ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 6،525 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 310 މީޓަރުގެ އެއްގަމުތޮށި ލުމާއި 704 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ...
އަޙްމަދު ވަހީދު
ވައިގެމަގުން އަބޫދާބީއިން ރާއްޖެ އައި ފަސިންޖަރެއްގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ރަން ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. އެ އިދާރާ އިން ބުނީ ވިޒްއެއާރ ފްލައިޓް ނަންބަރު W57105 އިން މާރިޗު 17 ވަނަ ދުވަހު ރާއްޖެއައި ފަސިންޖަރަކާއިމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން މި މީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު، ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮފައި ހުރިކަން ފާހަގަކުރެވުނެވެ. މި ތަކެއްޗާއި ބެހޭގޮތުން މި ފަސެންޖަރާއި ސުވާލުކ...
މުޙައްމަދު އަފްރާޙް
ރ. މަޑުއްވަރީގައި ހިނގި ހާދިސާއެއްގައި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްްޖީ) އަހުމަދު އަސްލަމް މިއަދު ނިޔާވެއްޖެ އެވެ. އަސްލަމް ނިޔާވީ އެރަށުގައި މިއަދު ހިނގި ހާދިސާއެއްގައި ޕިކަޕަކާއި ފާރަކާއި ދެމެދު ފިތިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އެސްޖީ އަސްލަމް ނިޔާވީ، ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭގައި ޕިކަޕް ފަހަތުގައި އެސްޖީ އަސްލަމް ހުންނަވަނިކޮށް ފާރާއި ޕިކަޕްދޭތެރޭ ފިތިގެންކަމަށެވެ. އަދި އެއީ ކައުންސިލް އިދާރާގެ ޕިކަޕެއް ކަމަށާއި، ޕިކަޕް އުޅުނީ ފަ...
ޔުމްނާ ޢަލީ
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މާރިޗް 29 އަދި 31 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މިގޮތުން މާރިޗް 29 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ދެ ޕެކޭޖެއްގެ ތެރޭގައި ހުރި 6 ދަޅަކުންނާއި މާރިޗް...
މުޙައްމަދު އަފްރާޙް
ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރައްވާފައިވަނީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ޤައުމުގެ ދެމެދުގަ...
މުޙައްމަދު އަފްރާޙް
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން “ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ނަން “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ގެ ނަމަށް ބަދަލުކޮށް، އަންނަ އަހަރު މުޅި އަތޮޅަށް ހުޅުވާލަން ނިންމައިފިއެވެ. އެ ކުލަބުން މިކަން އިޢުލާން ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މި އަހަރުގެ ދިއްދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ގްރާންޑް ފިނާލޭ ޝޯގައެވެ. މި ބަދަލާއި ގުޅޭގޮތުން […]
އިބްރާހިމް ޚަލީލް
ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރި މެޗު ޓީމު މަންފާ އިން ކާމިޔާބުކޮށްފިއެވެ. އަންހެން ޑިވިރަންގެ މި މެޗު ހުރައަށް ނިސްބަތްވާ ޓީމް މަންފާ އިން ކާމިޔާބުކުރީ ހިންމަފުއްޓާ ބައްދަލިކޮށް ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 23/25، 16/25 އަދި 19/25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓީމް މަންފާގެ ޖާރޒީ ނަންބަރ 10 އައިޝަތު މާޖިދާ (މާޖީ) އަަށް އިނާމު […]
މުޙައްމަދު އަފްރާޙް
އާބަންކޯގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮމިއުނިޓީ ރޯދަ ވީއްލުން މިއަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ބާއްވައިފިއެވެ. އެ ކުންފުނިން ކޮންމެ އަހަރަކު “ކޮމިއުނިޓީ” ރޯދަ ވީއްލުން ބާއްވަނީ ބަދަހި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުންނެވެ. މިއަހަރުގެ ރޯދަވީއްލުމުގައި އޯޓިޒަމް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ 192 ކުދިންނާއި އެ ކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުންނަށް ދައުވަތު ދީފައިވެއެވެ. ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ރޯދަ ވީއްލުމުގައި ރޮބޯމޭންގެ ހަރަ...
