މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު 14:00 ގައި ހަމަވެފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެކަނިކަމުން ވާދަވެރިކަމެއްނެތި އެމްއެމްޕީގެ ޓިކެޓް ނާޒިމަށް ލިބިއްޖެއެވެ. އެމްއެންޕީގެ ތަރުޖަމާނު، ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް މިއަދު ވިދާޅުވެފައިވާ ގޮތުގައި، އެމްއެންޕީގެ ޕްރައިމަރީއަށް ކުރިމަތިލީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް އެކަންޏެވެ...
ޔުމްނާ ޢަލީ
ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކްގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި، ވެށި ހިމާޔަތްކުރުމަށާއި، ގެއްލުންތައް ފޫބެއްދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް، އެއްބާލުލުން ދެއްވުމަށް ނައިބު ރައީސް ނައިބު ފައިޞަލް ނަސީމް ސަރުކާރުތަކަށް ގޮވައިލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވައިލެއްވީ، މިހާރު ކުރިއަށްދާ، ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ 15 ވަނަ ކޮންފަރެންސްގައި ދެއްވި ވީޑިއޯ މެސެޖުގައެވެ. ނައިބު ރައީސްގެ މެސެޖުގައި ވިދާޅުވީ، ރާއްޖެއަކީ...
ޔުމްނާ ޢަލީ
ލ. ގަމު ތުނޑީ އަވަށުގައި އައު މިސްކިތެއް އެޅުމަށް ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި މިއަދު ރަސްމިއްޔާތުގައި މިސްކިތް އިމާރާތްކުރުމުގެ ފަހުމުނާމައިގާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މިސްކިތުގެ މަސައްކަތް ހަވާލުކުރި ފެޑޯ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒް އެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް 16،818،646.27 (ސޯޅަ މިލިއަން އަށްލައްކަ...
މުޙައްމަދު އަފްރާޙް
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް އެ އޮތޯރިޓީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފިއެވެ. އެޗްޑީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޗީފް އެކްޒްކެޓިވް އިލްޔާސް އަހުމަދުއެވެ. އެޗްޑީސީގެ ފަރާތުން ލައިސެންސާއި ހަވާލުވެވަަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ. މި ލައިސަންސްގެ ދަށުން އެޗ...
އަޙްމަދު ވަހީދު
ޣާޒީ ސްކޫލްގެ މުވައްޒަފުންތަކެއް އިހްތިޖާޖު ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އަދި ހަގީގަތް އޮޅޭގޮތެއް މިނިސްޓްރީއާއި ސްކޫލް ބަދުނާމުވާ ގޮތައް ޚަބަރު ނުފެތުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ. ޣާޒީ ސްކޫލްގައި ހިނގައިގެން އުޅޭ މައްސަލައާއި ގުޅޭގޮތުން މިއަދު އެ މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ޣާޒީ ސްކޫލްގެ އެކި ކަންކަމާގުޅޭ ގޮތުން އެ މިނިސްޓްރީއަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން، ސްކޫލްގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ގުޅުންހުރި މައްސަލަތައް ފާހަގަ ކުރެވި އ...
ޔުމްނާ ޢަލީ
ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. މިއަދުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9 ޖަހާއިރަށެވެ. އެހެންނަމަވެސް އަޑުއެހުން ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއަށް ވަޑައިގެންފައިވާތީ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 2018 ވަނަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހުގެ ރޭ އޭނާ މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް […]
މުޙައްމަދު އަފްރާޙް
ހުޅުމާލޭ ޣާޒީ ސްކޫލްގައި އެ ސްކޫލްގެ މުދައްރިސުން އިހްތިޖާޖު ކުރަމުން އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލްގެ މުދައްރިސުން އިހްތިޖާޖު ކުރަމުން ދަނީ އެ ސްކޫލްގައި ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެފައިވާތީ، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ އިހްތިޖާޖުގައި އެ ސްކޫލްގެ ގިނަ އަދަދެއްގެ މުދައްރިސުން ބައިވެރިވަމުން އަންނައިރު، އެ މުދައްރިސުން ޝުއޫރުފާޅުކުރުމަށް ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ” މީސް މީހުން ހެކްކޮށްފި، ނެޓް ޑްރައިވް ހެކްކޮށްފި، ސްކޫލް ޑާޓާބޭސް ގެއްލިއް...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، އެ ޕާޓީ އުވާލުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް އަންގައިފި އެވެ. އީސީ އިން، އެ ޕާޓީއަށް މިގޮތަށް އަންގާފައި މިވަނީ ގާނޫނީ އަދަދު ހަމަވާ ވަރަށް އެ ޕާޓީގައި މެމްބަރުން ހަމަނުވުމުން، އެ ޕާޓީ އުވާލަން ނިންމާފައިވާތީ އެވެ. އެ ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީއެއް […]
މުޙައްމަދު އަފްރާޙް
ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައިދިނުމަށް ހުށަހަޅައިފި އެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް އެކަން ބަލައިދިނުމަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އޭނާ ހުށަހެޅުއެއްވި މައްސަލައިގާ ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ބެލެހެއްޓު...
