ހއ. ދިއްދޫ ބަނދަރަށް ކުނި ނޭޅުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
މިގޮތުން އެ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ބަދިގެތަކުގައި އުފެދޭ ކުނިވާޒާތުގެ ތަކެތި، މިހާރަކަށް އައިސް އެރަށު ބަނދަރަށް އަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިއީ ކައުންސިލުން ކުރިން ވެސް މަނާ ކޮށްފައިވާ ކަމެއް ކަމަށާއި މިގޮތަށް އެއްވެސް ބާވަތެއްގެ ކުންޏެއް ބަނދަރަށް އެޅުމަކީ ބަނދަރުގެ ސާފުތާހިރުކަން ގެއްލި، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތިތައް ކުރިމަތުވަމުންދާ ކަމެއްގެ ގޮތުގައި ދިއްދޫ ކައުންސިލުން ފާހަގަކުރައްވާފަވެއެވެ.
އެހެންކަމުން ރަށުގެ މޫނުމަތި ކަމުގައިވާ ރަށުގެ ބަދަރު ސާފުތާހިރުކޮށް ބޭއްވުމަށް އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ބަނދަރާއި ބަނދަރުގެ އެއްވެސް ސަަރަހައްދަކަށް ނޭޅުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!