އިންފަންޓީނޯ މަގާމުން ވަކިކުރުމަކީ ހެދޭނެ "ބޮޑު ގޯހެއް": ޓްރަމްޕް
ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ވަކިކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، އިންފަންޓީނޯއާ ދެކޮޅަށް ފިފާގެ ތެރޭގައި ޕްރެޝަރުތަކެއް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އިންފަންޓީނޯއަށް ޓްރަމްޕް ތާއީދު ކުރައްވާފައި މިވަނީ، ޔޫއެފާ، ކޮންކާކަފް އަދި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) ގުޅިގެން ނެރުނު ބަޔާނެއްގައި، އިންފަންޓީނޯ “އޮޅުވާލުންތަކެއްގެ” ތެރެއިން އިތުބާރު ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައި...