ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކޮށްދިނުމަށް، އެ ދެ އިލްމުވެރިންގެ ފަރާތުން އެދިއްޖެ އެވެ. މިދިޔަ އަހަރު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން، ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބައެއް މީހުނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލައިގައި އެ ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. ކްރިމިނަލް […]
ހުސައިން ހަބީބް
ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާތީ ކަމަށެވެ. އަދި ރޭގަނޑު ދަތުރުތައް މެދުކަނޑާލާނީ އަންނަ މާރޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ބަދަލާއެކު އެ އެއަރލައިނުން، ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑާލާނެ ކަަމަށް ވަނީ ބުނެފައެވެ. ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓ...
މުޙައްމަދު އަފްރާޙް
ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލި މައްސަލާގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ހާމިދު އަބްދުލްޢަފޫރު ތުހުމަތުގެ އިނގިލި ދިއްކުރައްވައިފިއެވެ. ނޮޅިވަރަމްގައި މި ސަރުކާރުން ޓާފް އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައިވާ ޓާފްތަކުގައި ބަޔަކު ރޯކޮށްލީ އަންގާރަ ދުވަހުގެރެއެވެ. 2019 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން އެރަށަށް ގެންގޮސްފައި ހު...
ޔުމްނާ ޢަލީ
އާރުޓީއެލް ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ދިވެހި ފުލުހުން ޓްރެއިން ޕްރޮގްރާމެއް ހިންގައިފިއެވެ. ފުލުހުންގެ ރޯޑްސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓާއި، އެމްޓީސީސީގެ ޓްރެއިނިންގ ޑިޕާޓްމަންޓް ގުޅިގެން އާރުޓީއެލް ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ހިންގި މި ޕްރޮގްރާމަކީ ސޭފް ޑްރައިވިންގ އެންޑް ރޯޑްސޭފްޓީ ޓްރެއިނިންގ ޕްރޮގްރާމެކެވެ. މިދިޔަ ހޯމައާއި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތާއި ބަހު...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިސްނަގައިގެން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފިއެވެ. ކައުންސިލު ޚަރަދުގައި ބޯޑު ހަދައި، ބާރަށުގެ 20 ސަރަހައްދެއްގައި މި ބޯޑުތައް ވަނީ ހަރުކޮށްފައެވެ. މި ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބާރަށު ފެނަކަ ބްރާންޗްގެ މުވައްޒަފުންނެވެ. މިކަމާއި ގުޅޭގޮތިން “ތިލަދުން” އާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ ރަށުގެ އެކި ސަރަހ...
އިބްރާހިމް ޚަލީލް
ދިވެހި ފަންނާނުން ހާއްސަކޮށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން ގެނެސް، މި ފެށޭ ފެބްރުއަރީ މަހު އޮލިމްޕަސް ހުޅުވާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ އޮލިމްޕަސް ހުޅުވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށެވެ. ފެބްރުއަރީ މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ރޭ، އޮލިމްޕަސް ހުޅުވުމަށް ބާއްވާ މި ރަސްމިއްޔާތުގައި މުނިފޫނިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތްކޮށްފަ...
މުޙައްމަދު އަފްރާޙް
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް، އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކުރައްވައިފިއެވެ. އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް އެ ކޮމިޝަނ...
މުޙައްމަދު އަފްރާޙް
އިންޑިއާއަކީ އެޤައުމުގެ ދުސްތޫރީވެރިކަން ހިންގުމުގައި ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ޤައުމުތަކަށް އަލިގަދަ ނަމޫނާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ އިންޑިއާގެ ޤާނޫނު އަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަޞައްވުރަކީ ފުރިހަމަ ނަމޫނާއެއްކަން ވެސް...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ އެންމެހާ ކަންކަން ސިވިލްސާވިސް ކޮމިޝަނުން ކުރިއަށް ގެންދަން ނިންމާފައިވާކަން އެ ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް އަންގައިފިއެވެ. ސިވިލްސާވިސް ކޮމިޝަނުން މިކަން އިހަވަންދޫ ކައުންސިލަށް އަންގާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ. އެ ސިޓީގައި ވަނީ ސިވިލަސާވިސްގެ ގާނޫނުގެ ދަށުން އެކަށައަޅާފައިވާ މުޅި ސިވިލްސާވިސްގެ ނިޒާމުގެ މަޤުޞަދަކީ އިސްތިސްނާ ކުރެވިފައިވާ ފަރާތްތައް ފިޔަވައި ދައުލަތުގެ އި...
