އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް، މޫލީއަށް ވާވޭ ވޮޗް ބަޑްސް ތައާރަފުކޮށްފިއެވެ. މޫލީއިން ވޭވޭ ވޮޗް ބަޑްސް ވިއްކަނީ 6،999 ރުފިޔާ އަށެވެ. މޫލީ މެދުވެރިކޮށް ބަޑްސް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. “މި ހާއްސަ އަގުގައި ކަސްޓަމަރުންނަށް ބައްލަވައިގަތުމުގެ ފުރުސަތު 22 އޭޕްރީލް 2023 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި،” އުރީދޫން ބުންޏެވެ. ވާވޭ ވޮޗްސް ބަޑްސް http://ore.do/watchbuds މެދުވެރިކޮށް ގަނެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ. ވާވޭ ވޮޗް ބަޑްސް […]
އަޙްމަދު ވަހީދު
ދިވެހި ބަހަށް އިސްކަންދޭ ކަން ޤާނޫނުގައި ލިޔެފައި އޮތުމުގެ އިތުރުން އެކަން ޢަމަލާއި ބަހުން ދައްކައި ދިނުމަށް އެދި ދިވެހި ބަހުގެ އެކަޑަމީން އިލްތިމާސް ކުރައްވައިފިއެވެ. މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން އެ އެކަޑަމީން އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، މިފަދަ ދުވަހެއް ދިވެހިރާއްޖޭގައި ފާހަގަ ކުރާއިރު ދިވެހި ބަހުގެ އެކަޑަމީގެ އިލްތިމާސެއް އެބައޮތް ކަމަށެވެ. މިގޮތުން މި ޤައުމުގައި ދިވެހި ބަހަށް އިސްކަންދޭން ޖެހޭކަމަށް ޤާނޫނުގެ ކަރުދާހުގައި ލިޔެފައި އޮތުމުގެ އިތުރުން ދިވެހ...
ޔުމްނާ ޢަލީ
އެކުވެރި ދައުލަތްތައް (އދ.)ގެ ޢާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން އެ މަޖިލީހުގައި ދިވެހި ބަހުން މުޚާތަބުކުރުމަކީ ލިބުނު އެންމެ ބޮޑު އެއް ޝަރަފާއި، އުފާ ކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. މިއީ […]
ޔުމްނާ ޢަލީ
މުޢާމަލާތުކުރެއްވި ނަމޫނާއަކީ މިއަދުގެ ޖީލު އެކަންކަން ދިރާސާކޮށް އުނގެނި އަދި ދަސްކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ”އެންމެ ހެޔޮ އިންސާނާގެ އިޖުތިމާޢީ މުޢާމަލާތްތައް” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ޝައިޚް ވިދާޅުވީ ރަސޫލާ މުއާމަލާތުކުރެއްވި ގޮތް އުނގެނި ޢަމަލު ކުރާނަމަ މި މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެ ކަމަށެވެ. ރަސޫލާ ގެ ޙަޔާތްޕުޅުގައި ދިމާވި ދަތި...
މުޙައްމަދު އަފްރާޙް
ކ. ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރީ ހިންމަފުށި ސްޕޯޓްސް އާއި ތުލުސްދޫގެ ބްލެކް އީގަލްސް އެވެ. ލަންކާގެ ގައުމީ ޓީމުގެ ކޯޗް އަދި ވަރުގަދަ ދެކުޅުންތެރިން ކަމަށްވާ ދީޕްތީ، އިސުރު ހިމެނޭ ބްލެކް އީގަލްސް އިން މިހާރުވެސް ސެމީފައިނަލް ކަށަވަރު ކޮށްފައިވާތީ އާއި ހިންމަފުށި ސްޕޯޓްސް އަށް މުބާރާތުން ކުރިއަށް ދިއުމުގެ ފުރުޞަތު ގެއްލިފައިވާތީ ރޭގެ މެޗުގައި މާ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މި މެޗު […]
މުޙައްމަދު އަފްރާޙް
އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ ގުރުއަތުނެގުން މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްތަކުގެތެރެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގެ ގުރުއަތުނެގުން އޮންނާނީ ފުވައްމުލައް ސިޓީގައި މިރޭ އޮންނަ އިޙްޔާ ފޯރަމްގެ ތެރެއިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މިއަހަރުގެ އަތޮޅު އިޙްޔާ ބައިގެ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތައް ވަނީ ހު...
