ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ތަކެއި ޝުންސުކެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. މިއަހަރަކީ ރާއްޖެއާއި، ޖަޕާނާއި ދެ ޤައުމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވ...
ޔުމްނާ ޢަލީ
ކުޑައިރު، ފީނަން ގޮސް އުޅޭއުޅުމުގައި ފެނިފައިހުރި މުރަކައިގެ ރީތި ބަގީޗާތައް މިހާރު އެޒުވާނުންނަށް ފެންނަނީ ދިރުމެއްނެތް ތަނެއްގެ ގޮތުގައެވެ. އޭރު ފެނުނު ބޮޑެތި ގާތަކުގައި ހުރި، ރީތި ޗާލު މުރަކަތައް މިހާރު ހުރީ މަރުވެ، ފުނޑުފުނޑުވެފައެވެ. ގާތަކުގައި ހުރި، ކުލަކުލައިގެ ތަފާތުވައްތަރުގެ މުރަކަތައް ނެތްކަމީ، އެޒުވާނުން މާޔޫސްވެ، މިކަމާއިމެދު ވިސްނަން މަޖުބޫރުކުރިވި ކަމެކެވެ. ގާތަކުގެ ވަށައިގެންހުރި، މުރަކަތަކުގެ ތެރޭގައި އޭރު ދުވެލަ ދުވެލާ އުޅު ކުދި ރީތި މަސްތައް، މިހާރަކު ނޫޅެއެވެ. ޤުދުރަތުން ދެއް...
ސަލާމާ ޢަބްދުލް ޢަލީމް
ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް މައްސަލަ ބެލުމުން ތަނާޒުލްވެއްޖެ އެވެ. ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަނާއި މއ. ކުރިކީލަހިޔާ ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާ ބެލުމުން އިސްގާޒީ ޝަކީލް ތަނާޒުލްވި ސަބަބެއް ނޭނގެ އެވެ. އެ މައްސަލަ ބެލުން މިހާރު ހަވާލުކޮށްފައިވަނީ ގާޒީ އަލީ ނަދީމާ އެވެ. އިސްގާޒީ […]
ހުސައިން ހަބީބް
މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށް ވާޞިލްވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވަނީ މި އަހަރު ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރާކަމަށެވެ. މި އަމާޒަށް މިއަދު ވާސިލް ވެވިފައިވާއިރު، މިއަދު ޒިޔާރަތްކުރި 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރްޙަބާ ދެންނެވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. މިކަމަށްޓަކައި މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ...
ޔުމްނާ ޢަލީ
މާލޭގެ ވަށާލެވިފައިވާ ތޮއްޓަކީ ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ ރަމްޒެއް ކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މޮނިއުމަންޓް އަލުން ބެހެއްޓުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ. އުސްފަސްގަނޑުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ މިއީ ހަމައެކަނި އުމްރާނީ ތަރައްގީ ނޫން ކަމަށާއި، މިއީ މާ...
މުޙައްމަދު އަފްރާޙް
ހުޅުމާލޭގައި ގަރާޖު ހެދުމަށް ބޭނުންވާ ފަރާތްތަކުން، ބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ ގަރާޖުގެ މަސައްކަތަށް ހުޅުމާލެއިން 23 ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ބިންތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީން ވިދާޅުވެއެވެ. މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުދި ގަރާޖުތަކަށް [...
މުޙައްމަދު އަފްރާޙް
ޖީއެސްޓީއަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮގްރާމެއް ފަށައިފި އެވެ. މިގޮތުން މި ޕްރޮގްރާމްގެ ދަށުން ގއ. މާމެންދޫ، ފ. ބިލެއްދޫ، އދ. ދަނގެތީ. ނ. ވެލިދޫ އަދި މ. މުލަކު ގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތައް ހިންގުމަށް ނިންމާފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. މި ޕްރޮގްރާމްތަކުގައި ކުރިއަށް ގެންދާ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެކަމަށް އެދޭ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވ...
