ހުޅުމާލެއިން ގެއްލިގެން މިރޭ ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު ޖައިލަމް މިރޭ 19:14 އެހައިކަންހާއިރު ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ޖައިލަމް ގެއްލިގެން ހޯދަން އާންމުންގެ އެހީއަށް ފުލުހުން މިރޭ އެދުނީ އޭނާ ގެއްލިގެން އެ އިދާރާއަށް ރިޕޯޓު ކުރުމުންނެވެ. މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ޖައިލަމް ގެއްލިފައިވާ ކަމަށް އޭނާގެ އާ...
ޔުމްނާ ޢަލީ
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ނިމިގެން ދާއިރު ފައިސާގެ އިނާމު ލިބިގެން ދާނީ ޗެމްޕިއަންކަން ހޯދައި ޓީމަށް އެކަނި ކަމަށް ބައެއް ފަރާތްތަކަށް ހީވެދާނެއެވެ. ފައިނަލުގައި ވާދަކުރާނެ ދެޓީމު މިހާރު ކަށަވަރުވެފައިވާއިރު މުޅިދުނިޔެވެސް މިހާރު އިންތިޒާރުކުރަމުން ދަނީ ތަށި އުފުލާލާ މިފަހަރުގެ ޗެންޕިއަނުންގެ ލަގަބު ހޯދާނެ ގައުމަކާއި މެދުއެވެ. އެއްކޮޅުން ވާދަކުރަނީ މިދިޔަ ފަހަރުގެ ޗެމްޕިއަނުން ފުރާންސް އާއި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ އާޖެންޓީނާ އެވެ. ފައިނަލާއި ތިން ވަނަ ހޮވާ މެޗަށް ގިނަ...
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބާއްވާ ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފަހާ ކޯހަކީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އައިސާޓް ގުޅިގެން ބާރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯސް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ކޯހުގެ މުއްދަތަކީ އެއް މަސްދުވަހެވެ. ފެހުމުގެ ތިން ލެވެލް އެއްގެ ކޯސް ހިންގުމަށް އިޢުލާން ކޮށްފައިވާއިރު، ހިންގުމަށް ހަމަޖެހިފައި ވަނީ އެތަނުން އެންމެ ގިނަ ފ...
އިބްރާހިމް ޚަލީލް
ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ، ސ. ހުޅުދޫ / ސީނިއަޞްރުމާގެ، މުޙައްމަދު ޖައިލަމް (34އ) ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ، މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ 10:54 އެހައިކަންހާއިރުކަމަށެވެ. އޭނާ އެންމެ […]
އިބްރާހިމް އަސްވާޤް
ހުޅުމާލެ ފޭސް ދެއެއްގައި ދެ ސައިކަލް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް ދެއެއްގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ މެންދުރު 13:00 ހާއިރުއެވެ. ”މި އެކްސިޑެންޓްގައި ތިން ފިރިހެނުންނާއި އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން” ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓްވި އެއް ސައިކަލް ދުއްވި 23 އަހަރުގެ އަންހެން މީހާއަކީ...
ޔުމްނާ ޢަލީ
ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު 14:30 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވި މީހަކު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރ...
ޙުސައިން ޝަހުދީ
ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު […]
އިބްރާހިމް ޚަލީލް
މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުالله ގެ މަރުގެ މައްސަލައާއިގުޅިގެން މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ހިންގި ތަޙްޤީޤްގެ ރިޕޯޓް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުވާފައެވެ. އެއަށްފަހު އެ ކޮމިޝަނުން ނޫސްވެރިންނާ ބައްދަލުކޮށް އެ ތަޙްޤީޤާގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. ތިރީގައި މި ބަޔާން ކުރީ ރިޟްވާންގެ މަރުގެ މައްސަލައާއިގުޅިގެން މަރުކޮމިޝަނުން ހިންގި ތަޙްޤީޤްގެ މައްޗަށް އެ ކޮމިޝަންގެ ޗެއާ އިއ...
ތިލަދުން
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ރައީސަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓެކްނިކަލް މެނޭޖަރު އަހުމަދު މުސްތަފާ އިއްޔެ އިންތިޚާބުކޮށްފައިވާއިރު، ސަރުކާރުގެ މީޑިއާ ތަމްސީލްކުރާ ފަރާތަކުން އެމްއެމްސީގެ ރިޔާސަތު ބަލަހައްޓާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްއެމްސީގެ ކުރިއަށް އޮތް ދެ އަހަރަށް ރައީސާއި ނައިބު ރައީސް އިންތިހާބު ކުރީ ކައުންސިލްގެ އާ ދައުރަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި މެމްބަރުން މަގާމާ ހަވާލުވުމަށް ފަހު...
