ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 20 މީހަކު ޝަހީދުކޮށްލައިފި
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 20 މީހުން ޝަހީދުވެއްޖެއެވެ. އޮކްޓޫބަރު 2025 ގައި އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ޑްރޯން ހަމަލާތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާއަށް ދަނީ ދެމުންނެވެ. މީގެ އިތުރުން، ޖެނުއަރީ 2024 ގައި އުމުރުން ފަސް އަހަރުގެ ހިންދު ރަޖަބާއި އޭނާގެ އާއިލާގެ ހަ މެންބަރަކު މަރާލި މައްސަލައިގެ ޖިނާއީ ތަހުގީގެއް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ވ...