މުޙައްމަދު އަފްރާޙް
ލައިލަތުލްޤަދްރު ވިލޭރެއަކީ އަމާންކަމުގެ ރޭ ކަމަށާއި އެއީ ސުލްހަމަސަލަސް ކަމުގެ ރޭކަން ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ. ޚުތުބާގައި ބުނީ އެރޭގައި ކޯފާ ލެއްވުމެއް، ޢަޛާބު ދެއްވުމެއް ވެސް ނެތް ކަމަށާއި މި އަމާންކަން ފަތިސްވެއްޖައުމަށް ދާންދެން މި ބިމުގައި އޮންނާނެ ކަމަށެވެ. ލައިލަތުލްޤަދްރު ވިލޭރެއަކީ ކޮން ރެއެއްކަން ނޭނގުނުނަމަވެސް އެއީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރެއެއްކަން ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ހާމަވާކަމަށް ވެސް ޚުތުބާގައި ވެއެވެ. “ލައިލަތުލްޤަދްރު ވިލޭރޭގެ އިހްތިފާލުތަކުގައި...
މުޙައްމަދު އަފްރާޙް
އުމްރާއަށް ގޮސް އުޅުނު ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާ ގެއްލިގެން ހޯދަން ފަށައިފިއެވެ. ވަހީދާ ގެއްލިފައި ވަނީ ރޭ ދަމުނަމާދަށް އާއިލާ މެމްބަރުންނާއެކު ގޮސް އުޅެނިކޮށްކަމަށް އޭނާ އުމްރާއަށް ގެންދިޔަ ތާބިތް ހައްޖު އެންޑް އުމަރާ ގްރޫޕް އިން މަޢުލޫމާތު ދީފައިވެއެވެ. އެ އަންހެންމީހާ ގެއްލުނު އިރު، އޭނާގެ މޯބައިލް ފޯނާއި އުމްރާ ކާޑު އަދި ދަބަސް ވީ އާއިލާ މެމްބަރުން އަތުގައެވެ. އެ ގުރޫޕުން ބުނެފައިވާ ގޮތުގައި އޭނާ ގެއްލުނު އިރު ލައިގެން ހުރީ […]
އަލީ އާދިލް
މިއަދު ރޯދަ ވީއްލަން ޗޮކުލެޓު އައިސްކްރީމް ކޭކެއް ހަދަމާ ހިނގާށެވެ. ރޯދަވީއްލާ ގަޑިއަށް ނުވަތަ ތަރާވީސް ގަޑިއަށް ވެސް ވަރަށް ކަމުދާނެ އެވެ. ފިނިކޮށްފައި އަދިވަރަށް މީރުވާނެ އެވެ. ބޭނުންވާތަކެތި އާދައިގެ ކޭކުފުށްޕެކެޓަކުން ފިހެފައިވާ ޗޮކުލެޓު ކޭކެއް 1 ލ ފުލްކުރީމް މިލްކު l ލ އައިސްކްރީމް (ޗޮކުލެޓް ނުވަތަ ވެނީލާ) 100ގ ބަޓަރ 2 ސ ކޮކޯ 1 ދަޅު ގެރިކިރު 1 ސ ވެނީލާ އެސެންސް ތައްޔާރު ކުރާނެ ގޮތް ކްރީމް ތައްޔާރު ކުރަން ބަޓަރ […]
ޝިއުނާ އާދަމް
ރުކަކީ އަހަރެމެންގެ ދިރިއުޅުމާ އެތައްގޮތަކުން ގުޅުންހުރި އަހަރެމެން އެއަށް ބަރޯސާވާ ގަހެކެވެ. ނަމަވެސް ރުކަށް ޖެހޭ ބަލިތައް ރާއްޖޭގައި ތަޙުލީލުކުރެވި ޙައްލު ހޯދުމަށް މަސައްކަތްކުރެވެނީ ވަރަށް ކުޑަ މިންވަރަކަށެވެ. ތަފާތު އެކި ފަހަރުމަތިން ރުއްތަކަށް މާބޮޑަށް ބަލިޖެހުމުން ކަމާބެހޭ ވުޒާރާއިން އެބަލިތަކަށް ޙައްލު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވެސް އެބަހުއްޓެވެ. މިގޮތުން ދެހާހުގެ ފުރަތަމަ ކޮޅު ސަންއައިލެންޑް ރިޒޯޓަށް އެތެރެކުރި ބަގީޗާ ރުއްތަކަކުން އަރިއަތޮޅަށް ފެތުރެންފެށި ހިސްޕިޑް ބީޓްލް (ކުދި ރ...
