ޖަރުމަނު ކަޕްގެ ގަދަ ސޯޅައިގެ ބުރުގައި ރޭ ބަޔާން މިއުނިކާއި މައިންޒް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދައިފިއެވެ. މައިންޒްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. ޖަނަވަރީ ޓްރާންސްފާގެ ފަހު ދުވަހު ލޯން އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީން ބަޔާން މިއުނިކާއި ގުޅުނު ޕޯޗުގަލްގެ ޑިފެންޑަރ ކެންސެލޯ ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. މި […]
އިބްރާހިމް ޚަލީލް
ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫ ހިމެނޭހެން 4 ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފިއެވެ. ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރަނީ ހޯރަފުއްޓާއި ހަނިމާދޫގެ އިތުރުން ގއ. ވިލިނގިއްޔާއި އައްޑޫ ސިޓީ މަރަދޫފޭދޫގަ އެވެ. މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން މި މަސައްކަތް ކުރަން ޙަވާލުކޮށްފައިވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެވެ. ހޯރަފުއްޓާއި ހަނިމާދޫ ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށ...
މުޙައްމަދު އަފްރާޙް
އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި ނޮޓިންހަމް ފޮރެސްޓް ބަލިކޮށް މުބާރާތުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މި ދެ ޓީމް ފޮރެސްޓް ދަނޑުގައި ބައްދަލު ކޮށްފައިވާއިރު އެ މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. ރޭ ދެވަނަ ލެގު ޔުނައިޓެޑްގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗު ޔުނައިޓެޑުން ވަނީ 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ވުމާއިއެކު ޔުނައިޓެޑަށް ފައިނަލުން ޖާގަ […]
އިބްރާހިމް ޚަލީލް
ޑިންގީއެއްގެ ބުރަފަތިން ޖެހި ފަތުރުވެރިޔާ މަރުވި މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ޑިންގީ ދުއްވި މީހާ ކަމަށެވެ. އަދި އެއީ އުމުރުން 45 އަހަރުގެ މީހެއް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ޖެނުއަރީ 31 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ގޭ ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައިވާ ކަމަށް ވެސް […]
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހޯޕް ކޮންފަރެންސް މިއަދު މެންދުރު ފަށާނެއެވެ. މިއަދު މެންދުރު 1 ޖަހާއިރު ފަށާ މި ކޮންފަރެންސް މި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ދަރުބާރުގޭގައި މި ކޮންފަރެންސް ރަސްމީކޮށް ފެށުމަށްފަހު، ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތައް ކަމަށެވެ. އަދި ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ “ބުންވަރު ހިނގާލުން” ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން ހުކުރު [...
މުޙައްމަދު އަފްރާޙް
ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި މޮންޓެޕިއޭ ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބުކުރި އިރު އެ ޓީމްގެ ތަރި އެމްބާޕޭއަށް އަނިޔާ ވެއްޖެއެވެ. ރޭ މޮންޓެޕިއޭގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި މޮންޓެޕިއޭގެ އޭރިއާތެރެއިން ސާޖިއޯ ރާމޯސްއަށް ކުރި ފައުލަކާއި ގުޅިގެން ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެމްބާޕޭ ފޮނުވާލިއިރު މޮންޓެޕިއޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ނަމަވެސް އެ ޕެނަލްޓީ ފޮނުވާލުމުގެ […]
އިބްރާހިމް ޚަލީލް
ކުރީގެ ޢަދަދާއިގުޅޭ، މާނިހްގެ ވާހަކަތަކުން ޒައިންގެ ހިތް ނުތަނަވަސްވީ ކީއްވެގެން ކަމެއް ޒައިންއަކަށް ނޭނގެއެވެ. އޭނާއަށް އުނދަގޫ ވާން ފެށިއެވެ. ” އަހަރެން ވާހަކަ ދެއްކީމަވެސް ވަރަށް ސްވީޓްކޮށް ވާހަކަ ދައްކާލާފަ ހީލީވެސް.. ދެން ރައްޓެހި ނުވިޔަސް ފްރެންޑް ވެވިދާނެއެއްނު! ” މާނިހް އާދޭސްކުރަން ފެށުމުން ޒައިންގާތަށް ރުޅި އާދެވުނެވެ. އަދި ހިތާއި ދެކޮޅަށް ބުންޏެވެ. ” ކަލޭ އަމިއްލައަށް ތިވާހަކަ ދައްކާ! މަށަކީ ކަނދުފަތި ކަނބާ މީހެއް ނޫން! ” ޒައިން އަވަސް އަވަހަށް ކޮފީތައްޓެއް […]
