ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވެސް ތާއީދު ކުރަށްވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމެވިކަން ހާމަކުރަށްވަމުން އަޙްމަދު ވިދާޅުވީ، އެންމެ ރަނގަޅު ކެންޑޭޓަކީ އެއީ ކަމަށެވެ.
އަހްމަދުގެ ތާއީދު ރައީސް ޞާލިޙަށް ދެއްވިއިރު، މަކުނުދޫ ދާއިރާ މެންބަރު ރާޢީ ވެސް އިއްޔެ ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރަށްވާފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރަސްމީކޮށް ހާމަނުކުރިނަމަވެސް ބޮޑު ތިލަދުން މަތީގެ އެމްޑީޕީގެ ހުރިހާ މަޖިލިސް މެންބަރުންގެ ތާއީދު އޮތީ ރައީސް ޞާލިޙަށެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް 20 ހާހަށް ވުރެ ގިނަ މެންބަރުންގެ ތާއީދާއެކު ރައީސް ޞާލިޙްގެ ކެންޑިޑަސީ ފޯމު މިއަދު ވަނީ ހުށަހަޅުއްވާފައެވެ.
އެ ޕްރައިމަރީއަށް ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ މިއަދު ހަވީރު 16:00 އެވެ. އަދި އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހުއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ދެން ޢިއުލާން ކުރަށްވާފައި ވަނީ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!