އެންމެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރުމުން އުރުގުއޭ އަކީ ފުޓްބޯޅައިގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ގައުމެކެވެ. އަމިއްލަ ގައުމުގައި 1930ގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ ތަށި އުފުލައިލުމުގެ އިތުރުން 1950ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކުރީ އުރުގުއޭ އެވެ. ފުޓްބޯޅައިގެ ފޯރި ގަދަ ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ އުރުގުއޭ އެ ސަރަހައްދުގެ ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވެ އެވެ. ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ ޖުމްލަ 15 ފަހަރު […]
ތިލަދުން
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން އަންނަ ހޮނިހިރު ދުވަހު ސްމާޓްކޮމް ފެއާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މި ފެއާ އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހިޔާ ޕާކް ސަރަހައްދުގައެވެ. މި ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާބެހޭ މައުލޫމާތު އެޗްޑީސީން ފޯރުކޮށްދޭނެއެވެ. މި ފ...
އަޙްމަދު ވަހީދު
ރާއްޖޭގައި ނަގާ ޓެކްސް ބޮޑު ނުކުރުމަށް ށ. ފުނަދޫ ކައުންސިލުން ގޮވައިލައިފިއެވެ. އެ ކައުންސިލުން މިފަދައިން ގޮވައިލެއްވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެނައުމަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާއި ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައި އެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޓެކްސް ބޮޑުކޮށްފިނަމަ ރައްޔިތުން ޟަރޫރީގޮތުންނާއި އެނޫން މުހިއްމު ބޭނުންކުރަންޖެހޭ ތަކެތީގެ އަގު ވަރަށްބޮޑުތަނުން އުފުލޭނެ ކަމަށެވެ. އަދި އެ ކ...
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސްއިން، އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފިއެވެ. މިކަމަށް ޓަކައި ބަންޑާރަކޮށީގައި، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީ އެވެ. ހަދިޔާކުރެއްވި ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީ އެވެ. އުރީދޫން ހަދިޔާކުރި މި ޓީވީތަކަކީ، ކުރިއަށްއޮތް ވޯލްޑްކަޕާއި ދިމާކޮށް ސިފައިންގެ މަރުކަޒުތ...
މުޙައްމަދު އަފްރާޙް
މިދިޔަ އޮކްޓޯބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ, މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 24 އިންސައްތަ އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 364 މިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނީ 294 މިލިއަން ރުފިޔާއެވެ. ފާއިތުވި އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގުވެސް ވަނީ، 2021 ވަނަ އަހަރުގެ އޮކްޓޯބަރު […]
އަޙްމަދު ވަހީދު
މައްސަލަ ހައްލުކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ އަވަށަށް އަލުން ކަރަންޓު ދީފި އެވެ. ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކު ކޮނުމުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ކަރަންޓު ކޭބަލަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ. އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މިކަމަށް ގިނަ ވަގުތުތަކެއް ނެގުން އެކަށީގެންވާތީ އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް މީގެ ކުރިން ވިދާޅުވި އެވ...
މުޙައްމަދު އަފްރާޙް
“މޯލްޑިވްސް ޖެޓްސްކީ ޓުއާ 2021 ނޯތު ޓު ސައުތު” ގެނަމުގައި މޯލްޑިވްސް ވޯޓާ ސޮޕޯޓްސްއިން ކުރި ދަތުރުގައި ބައިވެރިވި އެޗްޑީސީގެ ދެ މުވައްޒަފަކަށް، ގޯލްޑް ކޮއިންގެ ނަމުގައި ޓުއަރިޒަމް މިނިސްޓްރީއިން އެވޯޑެއް ދީފިއެވެ. މިއެވޯޑު ދެއްވީ، އިއްޔެ ޓުއަރިމް މިނިސްޓްރީގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމްއެވެ. މި އެވޯޑް ލިބުނު އެޗްޑީސީގެ ދެ ސްޓާފުންނަކީ، ސީއެސްއާރް އިވެންޓް ސްޕެޝަލިސްޓް އަހްމަދު ޝާމިލް އާއި ޕްލޭނިން ޑިޕާޓްމެންޓްގެ ރޯޑް އެންޑް ސޭފްޓީ މެނޭޖަރު […]
އަޙްމަދު ވަހީދު
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މި އަހަރު ކުރިއަށްގެންދާ އެންމެ ބޮޑު ސޭލް މިއަދު ފަށައިފިއެވެ. “އިޔާ އެންޑް ސޭލް” ގެ ނަމުގައި ކުރިއަށްގެންދާ މި ސޭލް އަކީ ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ކުރިއަށްގެންދާ ސޭލެކެވެ. މިއީ އެ ކުންފުނިން އަހަރުގެ ތެރޭގައި ކުރިއަށް ގެންދާ އެހެން ޕްރޮމޯޝަންތަކާ އަޅާބަލާއިރު އެތަށް ގުނައަށް ބޮޑު ޑިސްކައުންޓާއި އިނާމު ލިބޭގޮތަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ މި ޕްރޮމޯޝަނުގެ […]
އަޙްމަދު ވަހީދު
ރާއްޖެއަށް ދިމާވެގެން މިއުޅެނީ ރައީސް ނަޝީދަށް ވެރިކަން ނުލިބިގެން އުޅޭ މައްސަލަ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެ އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި އޭނާ މިހެން ވިދާޅުވީ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ނަޝީދަށް ވެސް އަދި އެމަނިކުފާނުގެ ބާރު ހިނގާ […]
މުޙައްމަދު އަފްރާޙް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައި ސެކިއުރިޓީ ޖަލެއް ހަދަން ނިންމައި، އެ ޖަލު ގާއިމް ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގެ “ޕީއެސްއެމް ނިއުސް” ގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު މިހެން ވިދާޅުވީ މިޖަލަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ގާއިމްކޮށްފައިވާ މިފަދަ ޖަލުތަކުގެ ޑިޒައިންތަކާއި އެއްގޮތަށް ބަލައި، އިމާރާތްކުރާ ޖަލެއް ކަމަށެވެ. ބޮޑެތި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނާއި، މުޖުތަމަށް ނުރައްކާތެރި ކުށެވެރިން ބަންދު ކު...
