ކޮންމެ ސަޕޯޓަރަކުވެސް ބޭނުންވާނީ އެމީހަކު ސަޕޯޓު ކުރާ ޓިމެއް މޮޅު ވާށެވެ. ޓީމު މޮޅު ނުވެއްޖެނަމަ ސަޕޯޓަރުންގެ ޝަކުވާ ގޯނި އޮއްސާލާނީ ރެފްރީގެ ބޮލަށެވެ. ނޫނީ އިދިކޮޅު ޓީމަށެވެ. މި ފަހަރު މި ދިމާމީ ވެސް އެފަދަ ކަމެކޭ ބުނެވިދާނެބާއެވެ؟
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް އަލުން ކުޅުމަށް ފްރާންސްގެ ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން މި ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. މިހާތަނަށް ދުއް އެންމެ ފޯރިގަދަ ވޯލްޑް ކަޕް ފައިނަލް މެޗްގެ ފުރަތަމަ ހާފުގައި 0-2 އިން އާޖެންޓީނާއިން ލީޑު ނަގައިފާ ވަނިކޮން، ދެވަނަ ހާފުގެ ފަހުކޮޅު ފްރާންސްގެ ފުރަތަމަ 2 ލަޑު ޖަހައި އާޖެންޓީނާ އާއި އެއްވަރު ކުރިއެވެ.
އިތުރު ވަގުތު ކޮޅުގައި މެސީ ޖެހި ލަޑުން އާޖެންޓީނާއިން އަލުން ލީޑު ނެގިއިރު، އިތުރު ވަގުތުގެ ފަހު މިނެޓްތަކުގައި އެމްބާޕޭ ވަނި ހެޓްރިކް ހަދައި އާޖެންޓީނާއާއި އަރާ ހަމަކޮށްފައެވެ. 120 މިނަޓް ކުޅެ 3-3 އަކުން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ 2022 ވޯލްޑްކަޕްގެ ޝަރަފްވެރި ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.
ވޯލްޑް ކަޕްގެ ޝަރަފްވެރި ކާމިޔާބީ އާޖެންޓީނާގެ ސަޕޯޓަރުން ފާހަގަ ކުރަމުން ދާއިރު، ފްރާންސް ގެ ސަޕޯޓަރުންނަށް ވޯލްޑްކަޕް ފައިނަލް މެޗު ނިމުނު ގޮތް ކަމަކު ނުދިއައެވެ. އެހެންކަމުން ވޯލްޑްކަޕް ފައިނަލް މެޗް އަލުން ކުޅެން ގޮވާލައި ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފްރާންސްގެ ސަޕޯޓަރުން ކުރަމުންދާއިރު މިހާތަނަށް ދެ ލައްކައެއްހާ ސަޕޯޓަރުންވަނީ މިޕެޓިޝަނުގައި ސޮއިކޮށް، އައްޑިހަ ހާސް ކޮމެންޓް ކޮށްފައިވެއެވެ.
ސުވާލަކީ ފައިނަލް މެޗް އަލުން ކުޅެން އެ ސަޕޯޓަރުން އެ ގޮވާލަނީ ކީއްވެހެއްޔެވެ؟ އެ ސަޕޯޓަރުން ފާހަގަކުރާ މައްސަލައަކީ ސީދާ ވަރުގަދަ މައްސަލަކަށް ނުވި ނަމަވެސް ދައުރުވަމުންދާ ޕެޓިޝަނާއިގުޅިގެން ސަޕޯޓަރުން ފާޅުކޮށްފައިވާ ޝުއޫރުތަކުގެ ތެރޭގައި " އޮތީ މަކަރު ހަދާފައެވެ. އަލުން ޖެހޭނީ މެޗު ކުޅޭށެވެ.'' ބުނެފަވެއެވެ. ''ރެފްރީ ބަދަލުކޮށްގެން މި މެޗު އަލުން ކުޅެންޖޭ'' މެޗު އަލުން ކުޅުމަށް ސޮއި ކޮށް ޝެއާ ކުރުމަށް ގޮވާލައި ލިޔެފައިވެއެވެ.
ފްރާންސްގެ ސަޕޯޓަރުން ބުނާގޮތުގައި ފައިނަލް މެޗްގެ ރެފްރީ ހުރީ އާޖެންޓީނާއަށް "ވިކި" ފައެވެ. އަދި އާޖެންޓީއަށް ދިން ޕެނަލްޓީއަކީ ގަވައިދާ ހިލާފަށް ދީފައިވާ ޕްނަލްޓީއެއްކަމަށް އެމީހުން ބުނެއެވެ. އަދި އާޖެންޓީނާއަށް ދެވަނަ ގޯލް ހޯދައިދިނުމުގެ ގޮތުން އެމްބާޕޭ ފައުލު ކުރުވި ކަމަވެސް އެމީހުން ޤަބޫލު ކުރެއެވެ.