އިބްރާހިމް ޚަލީލް
މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑަުަޔަލިސިސް ސެންޓަރެއް ހަދައިދީފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ އެ ސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހެދި ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން އެ ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ […]
އަޙްމަދު ވަހީދު
ރާއްޖެއާއި ޕޮލެންޑުގެ ދެޤައުމުގެ ގުޅުން ކުރިއެރުވުމަށް ޕޮލެންޑުގެ ސަފީރު، ހިޒް އެކްސެލެންސީ އެޑަމް ބްރަކޮވްސްކީ ދެއްވާ އަހަންމިއްޔަތުކަމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް ޝުކުރު އަދާކުރެއްވީ އެމަނިކުފާނު، ރައިސް ސާލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕޮލެންޑުގެ ސަފީރަށް މަރުޙަބާއާ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ ކުރިޔަށް އޮތ...
މުޙައްމަދު އަފްރާޙް
ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ މިޑްފީލްޑަރ މާސެލް ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. އުމުރުން 28 އަހަރުގެ ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ޔުނައިޓެޑަށް ގެނެސްފައި މި ވަނީ އެ ޓީމްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އައި ކްރިސްޓިއަން އެރިކްޝަންއަށް އަނިޔާވެ ދެ މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަން ޔަގީންވެ އެ މަގާމަށް ކުޅޭ ކުޅުންތެރިން މަދުވުމާއި […]
އިބްރާހިމް ޚަލީލް
މާލެއާއި ހުޅުމާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ހަދަން ތައްޔާރުވެއްޖެއެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ މި ތަމްރީނުތައް ފަށާނީ މާދަމާ ކަމަށެވެ. އަދި މި ތަމްރީނުތައް ކުރިއަށްދާނީ މާލެ އާއި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ކަމަށެވެ. މިއީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް ކަމަށާއި މާދަމާއިން ފެށިގެން ފެބްރިއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށް މި ތަމްރީނުތައް ކުރިއަށް […]
މުޙައްމަދު އަފްރާޙް
ދީނީ އިލްމު ވެރިޔާ ޝައިޚް ފަޒްލޫނު މުހައްމަދުގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އެޅުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ކުށަކަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާގެ ހެނދުނު 9:00 އަށެވެ. ޝައިޚް ފަޒްލޫން ހައްޔަރުކުރީ ފައިބެއަހަރުގެ ޖޫން މަހުގެ 21 ވަނ...
މުޙައްމަދު އަފްރާޙް
ހައި ކޯޓުގައި ޔާމީންގެ ހުކުމް އިސްތިއުނާފުކޮށް، އެ މައްސަލަ ބަލައި، މާރޗު މަހުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ. ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ އިސްތިއުނާފު މަރުހަލާ ހިނގާލެއް އަވަސްވާނެ ކަމަށާއި ހައި ކޯޓުގައި ވެސް އާންމުކޮށް ބާއްވާ އިސްތިއުނާފު މައްސަލަތަކުގައި ބާއްވަނީ ދޭއް ނުވަތަ ތިނ...
މުޙައްމަދު އަފްރާޙް
ޗެލްސީއަށް ކުޅެމުން އައި އިޓަލީގެ މިޑްފީލްޑަރ ޖޯޖީނިއޯ އާސެނަލް އަށް ވިއްކާޅުމަށް ޗެލްސީން ނިންމައިފިއެވެ. އުމުރުން 31 އަހަރުގެ ޖޯޖީނިއޯ ޗެލްސީއާއި ގުޅިފައި ވަނީ 2018 ވަނަ އަހަރު އިޓަލީގެ ނަޕޯލީންނެވެ. ޖޯޖީނިއޯ ޗެލްސީއާއިއެކު މިހާރު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ޖޯޖީނިއޯއަށް ދިނުމަށް ނިންމާފައި ވަނީ 18 މަސްދުވަހުގެ ކޮންޓްރެކްޓެކެވެ. އާސެނަލުން އެ ޓީމްގެ މިޑްފީލްޑް ރަނގަޅު ކުރުމަށް މި ޓްރާންސްފާ ވިންޑޯގައި ފުރަތަމަ ހޯދުމަށް މަސައްކަތް...
އިބްރާހިމް ޚަލީލް
ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާަ ގޮތުގައި މި މަޝްރޫއުގެ، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، އައު ހާބަ ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތުގެ 92 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ. މި މަޝްރޫއުގެ ދަށުން، 30،933 ކިއުބިކް މީޓަރުގެ ސަރަހައްދެއް...
އަޙްމަދު ވަހީދު
މިހާރު ހަނިމާދޫގައި ކުރިއަށްދާ “ހަނިމާދޫ ލީގް 2022/23” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ވާދަވެރި ކުޅުމަކަށް ފަހު ޔޫތު ފްރެންޑްސް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއާއި އަހުލީއެވެ. މި މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއެވެ. މި މެޗުގައި ފުރަތަމަ ހަތަރު ލަނޑު ވެސް ޖަފާހައި ވަނީ ޔޫތު ފްރެންސް އިންނެވެ. އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އާލިފް […]
އިބްރާހިމް ޚަލީލް