މުޙައްމަދު އަފްރާޙް
ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް، ދުންޔާ މައުމޫން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފި އެވެ. ދުންޔާ، އެ ކޮމިޝަނަށް ހާޒިރުކުރަނީ ރާއްޖޭގެ ތާރީހުގައި މިހައިތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ހާޒިރުވާން އަންގާފައިވަނީ މިއަދު 11 ޖަހާއިރަށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން […]
މުޙައްމަދު އަފްރާޙް
މިފަހަރުގެ ވޯލްޑްކަޕަކާއި ބައްދަލުކުރިއިރު، މަޣްރިބްކަރަ ނުވަތަ މޮރޮކޯއަކީ އެ ޓީމު މިހާރު އައިސްފައިވާ ހިސާބަށް އައިސްދާނެކަމަށް ދެކި، ގިނަ ބައެއްގެ މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުން ޖާގަ ދިން ޓީމެއް ވެސް ނޫނެވެ. އެހެންނަމަވެސް، މުބާރާތުގެ ފުރަތަމަ މެޗާއިއެކު މޮރޮކޯއިން ވަނީ ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށް، އެއް ވާމެއްގައި މޮޅަށްކުޅެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލުގެ ދުވެލީގައި “އެޓްލަސް ލަޔަން” އިން ފުޓްބޯޅައިގެ ތާރީހުގައި ރަންއަކުރުން ފަވާލީ ބިލާހެއް ފަދައިންނެވެ. ނަމަވެސް...
އަލީ އާދިލް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާއިން ވަނީ އެންމެ ފަހުގެ ރަނަރަޕް ޓީމް ކަމަށްވާ ކްރޮއޭޝިއާގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. މެޗު ފަށައިގެން އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖެހުމާއި ހަމައަށް ކްރޮއޭޝިއާއިން ވަނީ ގޭމް ޑޮމިނޭޓް ކޮށްގެން ކުޅެފައެވެ. ކްރޮއޭޝިއާއިން ޑޮމިނޭޓް ކުރިނަމަވެސް މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓް […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރި މެޗު ކެޑުން ކާމިޔާބު ކޮށްފިއެވެ. މިއީ ކެޑް މި މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާފައި ވަނީ ކެޑުންނެވެ. ފުރަތަމަ ލަނޑު […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސް އަކީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ، ޤަތަރުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް އެޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޢަޒީޒް އަލްއުޘްމާން ފަޚްރޫއާ، އުރީދޫ ގުރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއް...
އިބްރާހިމް އަސްވާޤް
ޚިދުމަތްތަކުގެ އަގު ބޮޑުކުރަން، އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ. އޭޑީކޭ ހޮސްޕިޓަލުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޚިދުމަތް ތަކުގެ އަގު ބޮޑުކުރަން ނިންމީ، 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމާއި ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ މުދަލާއި ޚިދުމަތުގެ އަގުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޮޑުވެފައިވާތީ ކަމަށެވެ. އެގޮތުން، އޭޑީކޭ ހޮސްޕިޓަލްގެ ހިންގުމުގެ ހަރަދުތައް އެތައް ގުނައަކުން ބޮޑުވުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށ...
އަލީ އާދިލް
އުރީދޫ މޯލްޑިވްސްގެ ފަން ރަންގައި ބައިވެރިވާން ރަޖިސްޓްރީ ނުކުރެވުނު ފަރާތްތަކަށް އެ ދުވުމުގައި ބައިވެރިވެވޭނެ ފުރުސަތެއް އެ ކުންފުނިން އަނެއްކާވެސް ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކޮންމެ ދުވަހަކު ފަންރަން ކިޓެއް ގިވްއަވޭގެ ގޮތުގައި ދިނުމަށް އުރީދޫއިން ވަނީ ނިންމާފައެވެ. މި ފުރުސަތުގެ ދަށުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެހޭނީ އުރީދޫ މޯލްޑިވްސްގެ ޓްވީޓް ލައިކްކޮށް، ޝެއާ ކުރުމަށްފަހު ރައްޓެއްސެއް ޓެގް […]
އަޙްމަދު ވަހީދު
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 2022 ކާމިޔާބުކުރާނެކަން ފާހަގަކުރުމަށް އިންގްލެންޑު ކުންފުންޏަކުން ހެދި ގިނައަދަދެއްގެ ޓީޝާޓް ސޭލްގައިވެސް ނުވިކި، ބޮޑު ގެއްލުމެއް ކުރިމަތިވެއްޖެ އެވެ. ފްރާންސްއާ ދެކޮޅަށް ކުޅުނު ތްރީ ލަޔަންސްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ވޯލްޑް ކަޕުން މިހާރު ވަނީ ވަކިވެފަ އެވެ. ޑޯސެޓްގައި ހުންނަ ހޯލްސޭލް ކްލިއަރެންސް ޔޫކޭ އިން ވިއްކަމުން ދިޔައީ “އިންގްލެންޑް، ވޯލްޑް ކަޕް ވިނާސް 2022، އިޓްސް ފައިނަލީ ހޯމް” މި މެސެޖު ލިޔެފައިވާ ޓީޝާޓްތަކެކެވެ. ކުއާޓާ ފައިނަލުގެ […]
އަލީ އާދިލް
ސްޕެޝަލިސްޓް ނަރުހުން ރާއްޖެއިން ބޭރުން ތަމްރީނުކުރުމަށް 15 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއީ ދިވެހި ނަރުހުން މާސްޓަރސް ޑިގްރީއަށް ރާއްޖެއިން ބޭރުގައި ތަމްރީނުވެ، ސްޕެޝަލައިޒްވުމަށް ހުޅުވާލާ ސްކޮލަރޝިޕްގެ ފުރުސަތު ކަމަށެވެ. އަދި މި ސްކޮލަރޝިޕްގައި ސާރކް ގައުމެއްގައި ނުވަތަ މެލޭޝިޔާ ނުވަތަ ފިލިޕީންސްގައި ކިޔަވައިދޭ މަރުކަޒެއްގައި ކިޔެވޭނެ ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ ކޯހުގައި ކިޔެވުމަށް ޖާގަހޯދަންޖެހޭނީ ސްކޮލަރޝިޕް ލިބޭފަރާތްތަކުން އަމިއ...
މުޙައްމަދު އަފްރާޙް