިދާރާގެ ސެކްރެޓޭރިއޭޓުން އެ ނަމެއް އޭޝިއާ ޕެސިފިކް ދާއިރާގެ މެންބަރު ގައުމުތަކުގެ ތާއީދު ލިބޭތޯ ބަލަން...
މުޙައްމަދު އަފްރާޙް
ފ. އަތޮޅުގެ މައްސަލައިގާ ނުކުންނެވީ ރައީސް ޔާމީން ވީމައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. އީވާ މިފަދައިން ވިދާޅުވީ ޗާގޯސް މައްސަލައިގައި، އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. މި މައްސަލައަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު […]
މުޙައްމަދު އަފްރާޙް
2022 ވޯލްޑް ކަޕްގައި ގްރޫޕް ބީގައި ހިމެނޭ އިންގްލެންޑަކީ ޔޫރަޕް ފުޓްބޯޅައިގައި ވެސް އަދި ދުނިޔޭގެ ފުޓްބޯޅައިގެވެސް ވަރުގަދަ ބާރެކެވެ. އިންގްލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެއްގައި ވާދަކުރީ 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު މުބާރާތުގައެވެ. ފީފާގެ މެބްބަރަކަށް ވުމަށް ފަހު އިންގްލެންޑް އެންމެ ފުރަތަމަ ކުޅުނު ބައިނަލްއަޤުވާމީ މުބާރާތަކީ ވެސް މިއީއެވެ. މި މުބާރާތުގެ ގުރޫޕް ސްޓޭޖުން އިންގްލެންޑް ކެޓިއެވެ. ޖެހިގެން އައި ތިން މުބާރާތުގައި ވެސް އިންގްލެންޑް ކެތީ ގުރޫޕް ސްޓޭޖުންނެވެ. […]
ތިލަދުން
ޤާޟީ ޙަސަން ފަހީމް އިބްރާހީމަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން މިއަދު ވިދާޅުވީ، ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމް އާއި ބެހޭގޮތުން އެ ކޮމިޝަނުން މައްސަލަތަކެއް ތަޙްޤީޤުކޮށްފަ ވާކަމަށެވެ. އަދި ތިން މައްސަލައެއްގައި ޤާޟީ ހަސަން ފަހީމް އިބްރާހީމް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، ޤާޟީގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތްކަމަކަށް މައްސަލަތައް ތަޙްޤީޤުކުރި ތަޙްޤީޤު ކޮމިޓީގެ މެމްބަރުންނަކަށް ނުފެންނަކަމަށް ޖޭއެސްސީން ވިދާޅުވެފަ ވެ...
އަލީ އާދިލް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ލެވަންޑޯސްކީ ބިލްބާއޯގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޑެމްބެލޭއެވެ. […]
އިބްރާހިމް ޚަލީލް
ހދ. އަތޮޅުކައުންސިލް ވޮލީމުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބް (ނޮޅިވަރަމް ސީއާރުސީ) އަށް ލިބުނު ފައިސާގެ އިނާމު ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް ހަދިޔާކޮށްފިއެވެ. މި މިބާރާތުގެ ޗެޕްޕިއަންކަން ހޯދި ނޮޅިވަރަމް ސީއާރުސީއަށް ފައިސާގެ އިނާމުގެ ގޮތުގައި 20،000 ރުފިޔާ ވަނީ ލިބިފައެވެ. ނޮޅިވަރަމް ކައުންސިލުން ވިދާޅުވި ގޮތުގައި ނޮޅިވަރަމް ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް އެފައިސާ ސްކޫލަށް ހަދިޔާ ކުރަން އެ ކްލަބުން...
ޙުސައިން ޝަހުދީ
ގޭންގު ކުށްތަކާ ދެކޮޅަށް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަ...
މުޙައްމަދު އަފްރާޙް
ދަނޑުވެރިކަން ކުރުމަށް ހދ. ހަނިމާދޫއިން ފަސް އަހަރުގެ މުއްދަތަށް ދަނޑުބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ ހަނިމާދޫގެ ލޭންޑްޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ޚާއްޞަކުރެވި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުން ދަނޑުވެރިކަން ކުރުމަށް 5000 (ފަސްހާސް) އަކަފޫޓުގެ 50 (ފަންސާސް) ބިން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ އިޢުލާނާއިއ...
