ފުރައިޓް ފޯވާޑިންގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އިރު ވަކި ވަކި ފަރުދުންގެ އަމިއްލަ ބޭނުމާއި ވިޔަަފާރި ބޭނުމަށް ކަނޑުމަގުން ޗައިނާއިން މުދާ ގެނައުމަށް ޚިޔާރު ކުރަންވީ ބެސްޓް ބަޑީއެވެ.

މީގެ ސަބަބުތައް ބައިވަރެއެވެ. މިގޮތުން ކިތައްމެ ކުޑަ ޕެކޭޖެއްވެސް ބެސްޓް ބަޑީ މެދުވެރިކޮށް ޗައިނާއިން ގެނެސްދިނުމުގެ ޚިދުމަތް ބެސްޓްބަޑީން ފޯރުކޮށްދެއެވެ. މި ގޮތަށް މުދާ ގެނެސްދޭ ގިނަ ފަރާތްތަކުން މަދުވެގެން 1 ސީ.ބީ އެމް ގެ މުދާ ގެންނަން ޝަރުތުކުރެއެވެ. އެއަށްވުރެ މަދުން ކަސްަޓަމަރު މުދާ ގެންނަން ބޭނުންވިޔަސް 1 ސީ.ބީ އެމް އަށް ފުރައިޓް ޗާޖަސް ނަގައެވެ.

Ad
rt

ނަމަވެސް ބެސްޓް ބަޑީ މެދުވެެރިކޮށް ޗައިނާއިން މުދާ ގެންނަނަމަ ކިތައްމެ ކުޑަ އައިޓަމެއްވެސް ގެނެވޭނެއެވެ. އަދި އެމަދަލަށް ފުރައިޓް ނަގާނީ ސީ.ބީ އެމް ގެ ރޭޓުން ޖެހޭ މިންވަރެވެ. މާނައަކީ ކުދި ކުދި ޕެކޭޖްތަކަށް ނަގާ ޗާރޖަސް ކުޑަވާނެއެވެ. އޮންލައިންކޮށް މުދާ ގަނެގެން އަމިއްލައަށް ޝިޕްކުރުމަކީ ޚަރަދު ބޮޑު އަދި ވަރަށް ގިނަ ތަކުލީފްތަކާ ކުރިމަތިލާން ޖެހޭކަމެކެވެ. މިކަމަށް ބެސްޓް ބަޑީ އިން މިވަނީ ބެސްޓް ހައްލެއް ހޯދައިދީފައެވެ.

ބެސްޓް ބަޑީ މެދުވެރިކޮށް، ޗައިނާއިން މުދާ ގެންނަން ބޭނުންނަމަ ގަންނަން ބޭނުންވާ މުދަލުގެ ކޯޓޭޝަން ހޯދުމަށްފަހު އެ ކޯޓޭޝަން ބެސްޓް ބަޑީއަށް ފޮނުވައިގެން މުދާ ގެނައުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނެއެވެ. މިގޮތަށް ކޯޓޭޝަން ބެސްޓް ބަޑީ އާއި ހަވާލުކުރުމުން ސެލަރ އަތުން މުދާ ގަނެ، ރާއްޖެއަށް ގެނައުމުގެ ހުރިހާ ކަމެއް ކުރާނީ ބެސްޓް ބަޑީއިންނެވެ.

މީގެ އިތުރުން ކަސްޓަމަރު އަމިއްލައަށް އޮންލައިންކޮށް މުދާ ގަތުމަށްފަހު ޗައިނާގެ ފޯޝަންގައި ހުންނަ ބެސްޓް ބަޑީގެ ވެއަރހައުސް އަށް މުދާ ފޮނުވުމުން އެ މުދާ ރާއްޖެައަށް ގެނެސް ކަސްޓަމަރާ ހަމައަށް އެމުދާ ފޯރުކޮށްދިނުމުގެ ހުރިހާ ޚިދުމަތެއްވެސް ބެސްޓްބަޑީން އަންނަނީ ދެމުންނެވެ.

