ހަށިވިއްކުމަށް ފުރުސަތު ދީގެން ނުތިބޭ ކަމަށާއި އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީ، ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިހާރުކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ސޯޝަލް މީޑިއާއިން މިހާރަކަށް އައިސް ގިނައިން ފެންނަނީ އެ މީޑިއާ (ހަށިވިއްކުން) ފުޅާވެފައިވާ މިންވަރު ކަމަށެވެ. އަދި ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އެފަދަ ހަރަކާތްތަކަށް ފަސޭހަ ވެގެން ގޮސްފައިވާ ކަމަށެވެ.

Ad
rt

މިކަމާއިގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މާލެއާއި އެެހެން ސަރަހައްދުތަކުގައި ވެސް ހަށިވިއްކުމުގެ ކަންކަން ފުޅާވެފައިވާ ކަމަށެވެ. އެހެންވެ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މިފަދަ 58 މައްސަލައެއް ހުށަހެޅި، ބައްތިރީސް މައްސަލަ ވަނީ ބަލާފަ. އެފަދަ ކުށްތަކުގައި 140 މީހުން ހައްޔަރުކޮށް، 84 މީހުންވަނީ ޑީޕޯޓް ކޮށްފަ." ހަމީދު ވިދާޅުވި އެވެ.

ރާއްޖޭގައި ހާއްސަކޮށް މާލޭގައި ތަފާތު އެކި ސެލޫންތަކުގެ ނަމުގައި ތަންތަން ހިންގަމުން އަންނައިރު، އެފަދަ ތަންތަނުގެ ޕްރޮމޯޝަންތައް ސޯޝަލް މީޑިއާގައި އަންނަނީ ހިންގަމުން ނެވެ. އެގޮތުން ފޭސްބުކް، އިންސްޓަގްރާމް ފަދަ "މަންސަ" ތަކުގައި ތަފާތުއެކި ޕްރޮމޯޝަންތައް ކޮންމެދުވަހަކު ވެސް ހިންގަމުން ގެންދެ އެވެ.