ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން 13 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ މި ސީޒަންގައި އަމިއްލަ ދަނޑުގައި ބާސާ އަތުން ޕޮއިންޓް ގެއްލުނު ތިންވަނަ މެޗެވެ. ރޭގެ މެޗު ބާސާއިން ކޮންޓްރޯލް ކުރި ނަމަވެސް ޖިރޯނާއިން ވަނީ ބާސާއާއި […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސް އިން ރޯދަމަހަށް ހާއްސަކޮށްގެން ބޭއްވި އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނިން ހޯދައިފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ މި މުބާރާތުގެ ފައިނަލް ކުޅެފައިވާ އިރު، މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނިން ހޯދާފައިވަނީ ޓީމް ބްރޯލާޒްއާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނަ ހޯދި ޓީމުތަކަށް މެޑަލް އާއި ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ރަމްޒީ ލިޔުން ހަވާލު ކޮށްދެއްވީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ވައިސް […]
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، އިބްރާޙީމް ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކ. ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރިގޮތް...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހަނިމާދޫއާއި ގުޅުންހުރި މުހިންމު ކަންތައްތަކާއި މަޝްވަރާ ކުރެއްވުމަށް، ބައެއް މިނިސްޓްރީތަކާއި ބައްދަލުކުރެއްވުމަށް ރަސްމީ ދަތުރެއްގައި ހަނިމާދޫ ކައުންސިލުގެ ހުރިހާ މެމްބަރުން މިވަގުތު ތިއްބެވީ މާލޭގައެވެ. ހަނިމާދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް މަޝްވަރާކުރެއްވުމަށް އެ ކައުންސިލުން ވަނީ އިއްޔެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލ...
އިބްރާހިމް ޚަލީލް
ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީން ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ”އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟” މި މައުޟޫޢަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. އިސްލާމިކް މިނިސްޓްރީން މިއަހަރު އިންތިޒާމް ކުރެއްވި 11 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިޠުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭ...
ޔުމްނާ ޢަލީ
ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެންގި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް 52 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އެންގީ އެ މައްސަލާގައި ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުންނެވެ. އެ […]
ހުސައިން ހަބީބް
ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފި އެވެ. އޭނާ އެމްޑީޕީއަށް ސޮއިކުރައްވާފައިވާކަން އެ ޕާޓީން މިއަދު ވަނީ ހާމަކޮށްފައެވެ. މުސާ ސާފިލް އެމްޑީޕީއަށް ސޮއިކުރައްވާ ފޯމް އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް އާއި ހަވާލުކުރައްވާފައިވާއިރު، އޭނާ ސޮއިކުރެއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް އަކީ މިނިވަން ކެންޑިޑޭޓެއ...
ޔުމްނާ ޢަލީ
ށ. ފުނަދޫގައި އައު ހޮސްޕިޓަލެއް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު އިއުލާންކޮށްފިއެވެ. ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަކީ މިހާރު ވެސް އެ އަތޮޅު، އަތޮޅު ހޮސްޕިޓަލް ހުންނަރަށެވެ. ފުނަދޫގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޢިއުލާންގައި ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު އެދިލެއްވުމުގެ މަތިން، ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން މިސައްކަތަށް ބީލަން ހ...
ޔުމްނާ ޢަލީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ނައިބު ރައީސް ފައިޞަލް ނަސީމު އެދިވަޑައިގެންފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން ބޭއްވި “ފަހިރާސްތާ” ހޭލުންތެރިކުރުމުގެ ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުގެ އެދި އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އަނބިދަރިންނ...
މުޙައްމަދު އަފްރާޙް
ދައުރުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލައިގާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ. އޭނާ ހުށަހެޅުއްވި މި މައްސަލައިގަ މަޖިލީހަށް ބަލައިގަތީ 19 މެމްބަރުންގެ ތާއީދާއި އެކުގައެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ ސީނިއަރ އެޑިޓަރަކާއި ނޫސްވެރިއަކަށް އިންޒާރު ދީފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ސަރުކާރުން ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު އަދި ސަން ސިޔާމް ރިސޯޓްގެ ވެރިޔާ އަހ...