މުޙައްމަދު އަފްރާޙް
ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ކުރިއަށްދާ މައުރަޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ބައްލަވާލައްވައިފިއެވެ. ނެޝެނަލް ސެންޓަރ ފޮރ ދި އާރޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މައުރަޒަކީ، ރާއްޖޭގެ ފުންނާބު އުސް އަދި ކުރި އަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނޫ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވައިލައްވާފައި ވަނީ ގަވާއިދާ ހިލާފަަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވި މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވައިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް، ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހޭ ވަރަށް ސާގެ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމަވައިލެއްވުމުނ...
މުޙައްމަދު އަފްރާޙް
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ. އެ އިދާރާ އިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ބަހްރެއިނުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހު ބަލައި، ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަ...
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސް ގެ އެމްފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑަކުން ޕެޓްރޯލް އަޅައިގެން ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އުރީދޫއިން ފެށި މި ޕްރޮމޯޝަނަކީ އެ ކިންފުނިން އެމްފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑުތަކަށް ފައިސާ ދެއްކޭ ހިދުމަތް އިއްޔެ ފެށުމާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރުގެ މެއި 14 އާ ހަމައަށެވެ. މި ޕްރޮމޯޝަނުގެ ދަށުން އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ކިންގްސްޓަން ޝޯރޫމުން ވިއްކާ ސްކޫޕީ ސައިކަލެކެވެ. އެމްފައިސާއިން...
އަޙްމަދު ވަހީދު
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަގްސަދުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) އާއި އެކު ދިވެހި ސަރުކާރުން މަޝްރޫޢެއްގައި ސޮއި ކޮށްފިއެވެ. މި މަޝްރޫޢުގެ މަގުސަދުތަކުގެ ތެރޭގައި ސަރުކާރުގެ ނޫ އިގްތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން ވެސް ހިމެނެ އެވެ. މި ފަހުމުނާމާގެ ދަށުން މަސްވެރި އުޅަނދުތަކުގައި ރެފްރިޖ...
މުޙައްމަދު އަފްރާޙް
މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ “ފީފާ ވޯލްޑް ކަޕް 2022” ފުޓްބޯޅަ މުބާރާތް ބެލުމަށް ޕްރޮޖެކްޓަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓްރީން ވިދާޅުވެފައި ވަނީ ވޯލްޑް ކަޕް ބެލުމަށް ޕްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައި ވަނީ މަދަނީ ޖަމިއްޔާތަކަށް ކަމާށައި، ނަމަވެސް “ޔޫރޯ 2020” ފުޓްބޯޅަ މުބާރާތް ބެލުމަށް، އެ މިނިސްޓްރިން ޕްރޮޖެކްޓަރ ދޫކުރި އެއްވެސް ޖަމިއްޔާއަކަށް މިފަހަރު ޕްރޮޖެކްޓަރ...
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އަނިޔާދިނުމަށް ގޮވާލަމުންދާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެޕާޓީގެ އަންހެންނުންގެ ރޫހުގެ ރައީސް އަށް އިންޒާރުދީ އެކަމަނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާތީ އެކަމާ އެޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ. އެބަޔާނުގައި ބުނެފައިވަނީ، ސިޔާސީ ވާދަވެރިކަމުގެތެރެއިން އުފެދޭ ހިޔާލުތަފާތުވު...
އަލީ އާދިލް
އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމު ކަމަށްވާ، އެމްފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑުތަކަށް ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ގަސަމެވެ. އުރީދޫ އިން ބުނި ގޮތުގައި މި ޚިދުމަތް ތައާރަފު ކުރީ މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތި...
އަޙްމަދު ވަހީދު