ސަލާމާ ޢަބްދުލް ޢަލީމް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން ލީޑު ފުޅާ ކޮށްފިއެވެ. ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޑިޔޮން ބެޓިސްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ރަފީނިއާ ބޮލުންޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ބޯޅަ ލިބުނު އިރު ރަފީނިއާ […]
އިބްރާހިމް ޚަލީލް
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ އިންޓްރެސްޓް ކުޑަކޮށްފިއެވެ. އެ ކުންފުނިން ވަނީ ދާދިފަހުން ކުރީގެ ރޭޓުން އެއް އިންސައްތަ ވެސް ކުޑަކޮށްފައެވެ. އެގޮތުން ކުރިން ނުވަ އިންސައްތައިގައި ހުރި އިންޓްރެސްޓް ރޭޓު މިހާރު ވަނީ އަށަކަށް ބަދަލުކޮށްފައެވެ. ބީއެމްއެލްއިން މިއަދު ބުނީ، މިއަދުން ފެށިގެން އެ ލޯނުގެ އިންޓްރެސްޓް ފަސް އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ. މިހާރު ނަގާފައިވާ ކިޔާވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރަށް އަ...
އަޙްމަދު ވަހީދު
ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަން ފަށައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މީގެ ކުރިން އެ ކުންފުނިން ކޮށްފައިވާ އިއުލާނާ އެއްގޮތަށް މިހާރު ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލުތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މިއަދު ނަގަން ފަށާފައިވަނީ އިންޖީނު އަދި ރަޖިސްޓްރީ ބޯޑެއް ނެތް ގަވާއިދާ ހިލާފަށް މަގުމައްޗަށް ދޫކޮއްލާފައިވާ އުޅަނދުތަކެވެ. ހުޅުމާލޭގައި ގަވައ...
އަޙްމަދު ވަހީދު
ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ދިވެހި ޒުވާނުނަށް ވަޒީފާގެ ފުރުސަތު އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން އިއްޔެ ފަށައިފިއެވެ. މި ޕްރޮގްރާމު ފެށުމުގެ ގޮތުން ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި އެމް.އޭ.ސީ.އެލް އާއިއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޔޫތް މިނިސްޓީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހ...
މުޙައްމަދު އަފްރާޙް
ފަނޑިޔާރުންނާއި ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާގައި ހިމެނޭ އިދާރާތައް ބައިވެރިކޮށްގެން، އެޓަރނީ ޖެނެރަލްގެ އޮފީހުން ބާއްވާ “ބަންޑާރަ ކަޕް 2023″ގައި 29 ޓީމު ބައިވެރިވެއްޖެ އެވެ. ބަންޑާރަ ކުލަބުން މަޢުލޫމާތު ދެއްވި ގޮތުގައި “ބަންޑާރަ ކަޕް 2023” ފުޓްސަލް މުބާރާތުގެ އަންހެން ބައިގައި 13 ޓީމު ބައިވެރިވެފައިވާއިރު ފިރިހެން ބައިގައި 16 ޓީމު ބައިވެރިވެފައިވެއެވެ. އެކުލަބުން ވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ކުރިން ޓީމް ލިސްޓްތައް ހުށައެޅުމަށް އެދިފަ އެވެ. މި މުބާރާތަކީ އެޓަރނީ ޖެނެރަލްގެ […]
އަލީ އާދިލް
އެސްޓީއޯ ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމުގެ ރަމަޟާން ބާޒާރު ފަށައިފިއެވެ. މިއަދު މަކިޓާ ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަ، އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާންއެވެ. ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން 29 އެޕްރީލްގެ ނިޔަލަށެވެ. މި ބާޒާރުގައި މަކިޓާ ޝޯރޫމާއި ނިޕޯންގެ އުފެއްދުންތައް ގަނެގެން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާރިޗު މަހު ބާައްވަން ތާވަލުކޮށްފިއެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ، 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެއެވެ. އުރީދޫ އިން 2023 ވ...