މުޙައްމަދު އަފްރާޙް
މާދަމާއިން ފެށިގެން ގޮވާމުން ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން މި ހިނގާ އޭޕްރިލް މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ދެއްކޭނެ ކަމަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް [...
މުޙައްމަދު އަފްރާޙް
މިއަހަރުގެ މާރިޗު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.19 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. އެ އޮތޯރިޓީން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %1.2 ދަށް އަދަދެއް ކަމަށެވެ. އެހެންނަމަވެސް، މާރިޗު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %6.4 އިތުރު އަދަދެއް ކަމަށެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ މާރިޗު ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިއަހަރުގެ މާރިޗު ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު […]
މުޙައްމަދު އަފްރާޙް
އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު، ޓީމު ބުލެކް އީގަލްސް އިން ކާމިޔާބުކޮށްފިއެވެ. ކ. ހުރާ، ހުއްރިޔާ ސްޕޯޓްސް ކުލަބުގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ އެޓީމާ ބައްދަލު ކުރީ ލަންކާގެ ޖޫނިއަރ ގައުމީ ޓީމްގެ ކުޅުންތެރިޔާ ޕަތުން ދިލްޝާން ގެ އިތުރުން ފާޒިލް އަދި ޔަންމާ ހިމެނޭ ހުރާގެ ޓީމް ތަންޑަރ ބޯލްޓެވެ. ސްރީލަންކާގެ ގައުމީ ޓީމުގެ އިސުރު އަދި ދީޕްތީ އިތުރުން ލަންކާގެ ގައުމީ ޓީމުގެ ތަޖުރިބާކާރު […]
މުޙައްމަދު އަފްރާޙް
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުން ޝާންގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި އެވެ. ރާއްޖޭގައި އުޅުނު ކެންޔާ އަންހެނަކަށް 2020 ވަނަ އަހަރު ސަފާރީއެއްގެ ތެރޭގައި ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ލ. ގަމު ތުނޑި، ނޫރަންގޭ ޝާންގެ މައްޗަށެވެ. އިތުރު ދެ މީހަކަށް ދައުވާކުރަން އެދުނަސް, ޕީޖީން ނިންމާފައި އޮތީ އެ […]
ހުސައިން ހަބީބް
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން އެސްޓީއޯ އާ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދު އެވެ. މި އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް އެސްޓިއޯ އިން ބުނެއެވެ. ރާއްޖޭގެ ސިއްހީ ނިޒާމު […]
މުޙައްމަދު އަފްރާޙް
އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް 2024 ގައި ބޭނުންކުރެވޭވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އައު އިމާރާތުގެ ކޮންސެޕްޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޑީޓެއިލް ޑްރޯވިންގ ގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން ބާ ޖަމާލުއްދީންގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް […]
މުޙައްމަދު އަފްރާޙް
ހއ. ދިއްދޫ ބަނދަރަށް ކުނި ނޭޅުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިގޮތުން އެ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ބަދިގެތަކުގައި އުފެދޭ ކުނިވާޒާތުގެ ތަކެތި، މިހާރަކަށް އައިސް އެރަށު ބަނދަރަށް އަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ކައުންސިލުން ކުރިން ވެސް މަނާ ކޮށްފައިވާ ކަމެއް ކަމަށާއި މިގޮތަށް އެއްވެސް ބާވަތެއްގެ ކުންޏެއް ބަނދަރަށް އެޅުމަކީ ބަނދަރުގެ ސާފުތާހިރުކަން ގެއްލި، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތިތައް ކުރިމަތުވަމުންދާ ކަމެއްގެ ގޮ...
މުޙައްމަދު އަފްރާޙް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރާއި ފެއިހާ އެފްސީ ބައްދަލުކުރި މެޗު އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަލް އިއްތިހާދުން ލީޑު ފުޅާކޮށްފިއެވެ. ރޭ އަލް ފެއިހާ އެފްސީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ ނަސްރާއި އެއްވަރު ކޮށްފައެވެ. މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މި މެޗުގައި ނަސްރުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ […]
އިބްރާހިމް ޚަލީލް