ދެ ލައްކައެއްހާ ސަޕޯޓަރުން ޕެޓިޝަންގައި ސޮއި ކޮށްފައިވާތީ ފައިނަލް އަލުން ކުޅޭނެހެއްޔެ؟
ކޮންމެއަކަސް ފްރާންސް ސަޕޯޓަރުން ކިތަންމެ ބޭނުންވިއަސް ފައިނަލް އަލުން ކުޅުމުގެ ފުރުސަތެއް އެއްގޮތަކަށްވެސް ނެތެވެ. ފްރާންސް ސަޕޯޓަރުންނަށް ފާހަގަ ނުވި ނަމަވެސް ފައިނަލް މެޗްގެ ރެފްރީކަން ކޮށްފައިވަނީ ވަރަށް ފުރިހަމައަށްކަމަށް މި މެޗާގޫޅޭގޮތުން ޚިޔާލުފާޅުކުރި ބޯޅައިގެ ތަޖުރިބާކާރުން ބުނެފަވެއެވެ.
މި މެޗުގައި އާޖެންޓީނާގެ ފުރަތަމަ ގޯލު ޖެހީ ޑި މާރިއާ އަށް ކުރިފައުލަކަށް ލިބުނު ''ސޮފްޓް'' ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ދިނުމަށް ރެފްރީ ނިންމި ނިންމުމާމެދު ޝަކުވާ ކުރެވިދާނެ ހެއްޔެވެ؟ އަދި ހަމައެއާކު ދެވަނަ ގޯލަށް އެމްބާޕޭ ފާޅުކަންބޮޑު ގޮތަކަށް ކުރި ފައުލާމެދު ބުނާނީ ކީކޭހެއްޔެވެ؟
ތަޖުރިބާކާރުން ބުނެފަވެއެވެ. މެޗުގެ އިތުރު ވަގުތުގައި މެސީ ލަނޑު ޖެހި އިރު އާޖެންޓީނާގެ ބެންޗުގެ ބައެއް ކުޅުންތެރިން ދަނޑަށް އެރިކަމުގެ ޝަކުވާއަކީ އެ ސަޕޯޓަރުންނަށް ކުރެވިދާނެ ޝަކުވާއެކެވެ. ނަމަވެސް ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ބުނެފައިވާ ފަދައިން، އެ ކުޅުންތެރިން ދަނޑަށް އެރިކަމަށް ބުނެ މެސީގެ ގޯލު ބަލައިނުގަތްނަމަ އެވެގެންދާނީ އިންތިހާއަށް ހަރުކަށި ނިންމުމަކަށެވެ. އެހެންކަމުން ދަނޑަށް އެރި ކުޅުންތެރިންގެ ސަބަބުން މެސީގެ ލަނޑު ނަފީއެއް ނުވާނެއެވެ.
ފުޓްބޯޅައިގައި ފީފާއިން އެކަށަހަޅާފައިވާ ޤަވާޢިދުތަކާއި ހަވާލާދީ ބައެއް ތަޖުރިބާކާރުން ބުނެފައި ވަނީ މެޗެއްގައި ގޯލެއް ޖެހުމަށްފަހު، މެޗު އަލުން ފެށުމުގެ ކުރިން ލަޑު ޖެހުނު ވަގުތު ދަނޑުގައި އިތުރު މީހަކު ހުރިކަން ރެފްރީއަށް ފެނިއްޖެ ނަމަ، ރެފްރީއަށް އެއީ ގޯލެއް ނޫންކަމަށް ނިންމިދާނެކަމަށެވެ. މިގޮތުން އިތުރު ކުޅުންތެރިން ކަމަށް ބުނާ މީހުންގެތެރޭގައި ކުޅުންތެރިއަކު، ބަދަލު ކުޅުންތެރިއަކު، ނުވަތަ ލަޑުޖެހި ޓީމުގެ އޮފިޝިއަލް ހިމެނެއެވެ. ނަމަވެސް މީ ހަރުކަށި ގޮތެއްކަމަށް އެ ތަޖުރިބާކާރުން ދެކޭކަަމަށް ބުނެފަވެއެވެ.
ކޮންމެއަކަސް ފްރާންސް ސަޕޯޓަރުން ވޯލްޑް ކަޕްގެ ފައިނަލް ނަތީޖާ ޤަބޫލު ކުރުން އެއީ އެމީހުންނަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް މިކަމާއި ގުޅިގެން ޚިޔާލުފާޅުކުރި ގިނަ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!