އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދިޔަ “ފުޓްބޯޅަ ފޯރި” ކެމްޕޭނުގެ ދަށުން ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗެއް ބަލާލަން ގަތަރަށް ދާ މީހުންގެ ގުރުއަތު ނަގައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހަތަރު ކަސްޓަމަރުންނަށް އުރީދޫއިން ވަނީ ފުރުސަތު ދީފައެވެ. އެގޮތުން ގުރުއަތުން ހޮވުނީ:

Ad
rt
  • މަރިޔަމް ޝަބްނަމް
  • އަހުމަދު ޝިހާމް
  • ހާފިޒް ސައީދު
  • ސަމަރަތުނަ ޔޮގާޑޭ

މި ޕްރޮމޯޝަނުގައި އުރީދޫގެ ކުރީގެ ކަސްޓަމަރުންނާއި އަލަށް ގުޅުނު ކަސްޓަމަރުންނަށް ވެސް ފުރުސަތު ހުޅުވާލިއެވެ. މި ފުރުސަތުގެ ދަށުން ގުރުއަތު ނަގާފައިވަނީ ރޭ 11:00 ގައި ރާއްޖެޓީވީ މެދުވެރިކޮށެވެ.

އުރީދޫ އިން ބުނެފައިވާ ގޮތުގައި ނަސީބުވެރި ހަތަރު މީހުންނަށް ގަތަރުގެ ދެކޮޅު ޓިކެޓާއި ހުރުމާއި ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއްގެ ޓިކެޓް ލިބޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ ފީފާ ވާލްޑް ކަޕްގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑާ އެވެ. ވޯލްޑް ކަޕުގައި ކުޅޭ 64 މެޗުގެ ލައިވް ފީޑް ދުނިޔޭގެ ހުރިހާ ގައުމަކަށް ފޮނުވުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ. އަދި ވޯލްޑް ކަޕުގެ މެދުއިރުމައްޗާއި އެފްރިކާ ބައްރުގެ ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓަރަކީ ވެސް އެ ކުންފުންޏެވެ.