އަޙްމަދު ވަހީދު
ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރޫފް ސްޓްރަކްޗާ ހެދުމުގެ މަސައްކަތް ނިމިފައެވެ. އެ ސައިޓުގައި މިހާރު ކުރިއަށްދަނީ ރޫފިން ޝީޓް ހަރުކުރުމާއި ޕްލާސްޓަރިންގެ މަސައްކަތެވެ. ހޯރަފުށީގައި އިމާރަތްކުރުމުގެ މަސައްކަތް ފަށާފައިވާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައ...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ޖުމްލަ 21 ހަމަލާއެއް ވަނީ އުފައްދާފައެވެ. މިއީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭ ޔުނައިޓެޑުން ލީގުގައި […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ. މިރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޗެލްސީގެ ނަތީޖާތައް ބޮޑުތަނުން ދައްވުމާއި ގުޅިގެން އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ވަކިކުރުމަށް ފަހު ޗެލްސީން މި ސީޒަންގެ ނިޔަލަށް ކޯޗެއްގެ ގޮތުގައި ލަމްޕާޑް ހަމަޖައްސާފައި ވަނީ ދާދި ފަހުންނެވެ. މިރޭ ވުލްވްސްއާއި ދެކޮޅަށް ޗެލްސީ ކުޅުނު […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމަށް ތާއީދު ކުރުމުގެ ގޮތުން މިއަދު ސައިކަލް ބުރެއް ބާއްވައިފިއެވެ. މި ސައިކަލް ބުރަކީ ނާޒިމަށް ތާއީދު އޮތްކަން އަންގައިދިނުމަށް ޒުވާނުންތަކެއް ބޭއްވި ސައިކަލް ބުރެކެވެ. ވެރިރަށް މާލޭގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިކަމަށް އެމްއެންޕީން ބުނެއެވެ. މި ސައިކަލް ބުރުގައި ޒުވާނުން ތިބީ އެމްއެންޕީގެ ދިދަ ހިފައިގެންނެވެ. އަދި ނާޒިމަށް […]
ޔުމްނާ ޢަލީ
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. އެ ދައުވާ އަނބުރާ ގެންދަން ނިންމި ސަބަބެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ. ކްރިމިނަލް […]
ހުސައިން ހަބީބް
ދަރިންގެ މައްޗަށް މައިން ނުވާނެ ގުރުބާނީއެއް ނޯންނާނެއެވެ. އެއީ ތަކުލީފުތަކުން ފުރިގެންވާ ޤުރުބާނީއަކަށް ވީ ނަމަވެސް މެއެވެ. ދަރިންގެ މައްޗަށް މައިންބަފައިންގެ ހިތުގައި އޮންނަ ކުލުނަކީ އެހާވެސް ހާއްސަ އެހާމެ ބާރުގަދަ ގުޅުމެކެވެ. ހއ.ބާރަށު އިސާމާއާއި މުޙައްމަދު ޠާހާގެ ފަރާތުން ވެސް ފެންނަން އޮތީ އެކަމެވެ. ދެ މީހުންގެ ތިންވަނަ ދަރިފުޅު ނާފް މުޙައްމަދު ޠާހާ އުފަންވެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނާފް އުފަންކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ސިޒޭރިއަން ހެދުމުގެ […]
އިބްރާހިމް ޚަލީލް
ސަރުކާރުން ރާވާފައިވާގޮތުގައި މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ގައުމުގެ ޒުވާނުން މަސައްކަތެއް ނެތި، މަގުމަތީގައި ތިބޭތަން ފެނުމުން ދެރަވާ ކަމަށާއި އެމީހުން އެހެން ތިބެން އެ ޖެހެނީ އެމީހުންނަށް ބޭނުންވާ އަޅައިނުލާ އެއްބާރުލުން ނުލިބޭތީ ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
ނ. މަނަދޫ ގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެރަށު ކައުންސިލުން ބުނީ އެކަނި ދިރިއުޅެމުން އައި ނައީމާ މޫސާގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބާއްވާނެ ކަމަށެވެ. އުމުރުން 62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިިޕޯޓުކުރުމުން، ނައީމާގެ ގެއަށް ގޮސް ކޮޓަރީގެ […]
މުޙައްމަދު އަފްރާޙް
ގުރައިދޫ އިލެކްޝަނަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓޫގެ ރިޔާސީ ކެންޑިޑޭޓު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެކަމުގެ ހެކި ވަރަށްބޮޑަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން އެދާއިރާގެ ރަށެއް ކަމަށްވާ ގުޅީގެ ފަޅު ހިއްކަން ފެށުމަށް ތައްޔާރުވުމާއި މާފުށި ހިއްކި ބިމުން ގޯތި ދޫކުރަން ނިންމުން ވަނީ ނާޒިމް ފާހަގަކުރައްވާފައެވެ. […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ މިހައިތަނަށް އެންމެގިނަ ފަތުރުވެރިން އައީ ރަޝިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޭފްރީލް މަހާއި ހަމައަށް 55،5537 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 21.6 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ މިނިސްޓްރީން ހާމަކުރާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 457005 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުން ދައްކ...
މުޙައްމަދު އަފްރާޙް