މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,467 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1070 ވަނަ ޞަފްޙާ

ބައްސާމާ، ދިއްދޫގައި ހުރި ހަމައެނި ހާފިޒާ، ކާމިޔާބީއާއި ގުޅިފައި ވަނީ މަންމަ ދިން ހިތްވަރާއި ވަރުގަދަ އަޒުމް

ބައްސާމާ، ދިއްދޫގައި ހުރި ހަމައެނި ހާފިޒާ، ކާމިޔާބީއާއި ގުޅިފައި ވަނީ މަންމަ ދިން ހިތްވަރާއި ވަރުގަދަ އަޒުމް

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދިޔަ “ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ކާމިޔާބުކޮށް ދިއްދޫގެ އެންމެ އަލިގަދަ ތަރިއަށް ހޮވުނު އަލް ހާފިޒާ ބައްސާމާ ސުލައިމާން، ފުނަކުރި / ހއ.ދިއްދޫ، އަކީ ޤުރުއާނުގެ ފަންނުގައި އެ ރަށަށް ވެސް އަދި އެ އަތޮޅަށް ވެސް އައު ނަމެއް ނޫނެވެ. އޭނާވަނީ އުމުރުން އެންމެ ސޯޅަ އަހަރުގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ޤުރުއާނާއި ބެހޭ […]

އިބްރާހިމް ޚަލީލް
އެމްއޭ ކަޕް ވޮލީ މުބާރާތް: ރޭގެ މެޗު އެންމެފަހުގެ ޗެމްޕިއަން ބިއުޓީސް އަށް

އެމްއޭ ކަޕް ވޮލީ މުބާރާތް: ރޭގެ މެޗު އެންމެފަހުގެ ޗެމްޕިއަން ބިއުޓީސް އަށް

ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ އަންހެން ޑިވިރަންގެ ރޭގެ މެޗު އެންމެފަހުގެ ޗެމްޕިއަން ހުރައަށް ނިސްބަތްވާ ޓީމު ބިއުޓީސް އިން ކާމިޔާބުކޮށްފިއެވެ. އެޓީމުން މި މެޗު ކާމިޔާބުކުރީ ރޭ ކުޅުނު މެޗު ޓީމް ތުލުސްދޫ އާ ވާދަކޮށް ސީދާ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ވޮލީ ކޯޓުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 18/25 ،13/25 ،12/25 އިންނެވެ. ރޭގެ […]

މުޙައްމަދު އަފްރާޙް
އެމްއެންޕީން ބޭއްވި ޕީއެސް 5 ފީފާ މުބާރާތް ބައުންޓީސް ހަންޓާސް ކާމިޔާބުކޮށްފި

އެމްއެންޕީން ބޭއްވި ޕީއެސް 5 ފީފާ މުބާރާތް ބައުންޓީސް ހަންޓާސް ކާމިޔާބުކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން އިންތިޒާމް ކުރި ޕީއެސް 5 ފީފާ މުބާރާތް ބައުންޓީ ހަންޓާސް ކާމިޔާބުކޮށްފިއެވެ. 7 ދުވަހަށް ދެމިގެން ދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމް ހަވާލު ކޮށްދެއްވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއެވެ. ރަނަރަޕް ހޯދި ޓީމަށް ޕާޓީގެ ނާއިބު ރައީސް އަހުމަދު އުޝާމް، އިނާމު ހަވާލުކޮށްދިންއިރު، 3 ވަނައާއި 4 ވަނަޔަށް އިނާމް ހަވާލު ކޮއްދެއްވީ ޕާޓީގެ ނާއިބް ރައީސް ދުންޔާ މައުމޫންއެވެ. […]

މުޙައްމަދު އަފްރާޙް
ތަފާތު ބޮޑުކޮށް ބަޔާން ބަލިކޮށް، ސިޓީ ސެމީ ފައިނަލާއި ގާތަށް

ތަފާތު ބޮޑުކޮށް ބަޔާން ބަލިކޮށް، ސިޓީ ސެމީ ފައިނަލާއި ގާތަށް

ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލާއި ފިޔަވަޅަކަށް ގާތަށް ސިޓީ ޖެހިލައިފިއެވެ. ރޭ މި ދެ ޓީމް ވާދަކުރި ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ސިޓީގެ ދަނޑުގައި ކުޅެފައިވާއިރު، ސިޓީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ލަނޑު ޖަހާނެ […]

އިބްރާހިމް ޚަލީލް
ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ބ. ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ، ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 7،800 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައިގެން ގޮނޑުދޮށް ހެދުމާއި، 610 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް...

