ފެނަކަ ކޯޕަރޭޝަނުން ހިންގާ އައިސް ޕްލާންޓުތަކުގެ މުވައްޒަފުން ތަމްރީން ކުރަން ފަށައިފިއެވެ.

މިއީ ފެނަކަ އިންސްޓިޓިއުޓް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. މިއީ ސެޓްފިކެޓް 3 ގެ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެކެވެ.

Ad
rt

މި ކޯސް ފަށާފައިވަނީ 14 ނޮވެމްބަރު 2022 ގައެވެ.

މި ކޯސް ހިންގުމުގެ މައިގަނޑު މަގުސަދަކީ އައިސް ޕްލާންޓްތަކުގެ ހިދުމަތް މެދުކެނޑުމެއްނެތިވެ ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއެކީ ހިދުމަތް ފޯރުކޮށްދިނުމަށް، ކަމަށް ގާބިލް މުވައްޒަފުން ތަމްރީންކުރުން ކަމަށް ފެނަކައިން ބުންޏެވެ.

މިފްކޯއިން މިހާތަނަށް ހިންގަމުން އައި ހުރިހާ އައިސްޕްލާންޓެއް ވަނީ ފެނަކައާ ހަވާލުކޮށްފައެވެ. އެ ކުންފުނިން ވަނީ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ އައިސްޕްލާންޓެއްވެސް އޮޕަރޭޝަނަށް ގެނެސްފައެވެ.