ޕެކޭޖުތައް ވެއާހައުސްއަށް ފޮނުވާއިރު ކަސްޓަމަރުގެ ނަމާއި ފޯނު ނަންބަރު ކިޔަން އެނގޭގޮތަށް ޕެކޭޖުގެ ބޭރުގައި ލިޔެފައި ބަހައްޓަން ޖެހޭނެއެވެ. އަދި މުދާ ފޮނުވާއިރު އޭގެ އިންވޮއިސް އާއި ޕެކިން ލިސްޓް އީމެއިލް މެދުވެރިކޮށް ބެސްޓް ބަޑީއަށް ފޮނުވަން ޖެހޭނެއެވެ. ޕެކޭޖުތައް ވެއާ ހައުސްއަށް ލިބުމުން އެ ޕެކޭޖުތައް ރާއްުޖެއަށް ގެނައުމުގެ މަސައްކަތް ބެސްޓް ބަޑީއިން ކުރާނެއެވެ. އެގޮތުން، މުދާ ލޯޑު ކުރުމުގެ އެއް ދުވަސް ކުރިން ކަސްޓަމަރަށް މުދާ ލޯޑު ކުރާކަން އަންގާނެއެވެ. އަދި މުދާ ލޯޑު ކުރުމަށްފަހު މުދާ ގެންނަ ކޮންޓެއިނަރުގެ ޓްރެކިން ކަސްޓަމަރުންނާ ބެސްޓް ބަޑީއިން ހިއްސާކުރާނެއެވެ

މުދާ ރާއްޖެއަށް އައުމަށްފަހު މުދާ ކްލިއާ ކުރުމުގެ ހުރިހާ ކަމެއް ކުރާނީ ވެސް ބެސްޓް ބަޑީއިންނެވެ. މިކަމަށް ކަސްޓަމަރުން އަތުން އެއްވެސް ޗާޖެއް ނުނަގާއިރު ކަސްޓަމަރުން ދައްކަން ޖެހޭނީ ކަސްޓަމްސް ޑިއުޓީ އާއި ރެވެނިއު ފީއެވެ.

ބެސްޓް ބަޑީއިން ކޮންޓެއިނާ އާއްމުކޮށް ކްލިއާ ކުރާނީ ކުޅުދުއްފުށީ ޕޯޓަށެވެ. އެ ޕޯޓުން މުދަލުގެ ޖުމްލަ ޑިއުޓީން 50 އިންސައްތަ ޑިސްކައުންޓް ލިބޭއިރު މުދާ ކްލިއާ ކުރުމަށްފަހު ކަސްޓަމަރާ ހަމައަށް މުދާ ފޯރުކޮށްދެވެންދެން އެއްވެސް ފީއެއް ނުނަގައި ކުަަޅުދުއްފުށީގައި ހުންނަ ބެސްޓް ބަޑީގެ ގުދަނުގައި އެއް މަސް ދުވަހުގެ މުއްދަތަކަށް މުދާ ބަހައްޓައިދޭނެއެވެ. ކުޅުދުއްފުށިން މާލެއަށް ފޮނުވަން ޖެހޭ މުދާ ކަސްޓަމަރު ބުނާ އޮޑިއަކަށް ބެސްޓް ބަޑީން ޑެލިވަރީކޮށްދޭނެއެވެ.

ކިތަންމެ މަދު މުދާ ކަމަށްވިޔަސް އަދި ކިތަންމެ ގިނަ މުދާ ކަމަށްވިޔަސް ކަސްޓަމަރުންނާ ހަމައަށް ރައްކާތެރިކަމާއެކު އެ މުދާ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ބެސްޓް ބަޑީއިން ދެއެވެ. ބެސްޓް ބަޑީ މެދުވެރިކޮށް މުދާ ގެނައުމަށް 9417856 އަށް ވަޓްސްއެޕް މެދުވެރިކޮށް މެސެޖް ކުރެވޭނެއެވެ.