ކުޅުދުއްފުށި ސިޓީގެ އުތުރު ބަދަނރު ސަރަހައްދުގައި ވަގުތީ ޖާގައިގައި ހިންގަމުންދިޔަ ބަނދަރު އޮފީސް، މިހާރު ވަނީ ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކަށް ބަދަލުކޮއްފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި އޮފީސް ޒަމާނީކޮށް ތަރައްގީކޮށްފައި ވަނީ ޚިދުމަތް ދިނުމަށް ޚާއްޞަ ކައުންޓަރަކާއި، އޮފީސް ބަޔަކާއި އަދި ގުދަނެއް ހިމެނޭގޮތަށެވެ.
ކުޅުދުއްފުށީ ސިޓީއަކީ ގިނަ ޚިދުމަތްތަކެއް ގާއިމުވެފައިވާ އުތުރުގެ ވިޔަފާރީގެ ވެސް މައި ހަބުކަމުން އެ ސިޓީއަށް ޚިދުމަތްތައް ހޯދަން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަތުރުކުރެއެވެ. އެހެންކަމުން މިފަދަ އޮފީހެއް ގާއިމުކޮށް އެ އިމާރާތުގައި ޚާއްޞަ ޓެރަހެއް ހިމަނައި، ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމަކީ ދަތުރުވެރިންނަށާއި، ކުޅުދުއްފުށީގެ އުތުރު ބަނދަރުން ޚިދުމަތް ހޯދާ މީހުންނަށް ރައްކާތެރިކަމާއި ފަސޭހަކަން ލިބިދޭނެކަމެކެވެ.
ހަމައެއާއެކު، އައު އޮފީސް ޢިމާރާތުގައި ބަނދަރު މޮނީޓާކޮށް، ބެލެހެއްޓުމަށް ޚާއްސަ ޓެރަހެއް އޮތުމަކީ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ބަނދަރުގެ ޚިދުމަތަށް އައި ވަރަށް ބޮޑު ކުރިއެރުމެއްކަން ސިޓީ ކައުންސިލުން ވެސް ވަނީ ފާހަގަކޮށްފައެވެ.
ސިޓީ ކައުންސިލްގެ ޢަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފަސޭހަކޮށްދިނުން ކަމުގައި އެ ކައުންސިލުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށި ސިޓީގެ އުތުރު ބަދަނރު ސަރަހައްދުގައި ވަގުތީ ޖާގައިގައި ހިންގަމުންދިޔަ ބަނދަރު އޮފީސް ޒަމާނީކޮށްފައިވާއިރު، ކުރިން އެތަނުގައި ހިންގަމުން އައީ ޓިނު ބޭނުންކޮށްގެން ހަދާފައިވާ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!