ލޯބިވެރިޔާ ކޮށްދިން ކަންތައްތަކާއި ދިން ހަދިޔާ އާއި ފައިސާ އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ކޯޓަކުން ކޮށްފައިވާ ހުކުމެއް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ލ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ލ. ގަމު މެޖިސްޓްރޭޓަށް މައްސަލަ ހުށަހެޅީ އޭނާގެ ކުރީގެ ލޯބިވެރިޔާއާ ގުޅިގެން އުޅުނު މުއްދަތުގައި އެކަކު އަނެކަކަށް ކޮށްދިން ކަންތައްތަކާއި ދިން ހަދިޔާ އާއި ފައިސާތައް އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އެ ކޯޓުން ހުކުމްކުރީ ވެސް އެގޮތަށެވެ.

Ad
rt

އަންހެން މީހާ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލްކުރީ އިހްތިސާސް ނެތް ކޯޓަކުން އެ މައްސަލަ ބަލާފައިވާތީ އެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ގާނޫނު އޮންނަ ގޮތުން އެ މައްސަލަ ބަލަން ޖެހޭނީ ލ. ފޮނަދޫ ކޯޓުން ކަމަށެވެ.

އެކަމަކު ގަމު ކޯޓުން އެ މައްސަލަ ބަލާފައިވާތީ އެއީ އެ ކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ލޯބިވެރިޔާ ދީފައި ހުރި ހަދިޔާ އާއި ފައިސާތައް އަނބުރާ ދޭންޖެހޭނެ ކަމަށް ކޯޓުތަކުން ކުރިން ކޮށްފައިވެ އެވެ.

އެފަދަ މައްސަލަތަކުގައި ފައިސާ ހޯދަން ދައުވާ ކުރަނީ އަންހެން މީހާ އެވެ. މިއީ އެފަދަ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ފިރިހެނަކު އިސްވެ ހުރެ ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.