މަސްތުވާތަކެއްޗާއެކު ދުވާފަރުން ހައްޔަރުކުރި މީހާ 7 ދުވަހަށް ބަންދަށް
ރ. ދުވާފަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފިއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 19 ވަނަ ދުވަހު ދުވާފަރުގައި ހިންގި އެ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ރަށު އަނބުމާގެ، ޢަލީ ޢަބްދުﷲ (38އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ މައްޗަށް...