ޔުމްނާ ޢަލީ
ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 76 މީހަކަށް އަނިޔާވެފައިވާކަމަށާއި، އޭގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އެކޮމޮޑޭޝަން ބްލޮކަކީ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ތަނެކެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކިގޮތްގޮތުން އަނިޔާލިބި، ހާލުދެރަވި...
ޙުސައިން ޝަހުދީ
ހދ. ނޮޅިވަރަމްގައި ހާއްސަ ދަރުހެއް ރޭ ބާއްވައިފިއެވެ. މި ދަރުސް ކުރިއަށް ގެންގޮސްފައި ވަނީ ”ގެވެށި އަނިޔާ” މި މައުޟޫޢު އަށެވެ. ނޮޅިވަރަމް ކައުންސިލާއި، ޖަމިއްޔަތުއް ސަލަފް ގުޅިގެން ކުރިއަށް ގެންދިޔަ މި ދަރުސް އޮތީ ރޭ 20:30 ގައި ނޮޅިވަރަމް، ”މާ ބަގީޗާ” ގައެވެ. މި ދަރުސް ދެއްވާފައި ވަނީ، އައްޝައިޚް އަޙްމަދު ސަމީރެވެ. ޖަމިއްޔަތުއް ސަލަފްގެ ހަފްތާ ބަންދު ދަރުސް ސިލްސިލާގެ ދަށުން ގެންދިޔަ މި ދަރުސްއަށް އަޑު އަހަން ނޮޅިވަރަމްގެ ގިނަ ބަޔަކު […]
ޔުމްނާ ޢަލީ
ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެ އަނދާ ހުލިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެ އިމާރާތުގައި 465 މީހުން ދިރިއުޅެއެވެ. އޭގެތެރެއިން 73 މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި އިމާރާތުގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލާފައި ވީނަމަވެސް، މި ހާދިސާގައި މި އިމާރާތް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް އެމްއެންޑީއެފ...
ޙުސައިން ޝަހުދީ
ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އައު ހާބަ ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތްތަކުގެ 92 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުލަބް ކޮރަލްސް ޖާގަ ހޯދިއިރު، ސެމީ ފައިނަލުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު (ސްކައި) ބައްދަލުކުރަން ޖެހިއްޖެއެވެ. މިއަދު ހަވީރު ގްރޫޕް ބުރުގެ ފަހު މެޗުގައި ކުލަބް ކޮރަލްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކިރި މެޗު ކޮރްލްސް ކާމިޔާބު ކޮށްފައި ވަނީ 13-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ކޮރަލްސްގެ […...
އިބްރާހިމް ޚަލީލް
ސަރުކާރުން، އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން އިފްތިތާހުކޮށްފިއެވެ. މި މާސްޓަޕްލޭން އިފްތިތާހުކުރީ މިއަދު ލިވިން އެކްސްޕޯ ފެށުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެޗްޑީސީން ތައްޔާރުކޮށްދީފައިވާ މާސްޓަޕްލޭން އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އެޗްޑީސީން ބުނިގޮތުގައި މި މާސްޓަޕްލޭން ޑިޒައިންކުރީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ބަލައި، އެކަންކަމުގެ މައްޗަށް ބިނާކޮށް، ހައްލު ހޯދައިދިނ...
އަޙްމަދު ވަހީދު
ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިއަދުއެވެ. މި މަޝްރޫޢުގެ ދަށުން، 6,347cbm ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ (މެއިންޓެނެންސް ޑްރެޖިން) މަސައްކަތާއި، ސާވޭއިން މަސައްކަތްތައް ކުރާނެއެވެ. އެމް...
އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީ ކޮރަލްސް ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތްކުރުމަށް މިއަދު ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސްބީ ކުންފުންޏާއެވެ. މި މަޝްރޫޢުގެ ދަށުން ކޮރަލްސް ދަނޑުގެ ވަށާފާރު ރާނައި، ފެންސުޖަހައި، ކުލަލަލާނެއެވެ. އަދި އެ ދަނޑުގެ ހުޅަނގު ދެކުނު ކަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސުޖަހައި، ކުލަލުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ފަސް ދޮޅަސް ނު...
ޔުމްނާ ޢަލީ
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. ޤައުމީ ޔުނިވާސިޓީއިން މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 84 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 1،200 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުމުގެ މަސައ...
އަޙްމަދު ވަހީދު