ހަނިމާދޫ ހޮސްޕިޓަލްގެ މަޝްރޫޢު ނިންމުމަށް އަމާޒުކޮށްފައި ވަނީ 30 އެޕްރީލް 2028 އަށް: ގީލާ
ހދ. ހަނިމާދޫގައި އަލަށް ބިނާކުރާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، ޚިދުމަތް ދޭން ފެށުމަށް އަމާޒުކޮށްފައި ވަނީ 30 އެޕްރީލް 2028 އަށް ކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ހަނިމާދޫގައި ލެވެލް އެކެއްގެ ހޮސްޕިޓަލެއް ބިނާކުރުމަށްޓަކައި އާރް.ޑީ.ސީއާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މިހާރު މަޝ...