އަޙްމަދު ވަހީދު
ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ވ. ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ، ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 12،800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ބޭރުތޮށި ލުމާއި، 482 މީ...

އަޙްމަދު ވަހީދު
ހޯރަފުށީގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ހޯރަފުށީގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުގައި މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” އާ އެގޮތަށް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ފިނޭންސްގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑ...

މުޙައްމަދު އަފްރާޙް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އާބަންކޯއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގެ ލޮޓް ނަންބަރު 20243 ގައި ޤާއިމު ކުރެވޭ މި މިސްކިތަކީ 11،643.74 އަކަފޫޓުގެ ޖާގައި ގައި ޤާއިމު ކުރެވޭ މިސްކިތެކެވެ. މި މިސްކިތުގައި 3 ފަންގިފިލާ ހުންނަ އިރު، 521 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އާބަންކޯ ގައި ބޭއްވި […]

އަޙްމަދު ވަހީދު
ހުޅުމާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފި

ހުޅުމާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފި

މަޝްހޫރު ފްރާންޗައިޒް، ކޭއެފްސީގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވާލައިފިއެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލެ ފުރަތަމަ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައެވެ. އާބަން ކޯއިން އަންނަނީ ހުޅުމާލެއަށް ތަފާތު ބައިނަލްއަގުވާމީ ފްރާންޗައިޒްތައއ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕިއއޒާ ހަޓްގެ އައުޓްލެޓެއްވެސް މިހާރު ވަނީ ހުޅުމާލޭގައި ހުޅުވާފައެވެ. ކޭއެފްސީގެ އައުޓްލެޓުތައް މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ހުރެއެވެ. ހުޅުމާލެ ތަރައްގީކޮށް، ތަފާ...

އަޙްމަދު ވަހީދު
މާއުނގޫދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މާއުނގޫދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 32 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ […...

އަޙްމަދު ވަހީދު
ޔާމީނަށް 52 މިލިއަންގެ މައްސަލަ ކާމިޔާބު, ފުއްގިރި މައްސަލަ ނާކާމިޔާބު

ޔާމީނަށް 52 މިލިއަންގެ މައްސަލަ ކާމިޔާބު, ފުއްގިރި މައްސަލަ ނާކާމިޔާބު

ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެންގި މައްސަލަ ހައި ކޯޓުން އެމަނިކުފާނަށް  ކާމިޔާބުވެ އަދި ރ. ފުއްގިރި މައްސަލާގައި އެމަނިކުފާނު ކުރެއްވި އިސްތިއުނާފް މިއަދު ނާކާމިޔާބުވެއްޖެ އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން […]

ހުސައިން ހަބީބް
އެމްއޭ ކަޕް ވޮލީ މުބާރާތް: ރޭގެ މެޗު ޓީމު މަންފާ އިން ކާމިޔާބުކޮށްފި

އެމްއޭ ކަޕް ވޮލީ މުބާރާތް: ރޭގެ މެޗު ޓީމު މަންފާ އިން ކާމިޔާބުކޮށްފި

ކ. ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ޓީމު މަންފާ އިން ކާމިޔާބުކޮށްފިއެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ ހިންމަފުށި ސްޕޯޓްސް އާއި ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ. ސެޓުތައް ގެންގޮސްފައި ވަނީ 20/25 ،25/22 ،12/25 ،20/25 އިންނެވެ. ހިންމަފުށި ސްޕޯޓްސް ކުލަބާއި ލަންކާގެ ގައުމީ ޓީމްގެ މަހޭސް އަދި ކުޅަދާނަ ބީޗް ވޮލީ ކުޅުންތެރިޔާ މުޙައްމަދު އަލީ (ޑެންޒޯ) ހިމެނޭ ހުރާގެ ޓީމް މަންފާ ރޭ މި މެޗު […]

މުޙައްމަދު އަފްރާޙް
ސިޔާސީ ފަސް ޕާޓީއަކަށް 36 މިލިއަން ރުފިޔާ، ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވައިފި

ސިޔާސީ ފަސް ޕާޓީއަކަށް 36 މިލިއަން ރުފިޔާ، ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވައިފި

ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން ބުނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފިޔަވައި ޝަރުތުރު ހަމަވާ 5 ޕާޓީއަށް ފައިސާ ދޫކުރުމަށް އެދިފައިވާ ކަމަށެވެ. އެމްއެންޕީ އަށް ފައިސާ ދޫކުރަން ފޮނުވިފައި ނުވަނީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ ކަމަށް އީސީ އިން ބުނެއެވެ. އެހެންނަމަވެސް އެއީ ކޮން މައުލޫމާތުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ. ސިޔާސީ ޕާޓީތައް ހިނ...