އަޙްމަދު ވަހީދު
އެލައިޑްގެ މޮޓޯ ކެމްޕޭން މިއަދު ފަށައިފިއެވެ. އެލައިޑުން ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ޕްލިސީ ލޯންޗް ކުރީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިޕޮލިސީގެ ދަށުން 140 ހެލްމެޓް ދިނުމަށް އެލައިޑުން ވަނީ ނިންމާފައެވެ. އެގޮތުން ޕޮލިސީ ނަގާ ފުރަތަމަ 140 ފަރާތައް މި ހެލްމެޓް ލިބޭނެއެވެ. އެލައިޑުން ވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ފުލުހުންގެ “ރައްކާ” ޕްރޮގްރާމަށް ވެސް ހެލްމެޓް ހަދިޔާކޮށްފައެވެ. އެ ޕްރޮގްރާމަށް 100 ހެލްމެޓް ވަނީ […]
އަޙްމަދު ވަހީދު
1961 ވަނަ އަހަރަށް ފަހު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގެ އާބާދީ މިއަހަރު ވަނީ ދަށަށް ގޮސްފައި އެވެ. އެގައުމުގެ ބެއިޖިން ނެޝަނަލް ބިއުރޯ ސްޓެޓިސްޓިކްސް (ބީއެންއެސް) އިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުގައި 1.4 ބިލިއަން އާބާދީއެއް އޮންނަ ޗައިނާއިން 850،000 މީހުން މިދިޔަ އަހަރު ނިމުނު އިރުވަނީ މަދުވެފަ އެވެ. އެއިދާރާއިން ބުނެފައިވާގޮތުގައި މިދިޔަ އަހަރު އެ ގައުމު ރައްޔިތުންގެ ގޮތުގައި އުފަންވެފައިވަނީ 9.56 މިލިއަން ކުދިންނެވެ. އެގައުމުގެ ރައްޔިތުންގެ ތެރެއިން 10.4 […]
މުޙައްމަދު ވަސީމް
އީޓުކުރިން ސްކިން ކެއާގެ އުފެއްދުންތައް ވިއްކާ “ކެއާ ޕްލަސް” އާ ގުޅިގެން ގިވްއަވޭއެއް ފަށައިފިއެވެ. މި ގިވްއަވޭގެ ދަށުން ގައިގެ ހަންގަނޑަށް ފައިދާހުރި އެކި މާއްދާތައް ހިމެނޭ 10 ސިރަމް ފުޅި ލިބޭނެއެވެ. ގިވްއަވޭގައި ބައިވެރިވެވޭނީ އީޓުކުރި އަދި ކެއާ ޕްލަސް އަށް ފޮލޯކުރުމަށް ފަހު އީޓުކުރި ޕޭޖުގައިވާ ގިވްއަވޭއާ ގުޅޭ ޕޯސްޓަށް ލައިކްކޮށް، ސްޓޯރީ އަށް އެ ޕޯސްޓް ހިއްސާ ކުރުމުންނެވެ. ޕްރައިވެޓް އެކައުންޓުތަކުން ސްޓޯރީއަށް ޕޯސްޓު ޝެއާކުރުމަށް ފަހު، ސްކްރީންޝޮޓް ފޮނުވަން އީޓުކުރިން ވަނީ […]
އަޙްމަދު ވަހީދު
ޑޮލަރު އެކައުންޓުން ނަގުދު ފައިސާ ނެގުމަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ކަނޑައަޅާފައިވާ ލިމިޓް އުވާލައިފިއެވެ. ބީއެމްއެލުން ބުނީ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް 1 ފެބްރުއަރީން ފެށިގެން އުވާލާފައިވާ ކަމަށެވެ. އެގޮތުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއިގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600...
އަޙްމަދު ވަހީދު