ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

އެ ރަށުގައި ބިނާކޮށްފައިވާ އެ ކައުންސިލުގެ ސްކޫލު އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ.

Ad
rt

މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ދީފައިވާ ލިންކް މެދުވެރިކޮށް މި މަހުގެ 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ބީލަމުގައި ރަޖިސްޓްރީވެލެއްވާ ފަރާތްތަކުގެ އީމެއިލަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ލިންކް: https://forms.office.com/r/LKBz6r9unJ

މިކަމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން، ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ 13:30 ގައި ހޯރަފުށީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

މިކަމަށް އެދި ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުގެ 13:00 ގައި ހޯރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިކަމަށްއެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓްރީ ކުރުމުގެ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/109472.pdf