އިބްރާހިމް ޚަލީލް
ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމުގެ ދަށުން ޖަޕާނުން، އދ. އޮމަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް 80،731 އެމެރިކާ ޑޮލަރު (1.2 މިލިއަން ރުފިޔާ) ހިލޭ އެހީ ފޯރުކޮށްދީފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އޮމަދޫ ސްކޫލަށް އެހީ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ. އޮމަދޫ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ، އެ ސްކޫލުގެ […]
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުން ބައެއް، ފޯޅަވަހީގެ ސަރަހައްދުގެ ތެރޭގައި ހިމެނޭކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިއުވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް އިންޓެނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމާއި، މޮރިޝަސްއިން ފޯޅަވަހީގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ހިސާބު، ރާއްޖޭގެ އިގްތިސާދީ ސަ...
ޔުމްނާ ޢަލީ
އއ. މާޅޮސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ ނޮވެމްބަރު 10، 2022 ގައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ 41 އިންސައްތަ ވަނީ ފުރިހަމަ ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 394 މީޓަރުގެ އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ބޭރުތޮށި […]
އަޙްމަދު ވަހީދު
ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބިލެތްފައްސާއި ފޯކައިދޫއެވެ. މި މެޗު 10 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ބިލެތްފައްސެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބިލެތްފަހީ […]
އިބްރާހިމް ޚަލީލް
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން މިރޭ ދީފި އެވެ. ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ އެވޯޑް ހާސިލުކުރި މީހުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑު 10 ފަރާތަކަށް ދީފައިވާއިރު، ފަންނުވެރިކަމުގެ ދާއިރާއިން އެވޯޑު ލިބިލެއްވީ ހދ. ވައިކަރަދޫ، ހިސާން، އަބުދުﷲ ޝަފީއު (އަބޯ) އަށެވެ. އަދަދު ނޫހުގެ ވިޝުއަލް އެޑިޓަރެއްގެ މަގާމު އަދާކުރައްވާ ޝަފީއު އަކީ ބޮޑު އަކުރު […]
މުޙައްމަދު އަފްރާޙް
އުތުރުގެ ތިން އަތޮޅު ކަމުގައިވާ، ހއ، ހދ އަދި ށ ގައި ތިބި ޔަންމާ އަދި ސުޒުކީ އިންޖީނު ބޭނުންކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން ނިންމައިފި އެވެ. އުތުރުގެ ބައެއް ކައުންސިލްތަކުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ މިއީ އެމްޓީސީސީ ގެ ފަރާތުން ބާއްވާ މި ތަމްރީނު ޕްރޮގްރާމު ފެށުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރ މަހު ކަމަށެވެ. އެ ތިން އަތޮޅުގައި ތިބި ޔަންމާ އަދި […]
މުޙައްމަދު އަފްރާޙް
ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަަޝްރޫއުގެ ދަށުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫގެ 51 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެގޮތުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު ރިވެޓްމެންޓް މަސައްކަތުގެ 93 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށު ް މިހާރު ކުރިއަށްދަނީ...
އަޙްމަދު ވަހީދު
ލޯބިވެރިޔާ ކޮށްދިން ކަންތައްތަކާއި ދިން ހަދިޔާ އާއި ފައިސާ އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ކޯޓަކުން ކޮށްފައިވާ ހުކުމެއް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ލ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ލ. ގަމު މެޖިސްޓްރޭޓަށް މައްސަލަ ހުށަހެޅީ އޭނާގެ ކުރީގެ ލޯބިވެރިޔާއާ ގުޅިގެން އުޅުނު މުއްދަތުގައި އެކަކު އަނެކަކަށް ކޮށްދިން ކަންތައްތަކާއި ދިން ހަދިޔާ އާއި ފައިސާތައް އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އެ ކޯޓުން ހުކުމްކުރީ ވެސް އެގޮތަށެވެ. އަންހެން މީހާ އެ މައްސަލަ […]
ހުސައިން ހަބީބް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބިލު ނުދައްކާތީ، އެ ޖަމިއްޔާ ހިންގާ މައި މަރުކަޒު، އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލައިފިއެވެ. ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެފްއޭއެމުން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި އެ ފައިސާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާފައިވާ ކަަމަށާއި ނަމަވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ […]
އަޙްމަދު ވަހީދު