"އިހަވަންދިއްޕޮޅު ރަސްތަރި 2022" ގެ އެއްވަނަ ހއ. އިހަވަންދޫ / ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމް ހޮވިއްޖެ އެވެ.
މިމުބާރާތުގެ 3 ވަނަ ބުރުގެ ފައިނަލް ބުރަށްފަހު، ވަނަތައް އިއުލާންކޮށްފައިވަނީ އިހަވަންދޫ ސްކޫލްގެ ހޯލްގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ.
ޔައިޝާ އަށް، އަސްކޮއި ހައްޖު އެންޑް އުމުރާ ގުރޫޕުން ދޭ އުމުރާ ދަތުރަކާއި 5000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ލިބިފަ އެވެ. އަދި އެރިސް ޑެކަރ އިން ހުށަހަޅާފައިވާ 5500 ރުފިޔާގެ އަގުރި ޑައިނިންގ ސެޓެއް ވެސް ލިބިފައިވެ އެވެ.
ދެ ވަނަ އަށް ހޮވިފައިވާ ކެލާ، ޢާއިޝަތު ނީޝާން އާދަމް ނާފިޒް އަށް ނަވާ ހައްޖު އެންޑް އުމުރާ ގުރޫޕުން ދޭ އުމުރާ ދަތުރަކާއި 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. އަދި ތިން ވަނަ އަށް ހޮވުނު ކެލާ، ފާތިމަތު ރިފްޢާ ރުޝްދީ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ލިބިފަ އެވެ.
މިއީ އިހަވަންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ކުރިޔަށްގެންދިޔަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 8 ރަށަކުން 63 ބައިވެރިން ބައިވެރިވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!