މުޙައްމަދު އަފްރާޙް
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންމެ ބޮޑު މަގްސަދަކަށްވީ ވެރިކަމުގެ ކުރިން ވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި، ސިޔާސީ މައިދާނުން ރައީސް ޔާމީން ފޮހެލުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ “ފެލާލައިފި” ގެ ނަމުގައި އިދިކޮޅުން، އަންނަ ހުކުރު ދުވަހުގެރޭ ބާއްވާ ޖަލްސާގެ ކުރިން، މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެވެ. އޭނާ […]
މުޙައްމަދު އަފްރާޙް
ޑީއާރްޕީ އުވާލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނީގެ މައްސަލަ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ. ‘ސަންގު ޓީވީ’ ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ދަރަންޏަށް ޒިންމާ ވާންޖެހޭނީ ދަރަނި ނެގިއިރު އެއިރެއްގައި ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންކަމަށް ޤާނޫނުގައި ބުނާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕާޓީގެ ދަރަނީގެ މައްސަލަތައް ކޯޓުގައި ކުރިއަށްދާ ކަމަށާއި އެމައްސަލާގައި ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ. އަދި ކަން […]
މުޙައްމަދު އަފްރާޙް
އިންޓަރސްކޫލް ނެޓްކިޑްސް ފިއެސްޓާގެ ނަމުގައި ހަރަކާތެއް ބާއްވައިފި އެވެ. ‘އެން ސްޕޯޓްސް އެކަޑަމ’ީ އާއި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މި ފިއެސްޓާގައި ޖުމްލަ 13 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ. މި ފިއެސްޓާގައި 52 ޓީމަކުން 624 ދަރިވަރުން ބައިވެރިވި އިރު، އޭގެ ތެރޭގައި ހިމެނެނީ ގްރޭޑް 2، 3، 4 އަދި 5 ގެ ދަރިވަރުން ނެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ފިއެސްޓާ އާ ގުޅޭގޮތުން “ތިލަދުން” […]
މުޙައްމަދު އަފްރާޙް
މިދުވަަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ، ފްލައިޓް ޑިލޭވުން މަދު ކުރުމަށް ރުމުގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކުރައްވައިފި އެވެ. އެ އިދާރާ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށްވާތީ، އެއަރޕޯޓުގެ ކިއުތައް ދިގުވެ، ޑިލޭތައް މަދުކުރުމަށް ފުރުމުގެ ތިން ގަޑިއިރުކުރިން އެއަރޕޯޓަށް އައުމަށް އެދޭ ކަމަށެވެ. އަދި އިންޓަނޭޝަނަލް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ޗެކްއި...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ން ހުޅުމާލޭގައި އެ ބޭންކްގެ ބްރާންޗެއް ހުޅުވައިފިއެވެ. އެމްއައިބީގެ އާ ބްރާންޗް ހުޅުވާފައިވަނީ ފިތުރޯނުމަގުގައި ހުންނަ ދަމާސް އެއްވަނަ އެވެނިއުގެ ތިރީ ފަންގިފިލާގައެވެ. އެ ބްރާންޗް ހުޅުވީ އިއްޔެއެވެ. ކުރިން އެމްއައިބީން ޚިދުމަތް ދެމުން ދިޔައީ ހުޅުމާލޭ ސެންޓްރަލް މޯލްގައި، ކުޑަ ތަންކޮޅެއްގައެވެ. މިހާރު އެ ބޭންކްގެ އާ ބްރާންޗް ހުޅުވާފައިވަނީ އިތުރު ސްޓާފުންނާވެސް އެކުގައެވެ. އާ ބްރާންޗާއެކު އެމްއައިބީން ވަނީ އާ ޕްރޮޑަކްޓެއް ވެސް ލޯންޗްކޮށްފައެވެ. އެއީ ހައްޖު...
އަޙްމަދު ވަހީދު
ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ފިއްލަދޫ ޞިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ވަނީ އިއްޔެ ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ލަކީ ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ، 497,422.28 ރުފިޔާ (ހަތަރު ލައްކަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ ބާވީސް ރުފިޔާ އަށާވީސް ލާރި) އެވެ. މި މަސައްކަތް ލަކީ ހިޔާއާއި ހަވާލުކޮށްފަ...
ޔުމްނާ ޢަލީ
ކުނިމެނޭޖްކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ އަލުން ކަނޑައަޅުއްވައިފިއެވެ. އެ ލިސްޓް ކަނޑައަޅުއްވައި އެކަން ޢާންމު ކުރަށްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރޭ ނެރުއްވި ޤަރާރެއްގައެވެ. ކުރިން މި ލިސްޓު ކަނޑައަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް މި...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަމުގައި ނިޔާވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނިޝާމާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް މިއަދު މަރުވެފައިވާއިރު އޭނާގެ ހަށިގަނޑު މާލެ މިރޭ ވަޅުލައިފިއެވެ. ފައިސަލް މަރުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު 08:28 ހާއިރު އެވެ. އޭނާ އަށް ކޭއާރުއެޗުގެ އައިސީޔޫގައި ފަރުވާދޭން ފެށީ އޭނާ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ލިބުނު އަނިޔާގެ ސަބަބ...
ޔުމްނާ ޢަލީ
މި ވެރިކަމުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓްގެ މަސައްކަތް ފެށުމަކީ ކެމްޕޭނަށް ކަޑަ ޖަހާލުންކަމުގައި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިފަދައިން ވިދާޅުވީ، މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި ވިދާޅުވީ، އުތުރުގެ ތަރައްޤީ އަށް ސަރުކާރުން ވަނީ އިހުމާލުވެފައިކަމަށެވެ. މީގެ އިތުރުން އަމީން ވިދާޅުވެފައިވަނީ، ސަރަހައްދީ ތަރައްޤީ ހަލުވިވާނީ ހަނިމާދޫ އަށް ބޭރު...
އިބްރާހިމް އަސްވާޤް
ކޯޓުގެ އިހްތިސާސުން ބޭރުން ކައިވެންޏެއް ކޮށްދިންކަމުގެ ތުހުމަތުވާ މައްސަލައެއްގައި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީ މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިޙްތިޞާސުން ބޭރުން ކައިވެންޏެއް ކޮށްދީ، އަދި އެ ކައިވެނި ކުރުމަށް ހުއްދަދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައް...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދަފްތަރާއި ގުޅޭގޮތުން އެ ޕާޓީގެ ރައީސް ދެއްކެވި ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ. ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ދަފްތަރާގުޅިގެން ކަންބޮޑުވުންއޮތްކަން ހާމަކޮށް އެ ޕާޓީއަށް ސިޓީއެއް ފޮނުއްވާފައެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓެއްކަމަށް ވިދާޅުވެ، އެ ޕާޓީގެ ދަފްތަރުގައި ތިބި ސާޅީހަކަށް ހާސް މީހުން، އެމީހުންނަށް އެނގުމަކާއިނުލައި ދަފްތަރުން އުނިވެ ދަފްތަރު ވަނީ ގަޑުބަޑުވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި...
ޔުމްނާ ޢަލީ