ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.
އިމްރާން ވިދާޅުވީ އެކި މަރުހަލާތަކުގައި އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ. އަދި އެންމެ އިސްކަމެއް ދިނީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.
ގޭންގުތައް ހައްލު ކުރުމަށް އަޅަމުންގެންދާ އެކި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށާއި އެކަން ކާމިޔާބުކުރުމަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ފުލުހުން ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން ދީނީ ޒަމާނާ ގުޅޭ ގާނޫނެއް ވުޖޫދު ކުރުމަކީ އެންމެ އިސްކަމެއް ދެއްވާ އެއްކަންތައް ކަމަށާއި ފުލުހުންނާއި ކަރެކްޝަންސްގެ ފަރާތުން ހިދުމަތް ދޭއިރު، އަނިޔާވެރި އަމަލެއް ނުހިންގާކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!