ހުބާ ޕްލާންޓްސް
ކ. މާފުށީގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޖަގަހައެއް ރޭ ހުޅުވައިފިއެވެ. އެމްއެންޕީން ބުނީ މި ޖަގަހައަކީ އެ ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް އެރަށުގައި ހުޅުވި ޖަގަހައެއް ކަމަށެވެ. މި ޖަގަހަ ހުޅުވުމަށް ރޭ މަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުންނާއި، އިސް ބޭފުޅުންނާއި ސަޕޯޓަރުންގެ އިތުރުން އެމްއެންޕީގެ ފަރާތުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށެވެ. މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެންމެ ފުރަތ...
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ އުތީމް އެންމެ އަލިގަދަތަރި 1444، ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ މުޙައްމަދު ވިއާމް ހޯދައިފިއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ ދިހަ ބައިވެރިންނަށް ދެވަނަ ބުރުން ޖާގަ ލިބޭއިރު، ދެވަނަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް ފައިނަލުން ޖާގަ ލިބޭ […]
އިބްރާހިމް ޚަލީލް
ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ އަތުން 6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނަށް ނިސްބަތްވާ ފަސިންޖަރެއްގެ ލަގެޖުން ކަމަށެވެ. އެމީހާ އަކީ މިއަދު ޕާކިސްތާނުގެ ކަރާޗީން ރާއްޖެއައި އުމުރުން 53 އަހަރުގެ މީހެކެވެ. މަސްތުވާތަކެތި ފެނުނީ އޭނާ އާއިމެދު ޝައްކުވެގެން ބަލައިފާސް ކުރުމުގެ ތެރޭގައެވެ. އެމީހާ ބަލާފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގައި ބަލ...
ޔުމްނާ ޢަލީ
ދަރުމައާއި ސަވާބަށް އެދި ރޯދަ ހިފަމުން އަންނަ ލޮބުވެތި މުސްލިމުންނޭވެ! ކުރިޔަށް އޮތީ ފަހުދިހައިގެ ރޭތަކެވެ. އަޅުކަމުގައި ހީވާގިވެ ފޫގަޅާލާށެވެ! ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސް ތަކާއި ރޭތަތަކީ މަދު ވަގުތު ކޮޅެކެވެ. އެހެނަސްއެއީ އަޖުރުގެ ޚަޒާނާ ފުރާލަން ލިބޭ ވަރަށް ފުރިހަމަ ފުރުޞަތެކެވެ. މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިތްޕެވުމަށް އިތުރު މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވެސް އެކަލޭގެފާނުގެ އިޒާރުކޮޅު ގަދައަށް އައްސަވައި ލައްވައެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا...
އައްޝައިޚް މުޙައްމަދު އަފްޟަލް
އުރީދޫ މޯލްޑިވްސްއިން ބާއްވާ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 11:59 އަށް ހަމަވާތީ ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ހަނދުމަކޮށްދީފިއެވެ. މިފަހަރުގެ ފަން ރަން ބާއްވަނީ ކުޅުދުއްފުށި ސިޓީގައެވެ. ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހުއެވެ. މި ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. ފަން ރަން އަކީ އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވޭނެ ހަރަކާތެކެވެ. މިއަހ...
އަޙްމަދު ވަހީދު
އެމް.އޭ.ކަޕް 1444ގެ ނަމުގައި މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ ފޯރިގަދަ ވޮލީ މުބާރާތުގައި ރޭގެ މެޗް ތްރީޑީ އިން ކާމިޔާބުކޮށް ސެމީ ކަށަވަރުވެ، ފައިނަލާ ގާތަށްޖެހިލައިފިއެވެ. ބާކީ އެއް މެޗު، ތްރީޑީއަށް އޮތް އިރު ދެން އޮތް މެޗުން މޮޅުވެއްޖެނަމަ ސެމީ ނުކުޅެ ސީދާ ފައިނަލަށް ދާނެއެވެ. ރޭގެ މެޗުގައި ތްރީ ޑީއާއި ތަންޑަރ ބޯލްޓް ބައްދަލު ކުރިއިރު ރާއްޖޭގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ހަސަން ނިލާމް (ޕާޓޭ) ހުސެން ވިޝާމް (ބުޅިކެ)، ހުސެން […]
މުޙައްމަދު އަފްރާޙް
އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމްޑަބްލިއުއެސްސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މަރުކަޒުގެ އިސްވެރިޔާ، އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މ...
އަޙްމަދު ވަހީދު