މުޙައްމަދު އަފްރާޙް
ފެނަކަ އާއި ގުޅިގެން އާދަމް ޝަރީފް ހުށަހެޅި މައްސަލަ މަޖިލީހުން ބަލައެއް ނުގަތް

ފެނަކަ އާއި ގުޅިގެން އާދަމް ޝަރީފް ހުށަހެޅި މައްސަލަ މަޖިލީހުން ބަލައެއް ނުގަތް

ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭކަމަށް ބުނާ ފައިސާ އަވަސްކޮށްދިނުމަށް އެދި ގޮވައިލާ ހުށަހެޅި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ. މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ. މި މައްސަލަ ބަހުސްކުރަން ނުފެންނަކަމަށް 18 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. މިފަދަ މައްސަލަ އެއް ފެންމަތިވެފައިވާކަމަށް ބުނާއިރު، މި މައްސަލައާއި ގުޅިގެ...

މުޙައްމަދު އަފްރާޙް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި އެ ޕްރައިމަރީ ބާތިލްކުރަން މައްސަލަ ހުށަހެޅީ އަލީ އަމްޖަދު ކިޔާ މީހެކެވެ. އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ އަމްޖަދަކީ މައްސަލަ ހުށަހެޅިއިރު އެމްޑީޕީގެ މެމްބަރަކަށް ނުވާތީ އެމްޑީޕީގެ ފަރާތުން އިޖްރާއީ ނުކުތާއެއް ހުށަހެޅުމުންނެވެ. ހުކުމުގައިވަނީ އަމްޖަދަު ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް ބުނާ...

ހުސައިން ހަބީބް
ދިއްދޫއިން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ކަނޑައަޅައިފި

ދިއްދޫއިން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ކަނޑައަޅައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގެ އަގު އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ އެއްފަހަރާ ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގަކީ އަކަފޫޓަކަށް (50) ރުފިޔާ ކަމަށް ކަނޑަ އަޅާފައެވެ. މީގެއިތުރުން އެކިފަހަރުމަތީން ދިގު މުއްދަތުގައި ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގަކީ އަކަފޫޓަކަށް (60) ފަސްދޮޅަސް ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ “ބަންޑާރަ ގޯތި އަމިއްލަ ކު...

އިބްރާހިމް ޚަލީލް
ޗަމްޕާ ބްރަދާސް އިން ހަވާލުކުރި ކާށިތައް މާލޭ ސިޓީ ކައުންސިލުން ބަހަން ފަށައިފި

ޗަމްޕާ ބްރަދާސް އިން ހަވާލުކުރި ކާށިތައް މާލޭ ސިޓީ ކައުންސިލުން ބަހަން ފަށައިފި

ޗަމްޕާ ބްރަދަރސް އިން ހަވާލުކުރި ކާށިތައް މާލޭ ސިޓީ ކައުންސިލުން ބަހަން ފަށައިފިއެވެ. ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދަރސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވަނީ 30 ހާސް ކާއްޓެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން މި އޭޕްރިލް މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކާށި ބަހާނެ ކަމަށާއި ކާށި ބެހުމުގެ ކަންކަން ކުރިއަށް ދަނީ މާލެސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ގައި ކަމަށެވެ. މި […]

މުޙައްމަދު އަފްރާޙް
ރައީސްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް، ސަމާލުވާން އެދިއްޖެ

ރައީސްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް، ސަމާލުވާން އެދިއްޖެ

ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ނަންފުޅުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވުމަށް ރައީސް އޮފީހުން އެދިއްޖެއެވެ. މިކަމަށް ސަމާލުވުމަށް އެދި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ ނަންފުޅުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ އެކައުންޓަކީ ރައީސް އެންޑޯޒްކުރައްވާ ނުވަތަ ބޭނުންފުޅު ކުރައްވާ އެކައުންޓެއް ނޫން ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ތަރުޖަމާނ...

ޔުމްނާ ޢަލީ