ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް، އާމްދަނީ 9.3 އިންސައްތަ މައްޗަށް
މިއަހަރުގެ އޯގަސްޓް 06 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައި، އާމްދަނީ 9.3 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.2 ބިލިއަން ރުފިޔާއެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބ...